ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ގައި ތަރައްގީ ކުރާ ޓަވަރުތަކުގެ ތެރެއިން 8 ޓަވަރު އިންޑިއާ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަން އާ ހަވާލު ކޮށްފިއެވެ.
މި ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ތަރައްގީ ކުރަނީ ޖުމްލަ 32 ޓަވަރެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ބުނީ ބާކީ ހުރި ޓަވަރުތައް ހަވާލު ކުރުމުގެ ކުރިން ކުރަން ޖެހޭ އިންސްޕެކްޝަންތައް ކުރިއަށް ދާ ކަމަށެވެ.