Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މި ގައުމުގައި ތިން ބާރުގެ މިނިވަންކަން ހަމަ ހަގީގަތުގައި ވެސް އެބައޮތް ހެއްޔެވެ؟

މިއަދު ގައުމުގައި ކަންކަން ހިނގަމުންދާ އުސޫލަށް ބަލާއިރު މިއީ ތިންބާރު ވަކިވެފައި އޮތް ނިޒާމެއްގެ މައްޗަށް ހިނގަމުން އަންނަ ގައުމެކޭ ބުނެވިދާނެތޯ މިއީ އުފެދިފައި އޮތް ސުވާލެއް، މި ސުވާލު އުފައްދަން ޖެހޭ ސަބަބުތަކުގެ ތެރޭގައި ޚާއްސަކޮށް ރައީސް މުއިއްޒުގެ މިހާރު މި އޮތް ވެރިކަމުގެ ހާލަތު ގޯސްވުން ހިމެނޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 20 ޖޫން 2025 | ހުކުރު 14:03
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ތިން ބާރު އެއްކޮށް މުށުތެރެއަށް ލާ މަންޒަރު ފެންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުން

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ތިން ބާރު އެއްކޮށް މުށުތެރެއަށް ލާ މަންޒަރު ފެންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުން

ގިނަ ބައެއްގެ ބުރަ މަސައްކަތުން ގެނައި ފެހި ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމާ ހަމައަށް ވެސް ހުރިހާ ބާރެއް ވެސް އޮންނަނީ އޭރަކު ގައުމުގެ ވެރިކަމުގައި ހުންނަ ވެރިއެއްގެ އަތްމަތީގައެވެ. އާރާއި ބާރެއް އޮތްތަނެއް އޮތިއްޔާ ނިންމުންތަކާއި އެހެނިހެން ނިންމުނަތް ވެސް ހިތުހުރި ގޮތަކަށް ނިންމުމުގެ ބާރެވެ. ޝަރުއީ ދާއިރާ ވެސް އޭރު ހިނގަނީ ވެރި މީހާ ބޭނުންވާ މޭރުމަކުން ބޭނުންވާ ގޮތަކަށެވެ.

ކަންމިހެން އޮތް ނަމަވެސް އެ ޚުދުމުހުތާރު ވެރިކަމުގެ ބާރުތައް އޭރަކު ގައުމުގެ ވަލީއުލްއަމްރަކަށް ހުންނަ ބޭފުޅަކަށް ބޭނުންގޮތަކަށް ނިންމި ނިންމުންތަކަށް ނިމުމެއް އައީ 2008 ވަނަ އަހަރު ފާސްކުރި ފެހި ގާނޫނު އަސާސީއާ އެކުއެވެ.

ރާއްޖެ އަކީ ތިން ބާރު ވަކިވެފައި އޮތް ރިޔާސީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރާ ގައުމަކަށް ވެގެންދިޔައީ އެ ފެހި ގާނޫނު އަސާސީ އާއި ހަމައިންނެވެ. ކަޅާއި ހުދުން ލިޔެފައި އޮތް މި ގާނޫނު އަސާސީ ތަސްދީގުކުރިތާ މިހާރު 17 އަހަރު ފާއިތުވެގެންދަނީ އެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ތިން ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ނިންމީ ފެންނަ ނުފެންނަ ވޯޓަކުންނެވެ. ނަމަވެސް އެއަށް ފަހު ގިނަ ވެރިކަންތަކުގައި ތިން ބާރުން އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަ އެވެ. ޚާއްސަކޮށް ޝަރުއީ ނިޒާމަށް ވެރިކަން ކުރާ ބާރުން ނުފޫޒު ފޯރުވާ ވާހަކައަކީ މިއަދު ވެސް ފަނޑުވުމެއް ނެތި ގިނަ ބައަކު ދައްކަމުން އަންނަ ވާހަކަތަކެވެ.

ކަންމިހެން ހުރި އިރު، މިއަދު ވެސް ގައުމުގައި ކަންކަން ހިނގަމުންދާ އުސޫލަށް ބަލާއިރު މިއީ ތިންބާރު ވަކިވެފައި އޮތް ނިޒާމެއްގެ މައްޗަށް ހިނގަމުން އަންނަ ގައުމެކޭ ބުނެވިދާނެތޯ މިއީ އުފެދިފައި އޮތް ސުވާލެކެވެ. މި ސުވާލު އުފައްދަން ޖެހޭ ސަބަބުތައް ވެސް ގިނަ އެވެ. ޚާއްސަކޮށް ރައީސް މުއިއްޒުގެ މިހާރު މި އޮތް ވެރިކަމުގެ ހާލަތު ގޯހެވެ.

އެހެނީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ގައުމުގައި އޮތީއާ އޮތްހާ ބާރެއް މުށުތެރެއަށްލާ ފިއްތާލާފަ އެވެ. ތެދެކެވެ. އެއީ ނުހަނު ސާފުކޮށް ފެންނަން އޮތް މަންޒަރެކެވެ. ނަމަވެސް ރައީސް މީހާގެ ބަސްފުޅު މިކަމުގައި ދެގޮތެވެ. އެމަނިކުފާނު ވިދާޅުވީ ގޮތުގައި އެމަނިކުފާނަކީ އެއްވެސް ބާރަކަށް ނުފޫޒު ފޯރުވާ ބޭފުޅެއް ނޫނެވެ. ބައެއް ކަންކަން ހިނގާފައި ހުރީ އިއްތިފާގުން ކަމަށް ވިދާޅުވަމުން ނެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ބިލުގެ ދުސްތޫރީ މައްސަލަ އެއް އޮޮއްވާ ފަނޑިޔާރުން މަދުކުރަން ގާނޫނެއް ސަރުކާރުން ހުށަހެޅީ ވެސް އިއްތިފާގުންނެވެ.

މަޖިލީހުގެ މެމްބަރުން ލޮކު އަޅުވާ ދިވެހި ރާއްޖޭގެ ސުޕްރީމު ކޯޓުގައި މަރު ތަޅު އެޅުވީވެސް އިއްތިފާގަކުންނެވެ. ޖޭއެސްސީގައި ވެސް ރައީސް މުހައްމަދު މުއިއްޒުގެ މެޖޯރިޓީ ބޭފުޅުން ތިބެމެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލައެއް ވެސް ގޮނޑި ގެއްލޭ ބިލުގެ ދުސްތޫރީ މައްސަލައާ ދިމާކޮށް އުފަންކުރުވީ ވެސް އިއްތިފާގަކުންނެވެ. މަޖިލީހުގައި ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮވެ، ޖުޑިޝިއަރީއަށް ނުފޫޒު ނުފޯރުވާނަމޭ ވިދާޅުވި ރައީސްގެ މަޖިލީހުން އަސްލެއް ނެތް އަސާސެއްގެ މައްޗަށް ބިނާކޮށް ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، ކައުންސިލަރ ޖެނެރަލްގެ ލަފަޔާ ޚިލާފަށް ވަކިކުރުން ވެސް ވީ އިއްތިފާގަކަށެވެ.

ކަންކަން މިމަގުން ކުރިއަށްދާއިރު ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަކީ މިއަދު ރައީސް މުއިއްޒު މުސާރަދެއްވައިގެން، ކާންބޯންދެއްވައިގެން ގެންގުޅުއްވާ މެމްބަރުން ތަކެއްގެ ގޮތުގައި ގިނަ ބަޔަކު މިއަދު ސިފަކުރެއެވެ. އެ ބުނާ ރައްޔިތުންގެ މަޖިލީހަކީ މިއަދު ރަބަރ ސްޓޭމްޕެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ފައިސާގެ ނުފޫޒާއި ބާރުވެރިކަމުގެ ގަދަ މަޖުބޫރުގައި ބަނދެވި ތިއްބަވައިގެން ނަމަވެސް އެ މެންބަރުން އަމިއްލަ އަތްޕުޅުން ގެންނެވި އެއްވެސް އާރެއް ނެތް އިސްލާހެއްގެ މަޅިގައި ބަނދެވި އެ ތިއްބެވީ ބަރުބޮޑު ސަރުކާރުގެ ދަށުވެފައެވެ.

މަޖިލީސް މިނިވަންވެދާނެކަމުގެ ބިރު ބޮޑުވެ، ސަރުކާރުގެ ގަދަފަދަކަމަށް ލޮޅުން އަރައިފާނެހެން ހީވީމާ ފަނޑިޔާރުގެއަށް އެ ޒަލްޒަލާ އައުން އެއީ އިއްތިފާގެކޭ ވިދާޅުވެ ނިންމައެއް ނުލެވޭނެއެވެ.

ފަނޑިޔާރުންނަކީ މިނިވަންކަމާ އެކު މަސައްކަތްކުރެވެން ޖެހޭނެ ބަޔަކަށްވާއިރު ރައީސްއަށް ކާމިޔާބު ނުވާނެ މައްސަލައެއް ސުޕްރީމު ކޯޓުގައި ފެށުމާއެކު ފަނޑިޔާރުން ނިޒާމުން ގެއްލުވާލާ ހިސާބަށް ކަންތައް މިވަނީ ގޮސްފައެވެ. ނުވީތާކަށް އެ ފަނޑިޔާރުން ވަކިކުރަން ވޯޓު ނުދިން ފަނޑިޔާރުންވެސް ނިޒާމުން ގެއްލުވާލަން މިހާރު އަރުވާ ޖަހަނީއެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުން ކުރަމުން މިގެންދާ ހަޑި މުޑުދާރު ކަންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ތިން ބާރު ވަކިވެފައޭ ކިޔާ މިއަދު ކުރަމުން މިދަނީ ސީދާ ޚުދުމުހުތާރު ވެރިކަމެކޭ ބުނަން ދިވެހި ރައްޔިތުންނަށް މިއަދު މިވަނީ މަޖްބޫރުވެފަ އެވެ.

ކޮންމެ ކަމެއް ހިތުހުރި ގޮތަކަށް ކޮށްލުމަށް ފަހު، ބާރެއް އޮތީވިއްޔާ އެ ބާރެއް ނަގައި މުށުތެރެއަށް ލައި ފޮރުވުމަށް ފަހު، ރައްޔިތުންގެ ލޯމައްޗަށް ރީތިކޮށްލާފައި އިއްތިފާގެކޭ ވިދާޅުވި ނަމަވެސް ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެމަންޒަރަކީ މިއަދު އެންމެނަށް ވެސް ނިކަން ސާފުކޮށް ފެންނަން އޮތް މަންޒަރެކެވެ. އެއީ ބާރުތައް އެކީއެކައްޗަކަށް ޖަމާކުރާ މަންޒަރެވެ.

ގާނޫނު އަސާސީގެ އެންމެ ބޮޑު އެއް އަސާސް މުގުރާލައި ވަކިވެފައި އޮތް ތިން ބާރުގެ ބަދަލުގައި ބޮޑު އެއް ބާރު ހެއްދެވުމަކީ މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމުގައި ވަނީ ހަދާފައެވެ.

ދިވެހި ރާއްޖޭގައި ނަމެއްގައި ތިން ބާރު ވަކިވެފައި އޮތްކަމަށް ދިވެހިންގެ ލޯމައްޗަށް ދައްކަން ކިތަންމެ މަސައްކަތެއް ކުރިއަސް މިއަދު އެ ތިންބާރުގެ މިނިވަންކަން އެބަ އޮތްކަމާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު