Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

ޚާމަނާއީ އަވަހާރަކޮށްލަން ރޭވި ރޭވުން ހުއްޓުވީ ޓްރަމްޕް ކަމަށް ބުނެފި

16 ޖޫން 2025 | ހޯމަ 06:49

އެ މީހުން ބުނެފައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު ގިނަ ވާހަކަތަކެއް ދެކެވި، މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2025 | ހޯމަ 06:49
އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގައި، އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލަން އިސްރާއީލް އިން ރޭވި ކަމަށާއި، އެކަން ހުއްޓުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ބުނެފި އެވެ.

އެމެރިކާގެ ދެ އޮފިޝަލަކު ހާމަކޮށްފައިވާ މި މައުލޫމާތުތައް މީޑިއާ ތަކުގައި މިހާރު އަންނަނީ ދައުރު ކުރަމުންނެވެ. އެގޮތުން އިސްރާއީލް އިން އީރާންގެ ނިއުކްލިއާ ފެސިލިިޓީ ކަމަށް އަމާޒުކޮށް ދާދި ފަހުން ދިން ހަމަލާއާ ގުޅިގެން، އެމެރިކާގެ އިސް އޮފިޝަލުން އަންނަނީ އިސްރާއީލްގެ އޮފިޝަލުންނާ އެކު ގާތް މުއާމަލާތްތަކެއް ކުރަމުން ކަމަށް އެ ދެ އޮފިޝަލުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެ ދެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، މިހާތަނަށް އައިއިރު އީރާން އިން އެމެރިކާގެ އެއްވެސް ރައްޔިތަކު މަރާލާފައި ނެތް ކަމަށާއި، އެފަދަ ކަމެއް ހިނގުމުގެ ކުރިން އީރާންގެ ސިޔާސީ އިސްވެރިން އަދި ލީޑާޝިޕަށް އަމާޒުކޮށް ނުރައްކާވާ ފަދަ ވާހަކަ ދެއްކުން ނުވަތަ ހަމަލާ ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. 

އިތުރަށް އެ މީހުން ބުނެފައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު ގިނަ ވާހަކަތަކެއް ދެކެވި، މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އިސްރާއީލާއި އީރާންއާ ދެމެދު މިހާރު އުފެދިގެން އުޅޭ މައްސަަލައިގައި ޓްރަމްޕް އިސްވެ، ނަތަންޔާހޫ އަށް އެއްވެސް މެސެޖެއް ފޮނުވި ކަމެއް ނުވަތަ ނޫން ކަމެއް ހާމަކޮށްފައި ނުވެ އެވެ.

އިސްރާއީލް އިން ޚާމަނާއީ އަވަހާރަކޮށްލަން ރޭވި ކަމުގެ އަޑުތައް ފެތުރެން ފެށުމާ އެކު، ނޫސްވެރިން ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫއާ ވެސް އެ ސުވާލު އަމާޒުކޮށްފަ އެވެ. އެގޮތުން ޚާމަނާއީ އަވަހާރަކޮށްލުމުގެ ފުރުސަތު އިސްރާއީލަށް ލިބުނުތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން، ނަތަންޔާހޫ ވަނީ އެ ސުވާލަށް ޖަވާބު ދިނުމަށް ދެކޮޅު ހަދައިފަ އެވެ.

އޭގެ ބަދަލުގައި ނަތަންޔާހޫ ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އޭނާ ވާހަކަ ދައްކަވަން ބޭނުން ނުވާ ކަަމަށެވެ. އަދި އެ ވާހަކައިގެ ތެރެއަށް ވަންނަން ވެސް ބޭނުން ނުވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ބައެއް ވާހަކަތައް ދޮގުގެ ގޮތުގައި ފެތުރިފައިވާ ކަމަށާއި، ނުހިނގާ ކަންކަމުގެ ވާހަކަ ވެސް ދެކެވެމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ އިސްރާއީލް އިން ކުރަން ޖެހޭ އެންމެހާ ކަންކަން ކުރިއަށް ގެންދަމުން އަންނާނެ ކަމަށެވެ. އަދި އެމެރިކާ އިން ވާހަކަ ދައްކާނީ އެ ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށާއި، އިސްރާއީލް އިން އަޅަން ޖެހޭ ފިޔަވަޅުތައް ހުރިހާ ވަގުތެއްގައި ވެސް އަޅަމުން ގެންދާނެ ކަމަށެވެ.

އީރާނަށް އަމާޒުކޮށް އިސްރާއީލް އިން މި ފަހުން ދީފައިވާ ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ އިސް އޮފިޝަލުން ތަކެއް ވެސް ވަނީ އަވަހާރަކޮށްލައިފަ އެވެ. މީގެ އިތުރުން އީރާންގެ އިންޓެލިޖެންސްގެ ވެރިޔާ އަދި އޭނާގެ ޑެޕިއުޓީ ވެސް ވަނީ އަވަހާރަކޮށްލާފައި ކަމަށް އިސްރާއީލް ވެސް ހާމަކޮށްފައިވެ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2018

ޚަޝޯގީ މަރާލާފައިވަނީ ކުރިން ރޭވިގެން ކަމަށް ސައުދީގެ ޕްރޮސިކިއުޓަރވެސް ވިދާޅުވެއްޖެ

25 އޮކްޓޯބަރު 2018
ޚަޝޯގީ މަރާލާފައިވަނީ ކުރިން ރޭވިގެން ކަމަށް ސައުދީގެ ޕްރޮސިކިއުޓަރވެސް ވިދާޅުވެއްޖެ
07 ޖުލައި 2018

އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅު ރޭވިފައިވާ ގޮތް ޓްރަމްޕް ހާމަކުރައްވައިފި

07 ޖުލައި 2018
އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅު ރޭވިފައިވާ ގޮތް ޓްރަމްޕް ހާމަކުރައްވައިފި
18 ޖެނުއަރީ 2018

ސަޢޫދީ އިން ވަނީ މުސްލިމުންނަށް ބޭވަފާތެރިވެފައި: ޚާމަނާއީ

18 ޖެނުއަރީ 2018
ސަޢޫދީ އިން ވަނީ މުސްލިމުންނަށް ބޭވަފާތެރިވެފައި: ޚާމަނާއީ
02 ޖެނުއަރީ 2018

އިރާނުގައި ހަމަނުޖެހުން އުފައްދަނީ އެގައުމުގެ ދުޝްމަނުން: އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ

02 ޖެނުއަރީ 2018
އިރާނުގައި ހަމަނުޖެހުން އުފައްދަނީ އެގައުމުގެ ދުޝްމަނުން: އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ
14 ނޮވެމްބަރު 2017

ޤަތަރުގެ ފައިސާގެ އަގު ވައްޓާލުމަށް ރޭވި މައްސަލަ ބަލަނީ

14 ނޮވެމްބަރު 2017
ޤަތަރުގެ ފައިސާގެ އަގު ވައްޓާލުމަށް ރޭވި މައްސަލަ ބަލަނީ
09 ނޮވެމްބަރު 2017

ޤަތަރުގެ އިޤްތިޞާދު ފުނޑާލުމަށް ޔޫއޭއީއިން ރޭވި!

09 ނޮވެމްބަރު 2017
ޤަތަރުގެ އިޤްތިޞާދު ފުނޑާލުމަށް ޔޫއޭއީއިން ރޭވި!
08 ނޮވެމްބަރު 2017

ޚާމަނާއީގެ މުޝީރުގެ އިންޒާރު ހަރީރީއަށް:ބައްޕާފުޅަށް ދިމާވި ގޮތް ވެދާނެ

08 ނޮވެމްބަރު 2017
ޚާމަނާއީގެ މުޝީރުގެ އިންޒާރު ހަރީރީއަށް:ބައްޕާފުޅަށް ދިމާވި ގޮތް ވެދާނެ
04 އޮކްޓޯބަރު 2017

500 މީޓަރުގެ ޓަނަލެއް ކޮނެގެން ބޭންކެއް ފަޅާލަން ރޭވި ބަޔަކު ހައްޔަރުކޮށްފި

04 އޮކްޓޯބަރު 2017
 500 މީޓަރުގެ ޓަނަލެއް ކޮނެގެން ބޭންކެއް ފަޅާލަން ރޭވި ބަޔަކު ހައްޔަރުކޮށްފި
25 ސެޕްޓެމްބަރު 2017

ބޮޑުވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން ރޭވިކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް: ބަނގުލަދޭޝް ސަރުކާރު

25 ސެޕްޓެމްބަރު 2017
ބޮޑުވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން ރޭވިކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް: ބަނގުލަދޭޝް ސަރުކާރު
05 މެއި 2017

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް