Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޮނޑި ގެއްލުނު މައްސަލަ

މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައަޅައި، ބައި-އިލެކްޝަން ބޭއްވުމަށް ނިންމައިފި

އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަން އިއުލާނުކުރީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 27 އޯގަސްޓު 2017 | އާދީއްތަ 18:41
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ހިޔާލު ތަފާތުވެފައިވާ ހަތަރު ދާއިރާއެއްގެ މެމްބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވަން އެ ކޮމިޝަނުން ނިންމާފައިވަނިކޮށް، ސުޕްރީމް ކޯޓަށް މިކަމާ ގުޅޭ ގޮތުން މައްސަލަަތަކެއް ހުށަހަޅާފައިވާތީ އެ ނިންމުންތަކާ މެދު ވަކި ގޮތެއް ނިންމަންދެން އެ ދާއިރާތަކުގެ ބައި-އިލެކްޝަން ބޭއްވުމުގެ މަސައްކަތް މަޑުޖައްސާލާފައި އޮތް ކަމަށާއި އަދި ސުޕްރީމް ކޯޓުގެ ނިންމުމުގައި އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ބަދަލުކުރަންޖެހޭނެ ކަމަށް ބަޔާން ކޮށްފައިނުވާ ކަމަށެވެ.

ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދާއިރާތަކުގެ ބައި- އިލެކްޝަންތައް ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. ނަމަވެސް ބައި އިލެކްޝަން ބާއްވާނެ ދުވަހާއި ކެންޑިޑޭޓުންނަށް ވުމަށް ފުރުސަތު ހުޅުވާލާނެ ދުވަހެއް ހާމައެއް ނުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައިވާ އިރު ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ހުކުމް ނެރުމާއި އެކު ގިނަ ހިޔާލުތަފާތުވުން ތަކެއް ވަނީ އުފެދިފަ އެވެ. އެކި ގާނޫނީ ވަކީލުން ވެސް ހުކުމް މާނަކޮށްފައި ވަނީ އެކި ގޮތްގޮތަށެވެ. މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންނާއި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވިދާޅުވާއިރު، ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ވިދާޅުވަނީ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ހުކުމުގައި މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނުވަތަ ނޫން ކަމަށް ވެސް ސާފުކޮށް ބުނެފައެއް ނުވެ އެވެ. ހުކުމުގައި ބުނެފައި ވަނީ މި މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެވިފައިވާ މައްސަލައަކަށް ވުމާއެކު މި މައްސަލައާ ގުޅިގެން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ދައުލަތުން ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ގޮނޑި ނުގެއްލޭ ކަމަށެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފުގެ ގޮނޑި އެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު