Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމު

މި ސަރުކާރަށް ދައުލަތުގެ ހަރަދު ނުހިފެހެއްޓޭ، މަސައްކަތް ކުރަނީ ކަތީބު ޒަމާން ގެނައުމަށް: މެންބަރު މީކާއިލް

16 ޖޫން 2025 | ހޯމަ 08:01

ލާމަރުކަޒީ ނިޒާމަކީ ޕީއެންސީގެ ފިކުރު ގަބޫލުކުރާ ނިޒާމެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖޫން 2025 | ހޯމަ 08:01
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދައުލަތުގެ ހަރަދު ނުހިފެހެއްޓޭ ކަމަށާއި، މަސައްކަތް ކުރަނީ ކަތީބު ޒަމާން ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަށް ދިމާވެފައިވާ ދަތިތަކާއި، ގޮންޖެހުންތަކާ ހުށަހަޅާ ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު މީކާއިލް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ޕީއެންސީގެ ފިކުރު ގަބޫލުކުރާ ނިޒާމެއް ނޫން ކަމަށާއި، ލާމަރުކަޒީ ނިޒާމު ގަބޫލުނުކުރާ މިންވަރު ހާމަވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިއަދު ވެރިކަމުގައި ތިއްބެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ނިޒާމު ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއިރު، އެކަމަށް އަތް ޖެއްސެވި ބޭފުޅުންކަން ފާހަގަކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ އެބޭފުޅުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރާ ވާހަކަ ދެއްކެވުމުން އެކަން ދެކޮޅު ނުޖެހޭ ކަމަށެވެ.

މި ނިޒާމަށް ގެންނަން ބޭނުންވާ ބަދަލު މާކުރިން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވައި، އެކަން އިއުލާން ކުރައްވާފައިވާ ކަމަށް ވެސް މެންބަރު މީކާއިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަކަށް އެކަމެއް ވާނެ ކަމަށާއި، ރައްޔިތުން މަޖިލީހުގައި މި ބަހުސް ކުރިއަށް ގެންދިއުމަކީ ވެސް ބޭކާރު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު މީކާއިލް ވިދާޅުވީ ކައުންސިލްތަކަށް ކުރާ ހަރަދު ބޮޑުވާ ވާހަކަ މިސަރުކާރުން ބުނާއިރު، މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ޕޯ ރޯލް ބޮޑުވެފައިވާ ކަމަށެވެ. އަދި މިސަރުކާރަށް ދައުލަތުގެ ހަރަދުތައް ނުހިފެހެއްޓޭ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

ކައުންސިލްގެ މުސާރަ ބޮޑުވެގެން ކައުންސިލްތަކުގެ އަދަދު ގިނަވެގެން މާ ބޮޑު ކަންބޮޑުވުމަކަށް ރައްޔިތުންނަށްވާ ކަމަށް މިރައްޔިތުންގެ މަޖިލީހުން ވާހަކަ ދެކެވޭއިރު، މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ދައުލަތުގެ ޕޭ ރޯލް 400 މިލިއަނަށް ވުރެ މިހާރު ބޮޑު. ކޮބައިތޯ ހަރަދު ކުޑަކުރުން. ކޮބައިތޯ ސިޔާސީ މަގާމުތަކަށް އައްޔަން ކުރި މީހުންގެ އަދަދު. ރައީސުލްޖުމްހޫރިއްޔާ ހަމަ ތަކުރާރުކޮށް މީޑިއާ ބައްދަލުކުރައްވާ ކޮންމެ ފަހަރަކު މި ރައްޔިތުންގެ މަޖިލީހަށް މި ގައުމަށް އެޑްރެސް ކުރައްވަން ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެބަ ވިދާޅުވޭ ހާމަކުރައްވާނަމޭ. ކޮބައިތޯ އެ ހާމަކުރެއްވުން.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މެންބަރު މީކާއިލް ވިދާޅުވީ މިސަރުކާރަށް އަދިވެސް ސިޔާސީ މަގާމުތަކުގެ އަދަދު ހާމަނުކުރެވޭ ކަމަށާއި، އެމަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގައި ނިމުމެއް ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރުންނާއި، ކުންފުނިތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ މީގެ ކުރީގައި ދައުލަތަށް ބޮޑެތި ގެއްލުންތައް ދީފައިވާ ބޭފުޅުން ކަމަށާއި، އެބޭފުޅުންނަށް ދައުލަތުން 30،000 ރުފިޔާ، 40،000 ރުފިޔާ އަދި 50،000 ރުފިޔާއިން ހަރަދު ކުރުމަށްފަހު، ރައްޔިތުން ރުޖޫއަ ކުރުމަށް މަސައްކަތް ކުރަނީ ކަތީބުގެ ޒަމާނަށް ކަމަށެވެ. ނަމަވެސް މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް