ކ. މާލެ
|
12 ޖޫން 2025 | ބުރާސްފަތި 17:43
ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ މޭޖަރ (ރޓޑ) މުޙައްމަދު ނަޖާޙު
ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ މޭޖަރ (ރޓޑ) މުޙައްމަދު ނަޖާޙު
ރާއްޖެއެމްވީ ގްރެފިކްސް
މުވައްޒަފުން ވަޒީފާ އިން ވަކިކުރުން
ހޯރަފުށީ ބޮޓްލިންގ ޕްލާންޓުން މުވަޒަފުން ކެނޑުން - ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑަށް ކިޔޭ ނުކިޔޭ އެއް ނޭނގުނު!
ވަޒީފާ އިން ވަކި ކުރި ސަބަބު ކަމަށް ފުރަތަމަ ބުނީ ޕްލާންޓުގެ މަސައްތް ހުއްޓުމަކަށް ގެނައުމަށް ނިންމާފައިވާތީ ކަމަށެވެ. ދެން ބުނީ އޮޕަރޭޝަންސް ފެށިފައި ނުވާތީ ކަމަށެވެ.
މި ސަރުކާރުން މަޖިލިސް އިންތިޚާބާ ދިމާކޮށް އެ ޕްލާންޓުން މުޅިން އަލަށް 11 މުވައްޒަފަކަށް ވަޒީފާ ދީފައިވޭ
ބޮޓްލިންގ ޕްލާންޓުގެ 40 އިން ސައްތަ ހިއްސާ އޮންނަ ހޯރަފުށީ ކައުންސިލަށް އެއްވެސް ކަމެއް އަންގާ ނުލައި

ހޯރަފުށީގައި ގާއިމު ކޮށްފައިވާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ކާރުޚާނާ އިން ކުއްލި ގޮތަކަށް ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކޮށް ގެޔަށް ފޮނުވާލާފައި ވާއިރު، މުވައްޒަފުން ވަޒީފާ އިން ވަކިކުރި ސަބަބު އޮޅުވާލުމަށް އެކި ފަހަރު އެކި ގޮތައް ފެނަކައިން މަސައްކަތް ކުރާކަން ފަޅާ އަރައިފިއެވެ.

ވަޒިފާ އިން ކަނޑާލައި ބުދަ ދުވަހު 7 މުވައްޒަފަކަށް ޗިޓު ފޮނުވި އިރު ވަޒީފާ އިން ވަކި ކުރާ ސަބަބެއް ކަމަށް ބުނެފައިވަނީ ބޮޓްލިންގ ޕްލާންޓް އުވާލަން ފެނަކައިގެ ބޯޑުން ނިންމުން ކަމުގައެވެ.

"ހއ. ހޯރަފުށީ ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް މި ކުންފުނިން ހުއްޓުމަކަށް ގެނައުމަށް ނިންމާފައިވާތީ، އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންފައިވާ" ކަމަށް 10 ޖޫންގެ ތާރީޚުގައި ފޮނުވި ޗިޓުގައި ބުނެފައިވެއެވެ.

އެ ޗިޓުގައި ޕްލާންޓް އުވާލަން ނިންމާފައިވާތީ ކުންފުނީގެ ބޯޑުން ވަޒީފާގެ މުއްދަތައް ބެލުމަށް ފަހު ވަޒީފާ އާ ބެހޭ ގާނޫނޫގައި ވާ ގޮތުގެ މަތިން ނޯޓިސް އަށް ވާ ފައިސާ އާ އެކު ވަޒީފާ އިން ވަކި ކުރި ކަމަށް ވެސް ބުނެފައިވެއެވެ.

އަނެއްކޮޅުން ހަމަ 10 ޖޫންގެ ތާރީޚް ގައި، ޖެހިގެން އައި ދުވަހު މުވައްޒަފުންނަށް ވަނީ "އެމެންޑެޑް" ޗިޓް އެއް ހަވާލު ކޮށްފައެވެ.

އެ ޗިޓުގައި ހއ. ހޯރަފުށީގެ ބޮޓްލިންގ ޕްލާންޓުގެ އޮޕަރޭޝަން މަސައްކަތް މިވަގުތު އަދި ފެށިފައި ނުވާތީ، އެ ޕްލާންޓުގެ އޮޕަރޭޝަންސް މަސައްކަތައް ނެގިފައިވާ މުވައްޒަފުންގެ ވަޒީފާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ؛" ކަމަށް ވަނީ ބުނެފައެވެ.

ފުރަތަމަ ބުނީ ޕްލާންޓުގެ މަސައްތް ހުއްޓުމަކަށް ގެނައުމަށް ނިންމާފައިވާތީ ކަމަށެވެ. ދެން ބުނީ އޮޕަރޭޝަންސް ފެށިފައި ނުވާތީ ކަމަށެވެ.

މުވައްޒަފުންތަކެއް ވަކި ކުރަނީ ޕްލާންޓް އޮޕަރޭޝަނަށް ނުގެނެވޭތީ ކަމަށް ބުނާއިރު މި ސަރުކާރުން މަޖިލިސް އިންތިޚާބާ ދިމާކޮށް އެ ޕްލާންޓުން މުޅިން އަލަށް 11 މުވައްޒަފަކަށް ވަޒީފާ ދީފައިވެއެވެ. ވަކި ކުރި މުވައްޒަފުންގެ ތެރޭގައި ފަހުން ވަޒީފާ ދިން މީހުން ނުހިމެނެއެވެ.

ކުންފުނިތަކާއި އޮފީސްތައް ހިންގުން ދޯދިޔާވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އާންމުންގެ ފާޑުކިޔުން އިންތިހާ އަށް އިތުރުވެފައިވާއިރު، އެކިފަހަރު އެކި ގޮތަކަށް ސަރުކާރުގެ ތެރޭގައި ކަންކަން ބަދަލުވުން އެއީ އާންމު ކަމަކަށް ވެފައިވާ ކަމެކެވެ.

ހޯރަފުށީ ބޮޓްލިންގ ޕްލާންޓުން މުވައްޒަފުންތަކެއް ކަނޑާ ގެޔަށް ފޮނުވާލި އިރު ރައީސް މުއިއްޒު ރިޔާސީ ކެމްޕޭންގައި ވިދާޅުވެފައިވަނީ "ސިޔާސީ ވަޒީފާތައް ފިޔަވާ އެހެން ހުރިހާ ވަޒީފާތައް ވިޔަސް ..... ފަށަން ބުނެފައި އޮތް މަޝްރޫއެއް ކަމަށް ވިޔަސް ފަށާފައި ހުއްޓާލާފައި ފަށަން ނޭގިފައި އޮތް މަޝްރޫއެއް ކަމަށް ވިޔަސް މިހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނެ،" ކަމަށެވެ.

ހޯރަފުށީ ކައުންސިލުގެ 40 އިން ސައްތަ އޮންނަ ގޮތައް ފެނަކަ އާ އެކު ހެދުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް ނަގާފައިވާ ދާއިމީ މުވައްޒަފުން ވަކި ކޮށް ޕްލާންޓް އުވާލަން ނިންމި ކަމެއް ކައުންސިލަށް ވެސް އެނގިފައި ނުވާ ކަން ކައުންސިލުން ވަނީ ހާމަ ކޮށްފައެވެ.

- ކޮމެންޓް