Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޓީސީސީ ޖޮބް ފެއަރ

700 އަށްވުރެ ގިނަ ވަޒީފާ ތަކާއެކު "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބް ފެއަރ ފެށިއްޖެ

މި ފެއަރގައި މަޤާމުތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ތަގުރިބާ ހިއްސާކުރެވޭނެ

ޖުމާނާ ތައުފީގު
ޖުމާނާ ތައުފީގު, ރާއްޖެ އެމްވީ | 4 މާރިޗު 2017 | ހޮނިހިރު 18:00
އަބްދުﷲ ފާއިދު މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަނީ

އަބްދުﷲ ފާއިދު މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަނީ

700 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކާއެކު އެމްޓީސީސީ ޖޮބް ފެއަރ ފަށައިފިއެވެ.

މިވަގުތުހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތައް ވީހާވެސް ގިނަ ފަރާތްތަކާ ހިއްސާކުރުމުގެ ގޮތުން "ޖޮއިން ޓީމް އެމްޓީސީސީ" ގެ ނަމުގައި ބާއްވާ ޖޮބް ފެއަރ، ހުޅުއްވައި ދެއްވީ ޔޫތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީ އަހުމަދެވެ.

Advertisement - newsAdvertisement

މި ޖޮބް ފެއަރ އާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓުގެ އެގްޒެކެޓިވް އަބްދުﷲ ފާއިދު ވިދާޅުވީ، ޔޫތް މިނިސްޓްރީއާ ގުޅިގެން އެމްޓީސީސީން މި ހިންގާ ފުރަތަމަ އެކްޒިބިޝަނަކީ އަދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވޭ އެކްޒިބިޝަނެއް ކަމަށެވެ.

އެގޮތުން މި އެކްޒިބިޝަންގައި ބޮޑަށް މަސައްކަތް ކުރަނީ ޔޫތް މިނިސްޓްރީގައި ރަޖިސްޓްރީ ވެފައި ތިބި ޒުވާނުންގެ އިތުރުން ސުކޫލުތަކުންނާއި ކޮލެޖުތަކުން ވަޒީފާގެ މާހައުލަށް އަލަށް ނިކުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް ފާއިދު ވިދާޅުވިއެވެ.

މި ފެއަރގައި ބައިވެރިވެ ވަޒީފާތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމްޓީސީސީގެ ލޯންގް-ޓާމް އަދި ޝޯޓް-ޓާރމް ޓްރެއިނިން އަކީ ކޮބައިކަން ބައިވެރިންނަށް ކިޔަދިނުމުގެ އިތުރުން އެފަރާތްތަކުގެ ކެރިއަރ ބައްޓަން ކުރާނެ ގޮތާ ބެހޭގޮތުން ވެސް މަޢުލޫމާތު ލިބިގެން ދާނެކަމަށް ފާއިދު ވިދާޅުވިއެވެ. މީގެ އިތުރުން މިވަގުތު ރާއްޖޭގެ ވަޒީފާތައް ބެހިފައިވާ ގޮތާއި، އެމްޓީސީސީގެ ފަރާތުން ޒުވާނުންނަށް ދެވޭނެ ސަރވިސް ތަކުގެ މަޢުލޫމާތު ވެސް ހިއްސާކުރެވޭނެއެވެ.

މި ޖޮބް ފެއަރ ގައި އެމްޓީސީސީގެ ހުރިހާ ޑިޕާޓްމަންޓެއް ތަމްސީލު ކުރާނެކަން ފާހަގަކުރައްވަމުން ފާއިދު ވިދާޅުވީ ވަޒީފާގެ ފުރުސަތު ހުޅުވިފައިވާ މަޤާމުތަކުގެ ތެރޭގައި ސަޕޯޓްސަރވިސް ޑިވިޝަން،އެޗްއާރު، ފައިނޭންސް ފަދަ ކުދި ޔުނިޓުތަކުން ފެށިގެން މި އަހަރު ތެރޭގައި އަލަށް ފެށޭ މަހާ ޖައްރާގެ ކެޕްޓަންގެ މަޤާމު ހިމެނޭ ކަމަށެވެ. މީގެ އިތުރުން ވަރަށް ގިނަ އެޑްމިން އަދި ޓެކްނިކަލް މަޤާމުތައް މީގެތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކުންފުނިތަކާއި ޚިލާފަށް މި ކުންފުނިން ވިސްނާފައިވަނީ ހަމައެކަނި ވަޒީފާއެއް ދިނުން ނޫން. އެގޮތުން މި ފެއަރގެ ކޮންމެ ސްޓޯލެއްގައި ވެސް އެމްޓީސީސީގައި މަސައްކަތް ކުރާ މަޤާމުގެ ތަޖުރިބާ ހިއްސާކުރެވޭ ބޭފުޅުން ތިއްބަވާނެ،" ފާއިދު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީފާއަށް ޝައުގުވެރިކަން ފާޅުކޮށް މަޤާމަކަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަވިއު ކުރެވޭނެ ގޮތަށް އިންޓަވިއު ޕެނަލް އެއްވެސް ހުންނާނެ ކަމަށާއި، އިންޓަވިއު އިން ހޮވޭ ކުދިންނަށް ދެ ހަފުތާ ތެރޭގައި އިއުލާންކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

މިދިޔަ އަހަރު ނިމުނުއިރު، ސަތާރަ ސަތޭކަ ސްޓާފުން ތިބި ކަމަށާއި، މިއަހަރު ތެރޭގައި ވަޒީފާގެ ހަތް ސަތޭކަ ފުރުސަތު ހުޅުވިގެންދާނެކަމަށްވެސް ފާއިދު ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން އަބްދުﷲ ފާއިދު ވިދާޅުވީ ސުކޫލު ނިންމާފައި އަލަށް ވަޒީފާއަށް ނިކުންނަ ފަރާތްތަކަށް ވަޒީފާއެއް ހޯދުމަށް އެމްޓީސީސީއަކީ އެންމެ އެކަށޭނަ ޑައިވާސް ކުންފުނި ކަމަށެވެ.

"ޖޮއިން އެމްޓީސީސީ" މި ފެއަރ މިރޭ 20:00 އާއި 22:00 ދެމެދު ވެސް ކުރިއަށް ދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު