Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކުޅުދުއްފުށީ މާލި ޕެރޭޑުން މުއިއްޒަށް "ޕޮއް"

ކުޅުދުއްފުށީ މާލެ ޕެރޭޑަކީ ގިނަ ބަޔަކު އިންތިޒާރު ކުރާ ޕެރޭޑެކެވެ. މިފަހަރުގެ ޕެރޭޑުގައި ސަރުކާރަށާއި ރައީސް މުއިއްޒަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 9 ޖޫން 2025 | ހޯމަ 08:59
ކުޅުދުއްފުށި ބޮޑުޢީދު 1446 - މަށި ޕެރޭޑް - 7 ޖޫން 2025

ކުޅުދުއްފުށި ބޮޑުޢީދު 1446 - މަށި ޕެރޭޑް - 7 ޖޫން 2025

ކުޅުދުއްފުށިން ގަދީމީ ކަމެއްގެ ގޮތުގައި ޖަހާ "ޕޮއް" މިއީ މީހަކު ކަމެއް ކުރާން އުޅެ އެކަމެއް ނުވުމުން އޭނާ ދެރަކޮށްލުމުގެ ގޮތުން އެންމެ ކުރުކޮށް ފޮނިކޮށް ބުނެ އުޅޭ ބަހެވެ. ކިތައްމެ ކުރު ޖުމްލައަކަސް އެއީ ވަރަށް ވާހަކައެވެ. އޭގައި ފޮރުވިފައިވާ ވަރަށްގިނަ ކަންކަން ހުރެއެވެ.

އެބީދައިން ބަލާއިރު ކުޅުދުއްފުށިން ޖަހާ "ޕޮއް" އެއީ ނިކަން އަސަރުހުރި އެއްޗެކެވެ. އެރަށުން މީހަކަށް "ޕޮއް" ޖަހައިފިތަ އެދެން ވަރަށް ގޯސްވީއެވެ. އެމީހަކީ އެއްވެސް މީހަކަށް ނުވީއެވެ. ވަރަށް ބޮޑަށް އެމީހަކު އެމީހުންގެ ގާތުގައި ދެރަވީއެވެ. އެމީހަކަށް ކަމެއް ނުވީއެވެ. ނުވަތަ ކުރާން އުޅުނު ކަމެއް ނުކުރެވުނީއެވެ.

ޒަމާނަށް އައި ބަދަލާއެކު ޕޮއްޖެހުންވެސް ތަރައްގީވެ މިހާރު އޭގެ އެންމެ މަތީ ޕޮއް ވެފައިވަނީ އެރަށުން ކޮންމެ އަހަރަކުވެސް ބޮޑު އީދުގައި ނެރޭ މަށިމާލި ޕެރޭޑަށެވެ.

މިފަހަރުގެ އީދުގައި ނެރުނު މާލިތައް ނުވަތަ މާލި ޕެރޭޑްގައި ލައްކަ ވާހަކަ ބުނެފިއެވެ. އަބަދުވެސް ސިޔާސީ ކަންކަމުގައި ފާޑުކިޔާ، ޚާއްޞަކޮށް އެއިރެއްގައި އޮންނަ ސަރުކާރަކަށާއި ރައީސުލް ޖުމްހޫރިއްޔާއަށް ފާޑުކިޔާ މި މާލި ޕެރޭޑުގައި އެކަން ދައްކާފައިވަނީ އިންތިހާއަށެވެ. ރީތި ގޮތަކަށް އެރަށު ރައްޔިތުންގެ ހިތުގެ ޝުއޫރުތައް ތަންމިނަށް އެޕެރޭޑުން ބަންޑުން ކޮށްލައިފިއެވެ. މާލިތަކެއްގެ ނަމުގައި ވިއަސް ވަރަށް ސާފު ސަރީހަކޮށް ރައީސް މުއިއްޒާއި ސަރުކާރާމެދު ދެކޭގޮތް ވަރަށް ތިލަކޮށް ހާމަކޮށްދީފިއެވެ.

އެޕެރޭޑުގައި މުއިއްޒަށް ނުކިޔާކަ އެއްޗެއް ނެތެވެ. ރައީސަކަށް ހުރި މީހަކަށް ރަތްމަހަކަށް ނުގޮވޭހާ ވަރަށް އެޕެރޭޑުގައި ކުޅުދުއްފުށިން އެއްޗެހި ގޮވައިފިއެވެ. މަޖާކޮށް މުނިފޫހި ފިލުވޭ ގޮތައް ވަރަށް ރީތިކޮށް ދިން މެސެޖްތަކެއްގެ ގޮތުގައެވެ. ރައީސް މުއިއްޒު ކުރައްވާނެ ކަމަށް ވިދާޅުވި ކަންކަމާއި މިހާރު އެކަންކަން ހުރި ގޮތާއި އެމަނިކުފާނު މިހާރުވެސް ކުރައްވަމުން ގެންދަވާ ކަންކަމާ ގުޅުވާލާފައެވެ. ކުޅުދުއްފުށީ ބަހުންނަމަ އެމަނިކުފާނުގެ ސިޔާސަތުތަކާ ނިކަން "ނަލަ" ކޮށް ގުޅުވާލާފައެވެ.

ޕެރޭޑްގައި ނުކިޔަނީ ކޮން އެއްޗެއް ހެއްޔެވެ. ފުރަތަމަވެސް ފެށީ "ކަޅު ދިގުން"ނެވެ. އާއްމުކޮށް ރައީސް މުއިއްޒަށް މިހާރު އާއްމުން ގޮވާ ކައްޒާބޭވެސް ގޮވައިފިއެވެ.

އެމަނިކުފާނުގެ ހުވަފެނީ ބިއްލޫރި ޓަނަލް، އެރަށުގައި ބޭނުންކޮށްފިއެވެ. އެޓަނަލުން ވެހިކަލް ދުއްވީއެވެ. ސަރުކާރުން ގެނައި ސައޫދީ ފޭކް ޕްރިންސްގެ ބަދަލުގައި ޓެމޫއިން ގެނައި ފޭކު ޕްރިންސް ޕެރޭޑުގައި މާއްޔެއްގެ ގޮތުގައި ހުއްޓެވެ. ދެއިރު ދެދަޅައަށް ބަދަލުވާ މުއިއްޒު ސިޔާސަތު ރަމްޒު ކޮށްދީ "އުނބު ޓާން" ދައްކާލިއެވެ. އުނބު ލުއިޒްއާއި އުނބަށް ޖަހާ މާއްޔާވެސް އެކުގައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެވުނު ދުނިޔޭގެ ރެކޯޑް ގާއިމް ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސް ޕެރޭޑުގައި ރަމްޒުކުރީ ކަޅުދިގު ޕްރެސްގެ ސިފައިގައެވެ. އެގޮތުން ރައީސް ދެއްވި ތާކުންތާކު ނުޖެހޭ ޖަވާބުތައް ދައްކަމުން އޭނާ ދައްކަމުން ދިޔައެވެ. އަހަރަކު 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް ވިދާޅުވެ ފެށްޓެވި ބަންކަރިންގެ ހިދުމަތް ދައްކާލީ ކުޅުދުއްފުށިން ފެން އުފުލިޒާތުގެ ކަޅުހަންތަކަކުންނެވެ. އިތުރަށް އެކިސައިޒްގެ ޕްލާސްޓިކް ހަންތަކާ ކެނޯއަކާވެސް އެކުގައެވެ. ޑޮލަރުގެ އަގު މައްޗަށް ދިޔަ ނުދީ ޕެރޭޑުގައި އުފުލީ ތަންޑިޔާ ލައިގެންނެވެ. ބަނޑުގައި ތެޔޮ މެތުރުން ދައްކުވައިދެމުން ބެންކޮކް އާސަންދަ ދައްކާލިޔެވެ. ވެރިކަމަށް އަންނަން ދެއްކި ހުސްގޮނޑި އެތައް ގޮތަކަށް ޕެރޭޑުގައި ހުއްޓެވެ. ވައުދުވެ ނުފެނުނު 2000 ފްލެޓްވެސް ފެނުނީ މާލި ޕެރޭޑް ތެރެއިންނެވެ. ގޭސް ކުންފުނިން އަޑު އިވުނު ބޮޑު ވައްކަމުގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރިއަސް ޕެރޭޑުގައި ގޭސްވަގު ބަރޯއަކަށް ލައިގެން ދުއްވިއެވެ. ކަރަންޓް ޑިސްކައުންޓް ދައްކާލީ "އެޕުން ގެއްލުންވި" މާއްޔެކެވެ. މިސަރުކާރުން ޅެމުންދޭން އުޅޭ ފަރުވާގެ ގޮތުގައި "ކައްޒާބު ފާމަސީ" ޕެރޭޑުގައި ހުޅުވާފައި ހުއްޓެވެ. ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަށް ފާޑުކިޔުމުގެ ގޮތުން ވޭޕުދަރި ބަރޯއެއްގައި އުފުލިއިރު "ކައްޒާބު ބިޑި" ތައްޔާރުކުރާތަންވެސް ދައްކާލިއެވެ. މީގެ އިތުރުން ބުޅާ ފެސިލިޓީއާ ޓެކްސީ ލައިން އަދި އީދަށް އޯޑަރުކުރި ޓެމޫ ޕެކޭޖްތައް ނުލިބުންވެސް ޕެރޭޑްގައި ދައްކުވައިދިނެވެ. ގެއްލުނު އޭޓީއެމްފަދަ އެތައް އެތައް ވާހަކައެއް ރައްޔިތުންނަށް އަލުން ތިލަކޮށްދީފިއެވެ.

މުޅި ޕެރޭޑުގައި ވަނީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެއްޖެ ކަމާއި ކަމެއް ނުކުރެވުނު ކަމެވެ. އަދި ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ހަދާކަން ވަރަށް ބޮޑަށް ދައްކުވައިދިނެވެ.

ކޮންމެއަކަސް މިއީ މިހާތަނަށް ރައީސަކަށް އެންމެ ފުޅާ ދާއިރާއެއްގައި ފާޑުކީ އެއް މާލި ޕެރޭޑެވެ. މި ޕެރޭޑް ސަރުކާރަށް ތާއީދުކުރާ މީހުންނަކަށް ކަމަކު ނުދިޔައެވެ. ހަޖަމެއް ނުވިއެވެ. އޭގެ އަސަރު ފެނުނީ ސޯޝަލް މީޑިޔާގައި ޕެރޭޑަށް ފާޑުކީ މަދުމީސްކޮޅަކީ ސަރުކާރުން ފައިސާ ދީގެން މުއިއްޒު ޕްރޮމޯޓްކުރާ ގޮތްނޭނގޭ ބޮޓުންކޮޅަށް ވުމެވެ. އެކަމަކު މި ޕެރޭޑް މުޅި ރާއްޖެއަށްވެސް ވަރަށް ކަމުހިނގައްޖެއެވެ. ހޫނު ތަރުހީބެއް ލިބިއްޖެއެވެ. ރީތިކޮށް ކުޅުދުއްފުށިން މާލި ޕެރޭޑެއްގެ ގޮތުގައި މުއިއްޒަށް "ޕޮއް" ޖަހައިފިއެވެ. ލަދުފުޅު ގަންނަހާ ބޮޑުކޮށެވެ. އެކަމަކު ކުޅުދުއްފުށިން ދައްކާ ރީތި ނަމޫނާގެ ގޮތުގައެވެ. އަތްނުލާ އައްދޮ ކިއުއްވާހެން ދައްކާލި މޮޅު އީދު ކުޅިވަރަކުންނެވެ. ގިނަބަޔަކު އިންތިޒާރުކުރާ މަޝްހޫރު މާލި ޕެރޭޑުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންނަނީ ތުންދިގު ހިބަރުތަކެއް އޮޑިއަށް ފުންމާލިތަން، ދެން ޖެހޭނީ ސަލާމަތް ހޯދަން

ފެންނަނީ ތުންދިގު ހިބަރުތަކެއް އޮޑިއަށް ފުންމާލިތަން، ދެން ޖެހޭނީ ސަލާމަތް ހޯދަން

28 އޯގަސްޓު 2019
ޓައީ އަޅައިގެން މޫދަށް ފުންމާލި ކައުންސިލަރުގެ ރައްދު: ފުންމާލީ ރައީސް ނަޝީދާ އެކު ބައިވެރިވާން!

ޓައީ އަޅައިގެން މޫދަށް ފުންމާލި ކައުންސިލަރުގެ ރައްދު: ފުންމާލީ ރައީސް ނަޝީދާ އެކު ބައިވެރިވާން!

02 މާރިޗު 2019
ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ

ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ

22 ސެޕްޓެމްބަރު 2018
ބްރިޖު ކައިވެންޏާއެކު ކުޅުދުއްފުށިން ނެރުނު މާލިތަކަށް ޝައުގުވެރިކަން ބޮޑުވެއްޖެ!؟

ބްރިޖު ކައިވެންޏާއެކު ކުޅުދުއްފުށިން ނެރުނު މާލިތަކަށް ޝައުގުވެރިކަން ބޮޑުވެއްޖެ!؟

22 އޯގަސްޓު 2018
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު