Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަމަދޫ ކައުންސިލް

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

9 ޖޫން 2025 | ހޯމަ 17:18

ކަމަދޫ ބަދުނާމުވާ ގޮތަށް ޝޯސަލް މީޑިއާގައި ޕޯސްޓުތައްޖެހުމަކީ ކައުންސިލުން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއްނޫން ކަމަދޫ ކައުންސިލުން ބުނޭ

އަލީ ޝާހީން
އަލީ ޝާހީން | 9 ޖޫން 2025 | ހޯމަ 17:18
ބ. ކަމަދޫ

ބ. ކަމަދޫ

ކަމަދޫ ކައުންސިލް އިން 09 ޖޫން 2025 ވަނަ ދުވަހުގެ ރޭ ސްޓޭޖް ޝޯ ކުޅުމަށް ހަމަޖައްސާފައިވާ "ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް ކަމަށާއި މި އަމަލު ކުށްވެރި ކުރާކަމަށް ކަމަދޫ ކައުންސިލުން ބުނެފިއެވެ.

ކަމަދޫ ކައުންސިލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ 1446 ވަނަ އަހަރުގެ ޢަލްހާ އީދު ޝޯ ކުޅުމަށް 09 ޖޫން 2025 ވަނަ ދުވަހު "ޓީމް އިއްބެ" ނަމަކަށް ކިޔާ ގުރޫޕެއް ގެނައުމަށް ޓީމް އިއްބެ ގެ އޯނަރ، ހދ. ނައިވާދު އިބްރާހިމް ނިޔާޒް/ފުރުއްމާގެ އާއެކު އެއްބަސް ވުމެއްގައި ސޮއި ކުރެވިފައިކަމަށެވެ.

އަދި ކަމަދޫ ކައުންސިލާއި "ޓީމް އިއްބެ"އާއި ވެފައިވާ އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި -/7500 (ހަތްހާސް ފައްސަތޭކަ ރުފިޔާ) ވަނީ ޖަމާ ކޮށްދީފައި ކަމަށައި ނަމަވެސް މިއަދު (ހޯމަ ދުވަހު) 17:30 ހާއިރު ކަމަދޫ ކައުންސިލަށް އެންގުމަކާއި ނުލާ ކަމަދޫ އިން ފުރައިގެން ދާން އުޅުނު ކަމަށް އެ ކައުންސިލަށް ފާހަގަވުމުން ޕޮލިހުންނަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް އެ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

"ޓީމް އިއްބެ"އާއި ކަމަދޫ ކައުންސިލާއެކު 03 ޖޫން 2025 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ރާއްޖެއެމްވި އަށް ވަނީ ލިބިފައެވެ. އެ އެއްބަސްވުމުގައި ވާގޮތުން މުޅި ޝޯގެ އަގަކީ -/15000 (ފަނަރަ ހާސް ރުފިޔާ) އެވެ. އަދި އެގްރިމެންޓުގައި ސޮއި ކުރާ ދުވަހު މަސައްކަތުގެ އެޑްވާންސް ފައިސާގެ ގޮތުގައި -/7500 (ހަތްހާސް ފައްސަތޭކަ ރުފިޔާ) މަސައްކަތާއި ހަވާލުވާ ފަރާތާއި ދޭންވާނެއެވެ. އަދި ބާކީ ރުފިޔާ މަސައްކަތް ނިމުމާއި އެކު މަސައްކަތާއި ހަވާލުވާ ފަރާތާއި ހަވާލު ކުރަންވާނެއެވެ.

އޭގެ އިތުރުން، އުޒުރުވެރިކަމަކާއި ނުލާ އެއްވެސް ސަބަބަކާހުރެ ޢީދު ޝޯވް ކަނޑައެޅިފައިވާ ގޮތަށް ކުރިޔަށް ނުގެންދެވިއްޖެ ނަމަ ޖުމްލަ އަގުގެ 50 އިންސައްތަ ކައުންސިލަށް ދައްކަންޖެހޭނެއެވެ. އަދި އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމެއް ހައްލު ކުރާނީ ދެފަރާތުން ވާހަކަދައްކައިގެން ކަމަށާއި ދެފަރާތުން ވާހަކަ ދައްކައިގެންވެސް ހައްލު ނުވެއްޖެނަމަ އެކަމެއް ޝަރުޢީ ކޯޓަކަށް ހުށަހަޅައިގެން ހައްލުކުރާނެ ކަމަށްވެސް އެ އެއްބަސްވުމުގައިވެއެވެ.

ކަމަދޫ ކައުންސިލުން ބުނީ، ކަމަދު ބަދުނާމުވާގޮތަށް ޝޯސަލް މީޑިއާގައި ޕޯސްޓުތައްޖެހުމަކީ އެ ކައުންސިލުން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއްނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

އެމްޑީޕީގެ ކެމްޕެއިން ޓީމް މިހަފްތާގައި ހދ. އަތޮޅަށް!

29 މާރިޗު 2017
އެމްޑީޕީގެ ކެމްޕެއިން ޓީމް މިހަފްތާގައި ހދ. އަތޮޅަށް!
13 މާރިޗު 2017

އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

13 މާރިޗު 2017
އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ
04 މާރިޗު 2017

700 އަށްވުރެ ގިނަ ވަޒީފާ ތަކާއެކު "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބް ފެއަރ ފެށިއްޖެ

04 މާރިޗު 2017
700 އަށްވުރެ ގިނަ ވަޒީފާ ތަކާއެކު "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބް ފެއަރ ފެށިއްޖެ
03 މާރިޗު 2017

އެމްޑީޕީގެ ކެމްޕޭން ޓީމް ށ އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފި

03 މާރިޗު 2017
އެމްޑީޕީގެ ކެމްޕޭން ޓީމް ށ އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފި
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް