Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުމްނު ވެއްޓު ހާދިސާ

ރިޔާސީ ކޮމިޝަނުން ރައީސަށް ރިޕޯޓު އަރުވައިފި، ރައީސް ވިދާޅުވީ އާންމު ކުރަން އަންގަވާފައިވާ ކަމަށް

17 ޖޫން 2025 | އަންގާރަ 08:27

ކޮމިޝަންގެ އެ ޕޯސްޓު ރީ ޕޯސްޓު ކުރައްވައި ރައީސް މުޢިއްޒު އެކްސްގައި ވިދާޅުވެފައި ވަނީ ކޮމިޝަންގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، އެ ރިޕޯޓު އާންމު ކުރެއްވުމަށް ރިޔާސީ ކޮމިޝަނަށް އަންގަވާފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2025 | އަންގާރަ 08:27
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގު ރިޕޯޓު ނިންމައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް އަރުވާފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަ ނުޖެހި ގިނަ އަދަދެއްގެ ޒުވާނުން މަގު މައްޗަށް ނުކުމެ، އިންސާފު ހޯދައި ދިނުމަށް ގޮވާލައި މުޒާހަރާ ކުރަން ފެށުމުން ރައީސް މުޢިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ރައީސް މުޢިއްޒު ވަނީ 2025 އޭޕްރީލް 27 ވަނަ ދުވަހު ރިޔާސީ ކޮމިޝަން އުފައްދަވައިފަ އެވެ. އެންމެ ފުރަތަމަ އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ތިން މެމްބަރުންނެވެ. ފަހުން ވަނީ ކޮމިޝަންގެ މެމްބަރުން ބަދަލު ކުރައްވައި، ފަސް މެމްބަރުންގެ ކޮމިޝަނަކަށް ބަދަލު ކުރައްވައިފަ އެވެ.

ނަމަވެސް މި ކޮމިޝަނަށް އިތުބާރު ނެތް ކަމަށް ޔުމްނުގެ އާއިލާގެ އިތުރުން އަދި އާންމު ރައްޔިތުން އޭރު ވަނީ ބުނެފަ އެވެ. ރައީސް މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރައީސް އަކީ ކުރީގެ ބަންޑާ ރަނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.

މީގެ ކުރިން އެ ކޮމިޝަން އިން ބުނެފައި ވަނީ ގާތް ގަނޑަަކަށް ދެ ހަފުތާއެއްހާ މުއްދަތުގެ ތެރޭގައި ކޮމިޝަންގެ ރިޕޯޓު ރައީސް މުޢިއްޒު އަށް އަރުވާނެ ކަމަށެވެ. އަންގާރަ ދުވަހު ރިޔާސީ ކޮމިޝަން އިން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ކޮމިޝަންގެ ރިޕޯޓު ރައީސް މުޢިއްޒު އަށް އަރުވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކޮމިޝަން އިން ދީފައި ނުވެ އެވެ.

ކޮމިޝަންގެ އެ ޕޯސްޓު ރީ ޕޯސްޓު ކުރައްވައި ރައީސް މުޢިއްޒު އެކްސްގައި ވިދާޅުވެފައި ވަނީ ކޮމިޝަންގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، އެ ރިޕޯޓު އާންމު ކުރެއްވުމަށް ރިޔާސީ ކޮމިޝަނަށް އަންގަވާފައިވާ ކަމަށެވެ. ނަމަވެސް، އެ ރިޕޯޓު އާންމު ކުރާނެ ތާރީޚެއް ރައީސް ވެސް ވިދާޅުވެފައި ނުވެ އެވެ.

ރައީސް މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން ޔުމްނު ވެއްޓުނު މައްސަލައިގެ ރިޕޯޓު ނިންމައި ރައީސަށް އަރުވާފައިވާއިރު، މި މައްސަލަ އަކީ އާންމުންގެ މެދުގައި ނުހަނު ކަންބޮޑުވުން އޮތް މައްސަލަ އެކެވެ. ޚާއްސަކޮށް މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެނދިޔަ ގޮތާ މެދު ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވެ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް