Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބ. ފުޅަދޫ

ޓައީ އަޅައިގެން މޫދަށް ފުންމާލި ކައުންސިލަރުގެ ރައްދު: ފުންމާލީ ރައީސް ނަޝީދާ އެކު ބައިވެރިވާން!

ޖޯކު ޖެހިޔަސް ޕާޓީގެ ލީޑަރާއެކު ބައިވެރިވެވުމުން އުފާވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 2 މާރިޗު 2019 | ހޮނިހިރު 11:34
އަހުމަދު ނާސިފް އާއި ރައީސް ނަޝީދު ފީނަނީ

އަހުމަދު ނާސިފް އާއި ރައީސް ނަޝީދު ފީނަނީ

ފުޅަދޫގެ މުރަކައިގެ ބަގީޗާ ބެލުމަށް އެ ރަށުގެ ކައުންސިލަރު ސަރުކާރު އޮފީތަކަށް ހާޒިރުވާ ރަސްމީ ހެދުމުގައި ފުންމާލުމުން، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އަދި ފާޑުކިޔުން ވެސް އަމާޒުވިއެވެ.

ގިނަ ބަޔަކު ސުވާލު އުފައްދާފައި ވަނީ އޭނާ ރަސްމީ ހެދުމުގައި ހުރެ މޫދަށް ފުންމާލުމުންނެވެ. އަދި ޓައީ އަޅައި، ބެގީ ޖަހައިގެން ހުރެ، ރައީސް ނަޝީދާ އެކު ސްނޯކްލިންގ އަށް ދިއުމުންނެވެ.

ދުނިޔޭގެ ގިނަ އަދަދެއްގެ ފަތުރުވެރިންގެ މަޤުބޫލުކަން ހޯދާފައިވާ ދިވެހިރާއްޖޭއަކީ ރަށްތަކާއި ފަޅުތަކުގެ ރީތިކަމަށް މުޅި ދުނިޔެއަށް ވެސް މަޝްހޫރު ގަޢުމެކެވެ.

އާބާދީގެ ގޮތުން 370 ވަރަކަށް މީހުން ދިރިއުޅޭ ބ. ފުޅަދޫއަކީ ވެސް ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ރަށެކެވެ. ރަށުގެ ދޮންވެލި ތުނޑިތަކުގެ ރީތިކަމާއި ރަށް ކައިރީގައި ވާ މުރަކައިގެ ފަރުގެ އިތުރުން ރަށުގެ ރައްޔިތުންގެ ހިތްހެޔޮ ކަަމުގެ ވާހަކައަކީ، އަބަދު ވެސް އިވޭ ވާހަކަތަކެވެ.

އެމްޑީޕީގެ ރައީސް ނަޝީދު އެރަށަށް ވަޑައިގަތުމުން އެރަށުގެ ކުދިބޮޑު ރައްޔިތުންނާއި ރަށުގެ އިސްރަށްވެހިން ވެސް އެންމެ ބޮޑަށް އެދިފައިވަނީ ރަަށް ކައިރީގައި ހުރި މުރަކައިގެ ބަގީޗާތައް ބާލާލަން ދިއުމަށެވެ. މިކަމުގެ އިސްކޮށް އުޅުއްވި ފަހުރިހި ޑައިވް ސެންޓަރުގެ ޑައިވިންގް ދާއިރާގައި 37 އަހަރު ހޭދަކޮށްފައިވާ ހުސައިން ރަޝީދް (ސޭންޑީ) ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް އެ ސަރަހައްދު ބަލާލަން ދިޔުމަށް ދައުވަތު ދެއްވީ އެ ސަރަހައްދުގައި ސަލާމަތްވެފައިވާ މުރަކަތައް ދައްކާލުމަށް ކަމަށެވެ. ކޮރަލް ބްލީޗިންގެ އަސަރުކޮށް ބ. އަތޮޅުގެ ފަރުތަކުގެ 50 އިންސައްތަ މަރުވެފައިވާއިރު ގޮއިދޫ އަތޮޅުގެ މަރުވެފައި ވަނީ ހަމައެކަނި ފަސް އިންސައްތަ ކަމަށް ސޭންޑީ ވިދާޅުވިއެވެ. ކައުންސިލަށް ދައުވަތު ދިން މައިގަނޑު ސަބަބަކީ އެ ސަރަހައްދުގެ މުރަކަތައް މަރުވާ ސަބަބު ކިޔައިދީ ހޭލުންތެރިކުރުމަށެވެ.

މުރަކައިގެ ބަގީޗާ

މީސް މީޑިއާގައި ދައުރުވެގެންދިޔަ ފޮޓޯތަކަށް އިދިކޮޅު ފަރާތްތަކުގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އާސިފް ވިދާޅުވީ، އެ ދަތުރުގައި ބައިވެރިވާކަން ހިސާން އަދި ރައީސް ނަޝީދު އަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި ރަސްމީ ގަޑީގައި ޕާޓީގެ ލީޑަރު ވަޑައިގަތުމުން ބައިވެރިވީ ކަމަށެވެ. އަދި މޫދަށް ފުންމާލީ އަމިއްލައަށް ފެނިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުޅަދޫ ކައުންސިލަރާއި ރައީސް ނަޝީދު

އާސިފް ވިދާޅުވީ އިދިކޮޅު ފަރާތުން ޖޯކު ޖެހިޔަސް އެއީ މައްސަލައެއް ނޫންކަމަށާއި ޕާޓީގެ ލީޑަރާއެކު ބައިވެރިވުން މާ މުހިންމު ކަމަށެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2025

ކޭކް އަޅައިގެން ނަޝީއަށް އޮސްކާ އެއް - އާޓިސްޓް އޮފް ދަރ އިއަރ

27 ޖޫން 2025
ކޭކް އަޅައިގެން ނަޝީއަށް އޮސްކާ އެއް - އާޓިސްޓް އޮފް ދަރ އިއަރ
02 މެއި 2024

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

02 މެއި 2024
ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
31 ޑިސެމްބަރު 2023

ކައިވެނީގެ ދުވަހު ހޮނުއަޅައިގެން އާއިލާގެ 16 މީހުން މަރުވި ޒުވާނެއްގެ ވާހަކަ

31 ޑިސެމްބަރު 2023
ކައިވެނީގެ ދުވަހު ހޮނުއަޅައިގެން އާއިލާގެ 16 މީހުން މަރުވި ޒުވާނެއްގެ ވާހަކަ
09 ޑިސެމްބަރު 2022

އާޖެންޓީނާ ކޮނޑު އަޅައިގެން މެސީ އަށް ދެވިދާނެތަ؟

09 ޑިސެމްބަރު 2022
އާޖެންޓީނާ ކޮނޑު އަޅައިގެން މެސީ އަށް ދެވިދާނެތަ؟
28 އޯގަސްޓު 2022

މިއީ މޫދަށްއެރި، ކަތީބުން ރޯނުދަމާ، ގޯތި ދިން ޒަމާނެއް ނޫން

28 އޯގަސްޓު 2022
މިއީ މޫދަށްއެރި، ކަތީބުން ރޯނުދަމާ، ގޯތި ދިން ޒަމާނެއް ނޫން
12 މެއި 2022

"ޕްރެސް" ޖެކެޓް އަޅައިގެންވެސް ފަލަސްތީނުގެ ބިމުގައި ނޫސްވެރިޔާއަށް ލިބުނު ހިމާޔަތެއް ނެތް

12 މެއި 2022
"ޕްރެސް" ޖެކެޓް އަޅައިގެންވެސް ފަލަސްތީނުގެ ބިމުގައި ނޫސްވެރިޔާއަށް ލިބުނު ހިމާޔަތެއް ނެތް
13 ޖެނުއަރީ 2021

މާސްކު އަޅައިގެން ތުނބުޅީގެ ބައްޓަން ގެއްލޭތީ ހާސްވާނެ ކަމެއް ނެތް، މައި ޑިޒައިނުން ތިކަން ހައްލުކޮށްދޭނެ!

13 ޖެނުއަރީ 2021
މާސްކު އަޅައިގެން ތުނބުޅީގެ ބައްޓަން ގެއްލޭތީ ހާސްވާނެ ކަމެއް ނެތް، މައި ޑިޒައިނުން ތިކަން ހައްލުކޮށްދޭނެ!
28 އޯގަސްޓު 2019

ފެންނަނީ ތުންދިގު ހިބަރުތަކެއް އޮޑިއަށް ފުންމާލިތަން، ދެން ޖެހޭނީ ސަލާމަތް ހޯދަން

28 އޯގަސްޓު 2019
ފެންނަނީ ތުންދިގު ހިބަރުތަކެއް އޮޑިއަށް ފުންމާލިތަން، ދެން ޖެހޭނީ ސަލާމަތް ހޯދަން
23 އޮކްޓޯބަރު 2017

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017
ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"
02 ޖޫން 2017

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

02 ޖޫން 2017
ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު