Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އީރާން-އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން ސައުދީގެ ވަލީ އަޙުދު އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

މެދު އިރުމަތީގެ ސަލާމަތްތެރިކަމާއި، ރައްކާތެރިކަން އަދި އަމާންކަމާއި ހަމަޖެހުން ޤާއިމު ކުރުމަށް އެއްބާރުލުން ދިނުމާއި، ހަމަޖެހުން ޤާއިމު ކުރުމުގެ މުހިންމު ކަމާ މެދު ވެސް ވަނީ މަޝްވަރާ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖޫން 2025 | ހޮނިހިރު 06:21
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަދި އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް ކުރެއްވި ބައްދަލުވުމުގެ ތެރެއިން

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަދި އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް ކުރެއްވި ބައްދަލުވުމުގެ ތެރެއިން

އީރާނާއި އިސްރާއީލާ ދެމެދު މިހާރު ކުރިއަށް ދަމުން އަންނަ ހަމަލާތައް ބަދަލު ކުރުމާ ގުޅޭ ގޮތުން، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާ ކުރައްވައިފި އެވެ.

މި ހަމަލާތައް ފެށުމާ އެކު، މެދު އިރުމަތީގެ މަޝްރަހާ ގުޅޭ ގޮތުން މުޙައްމަދު ބިން ސަލްމާން އަދި ޓްރަމްޕް މަޝްވަރާ ކުރައްވާފައި ވަނީ ފޯނުން ގުޅުއްވައިގެންނެވެ. އެގޮތުން އިސްރާއީލް އިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ޙާލަތާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

މުޙައްމަދު ބިން ސަލްމާން އަދި ޓްެރަމްޕާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އަމިއްލަ ރައްކާތެރިކަން ޔަގީންކޮށް ދެމެހެއްޓުމާއި، ކަންކަން މަޑު މައިތިރި ކުރުމަށް މަސައްކަތް ކުރުމާއި، އަދި އުފެދިފައިވާ މައްސަލަތައް ޑިޕްލޮމެޓިކް ގޮތް ގޮތުން ޙައްލު ކުރުމުގެ މުހިންމު ކަމާ މެދު މަޝްވަރާއް ކުރައްވާފައިވާ ކަަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. 

ހަމަ އެހެންމެ، މެދު އިރުމަތީގެ ސަލާމަތްތެރިކަމާއި، ރައްކާތެރިކަން އަދި އަމާންކަމާއި ހަމަޖެހުން ޤާއިމު ކުރުމަށް އެއްބާރުލުން ދިނުމާއި، ހަމަޖެހުން ޤާއިމު ކުރުމުގެ މުހިންމު ކަމާ މެދު ވެސް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

މި މަޝްވަރާތަކާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފައި ވަނީ، ޓްރަމްޕް ވަނީ އިސްރާއީލްގެ ބޮޑު ވަޒިރު ބެންޖަމިން ނަތަންޔާހޫއާ ވެސް މަޝްވަރާ ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އަދި އޭގެ އިތުރުން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވެސް ވަނީ ޓްރަމްޕާ މަޝްވަރާ ކުރައްވާފައި ކަމަށް ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި، އީރާާންގެ ނިއުކްލިއާ ޕްރޮގްރްތަކާ މެދު އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅު ކުރާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވަނީ ތަކުރާރު ކުރައްވައިފަ އެވެ. މި މަޝްވަރާތަކަކީ މެދު އިރުމަތީގެ ސަރަޙައްދުގައި އޮތް ހަމަ ނުޖެހުން މަޑު މައިތިރިކޮށް، ސުލްޙަވެރި ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެއްގެ ގޮތުގައި މަޝްރަޙު ދިރާސާ ކުރާ ފަރާތްތަކުުން ވަނީ ފާހަގަ ކޮށްފަ އެވެ. 

އީރާނަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވެސް އަންނަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އީރާންގެ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށާއި، އިސްރާއީލް އިން އެ ޤައުމުގެ ރައްޔިތުންނަށް ސަލާމަތްތެރި ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު