Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

1 ސެޕްޓެމްބަރު 2026 | އަންގާރަ 17:26

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި އުމުރުން 9 އަހަރުގެ ޒީވާ ސިނާން އަހުމަދުގެ ހަނދާނުގައި އަޝްރަފް އަލީ ލިޔުނު އަސަރުގަދަ ޅެމުން ގިނަ ބައެއްގެ ހިތްތަކަށް ވަނީ ފުން އަސަރުތަކެއް ކުރުވާފައި. "ލޯބިވާ ދަރިފުޅުގެ ކުއްލި ވަދާއު" ގެ ނަމުގައި ލިޔެފައިވާ މި ޅެމުގައި ދަރިފުޅު ވަކިވުމުން މައިންބަފައިންނަށް ކުރާނެ ހިތްދަތި އިހުސާސްތަކާއި އެ ކުއްޖާ ދުށް ފޮނި ހުވަފެންތައް ވަރަށް ފުރިހަމައަށް ސިފަކޮށްދީފައިވޭ. މި ޅެމަކީ ޒީވާގެ ވަކިވުމުގެ ހިތާމައިގައި މުޅި ގައުމު ބައިވެރިވަމުންދާ ދަނޑިވަޅެއްގައި ޝާއިއުކުރި، ގިނަ ބަޔަކު ރޮއްވާލި ޅެމެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 ސެޕްޓެމްބަރު 2026 | އަންގާރަ 17:26
ތުއްތު ޒީވާ: އަޝްރަފް ވަނީ ޒީވާގެ ވަކިވުމާ ގުޅިގެން އަސަރުގަދަ ޅެމެއް ޝާއިއުކޮށްފައި

ތުއްތު ޒީވާ: އަޝްރަފް ވަނީ ޒީވާގެ ވަކިވުމާ ގުޅިގެން އަސަރުގަދަ ޅެމެއް ޝާއިއުކޮށްފައި | ސޯޝަލް މީޑިއާ

އަޑުއިވެމުން ދިޔަ ޚަބަރުތަކުން ހިތަށް ކެތް ވަނީ އެއް ނޫނެވެ. އެންމެ ފުރަތަމަ އިވުނީ ތުއްތު އަންހެން ކުއްޖަކަށް އެ ކުއްޖާގެ ބައްޕަގެ ފަރާތުން ލިބެމުންދިޔަ ޖިންސީ ގޯނާގެ ވާހަކަ އެވެ. ގައިން ހީބިހި ނަގުވާލި އެ ޚަބަރުގެ ތަފްސީލު ވެސް ކިޔަން ބޭނުން ނުވެފައި ވެސް ކިޔާލީމެވެ. ހިތް ކުދިކުދި ކޮށްލި އެ ޚަބަރަށް ފަހު ދެން އިވުނީ ހުޅުމާލެ ފޭސް ދޭއްގައި ބުރާސްފަތި ދުވަހުގެރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ އުމުރުން އެންމެ ނުވަ އަހަރުގެ ޒީވާ ސިނާން އަހުމަދުގެ ވަކިވުމުގެ ޚަބަރެވެ. އެއަށްފަހު ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ، ސްޓެލްކޯގެ ފްލެޓެއްގެ މަތިން 2 އަހަރުގެ ތުއްތު އަންހެން ކުއްޖަކު ވެއްޓި ނިޔާވި ޚަބަރެވެ. ފުލުފުލުގައި އިވެމުން ދިޔަ ހިތްދަތި ޚަބަރުތަކަށް ނިމުމެއް ނެތެވެ. 

ފެނުނީ އަޝްރަފް އަލީގެ ޅެމެކެވެ. ތުއްތު ޒީވާ މަތިން ހަނދާންވުމުން ހިތަށް ތަދުވާވަރުން ހިތުން ބަންޑުންވި ޖަޒުބާތެއް ކަމަށް ބުނެ ޝާއިއުކޮށްލި އެ ޅެމަކީ މޮޅު ޅެމެކެވެ. ފުރިހަމަ ޅެމެކެވެ. ރީތި އަދި ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވި ޅެމެކެވެ. "ލޯބިވާ ދަރިފުޅުގެ ކުއްލި ވަދާއު" ގެ ނަމުން ނަން ދެވިފައިވާ އެ ޅެން ކިޔަމުންދާ ކޮންމެ މީހަކަށް، ކޮންމެ ބައިތެއްގައިވި ކެކުޅުމާ ވޭން އެނގުން ވާހާވެ އެވެ.

އެ ޅެމުގައި އަޝްރަފް އެ ތުއްތު ފުރާނައާ މުޚާތަބުކޮށްފައި ވަނީ ނުހަނު ލޯބިންނެވެ. ލޯބިވާ ކުޑަކުޑަ ދަރިފުޅުގެ ނަމުންނެވެ. މައުސޫމް ފުރާނައިގެ ނަމުންނެވެ. އެއްވެސް ކުށެއް ނެތް، ލޯބިވާ ނޫރުގެ ނަމުންނެވެ. އެ ޅެމުގައި ކިޔައިދީފައި ވަނީ ބައްޕައެއްގެ ލޮލުގެ ފެނުމުގެ ވާހަކަ އެވެ. މަންމައެއްގެ ހިތާއި އެ ހިތުގެ ވިންދުގެ ވާހަކަ އެވެ. 

"ލޯބިވާ ކުޑަކުޑަ ހިތާ އެވެ! ލޯބިވާ ދަރިފުޅާ އެވެ!"

އެ ވަދާއުން މަންމާ އާއި ބައްޕައެއްގެ ހިތް މުޅިން ފަޅިފަޅިވެގެން ދިޔަ ކަން ބަޔާންކުރަމުން އެ ޅެމުގައި ވަނީ، ހާދިސާގެ ވަގުތު ހަނދާން ވީވީހެން ސިކުނޑި އުދާސްވާ ކަމަށް ބުނެފަ އެވެ. އެ މަންޒަރު ސިފަ ވީވީހެން ލޮލުން، ހޯސްލާފައި ކަރުނަ އޮހޮރޭ ވާހަކަ ލިޔެވިފައި ވަނީ ނުހަނު ސާދާ ބަހުންނެވެ. އެހެން ނަމަވެސް ހިތަށް އެންމެ އަސަރު ކުރުވީ ވެސް އެ ސާދާކަމުންނެވެ. އެ އަސަރުންނެވެ. 

އަޝްރަފްގެ ޅެމުގައި ތަކުރާރުކޮށް، އެ ލޯބިވާ ދަރިފުޅަށް ގޮވަމުން ދިޔަ އެވެ. އެ ކުޑަކުޑަ ހިތާ މުޚާތަބު ކުރަމުންދިޔަ އެވެ. 

"ލޯބިވާ ދަރިފުޅާ އެވެ! ލޯބިވާ ކުޑަކުޑަ ހިތާ އެވެ!"

ޅެމުގައި ކިޔައިދިނީ އެ ދެމަފިރިންގެ މުޅި ހަޔާތް ވަށައިގެން ވަނީ އެ ދަރިފުޅުގެ ހަނދާންތަކުން ކަމުގަ އެވެ. އެ ދަރިފުޅުގެ ސަމާސާތަކާއި އެ ދަރިފުޅުގެ ލޯބި ހިނިތުންވުންތަކާއި އެ ދަރިފުޅުގެ ތުއްތުއްތު އިނގިލިތަކުން ހަދިޔާކުރި ރަމްޒުތަކާއި ނިޝާންތަކުން މުޅި ހަޔާތް އަދިވެސް ވަށައިގެންވާ ކަމަށް ކިޔައިދިން ބައިތު އަދި ވަކީން ރީއްޗެވެ. އެ ދަރިފުޅުގެ ހަނދާންތަކާ ގުޅިފައިވާ ކޮންމެ ކަމެއް، އެންމެ ކުދިކުދި ކަންކަމުން ފެށިގެން ގޮސް، އެންމެ އަސަރުކުރުވާ ކަންކަމަށް ދާންދެން ކިޔަދީފައި ވަނީ އެ ހުރިހާ މަންޒަރެއް ސިފަވާ ފަދައިންނެވެ. 

ގޭގެ ކޮންމެ ފާރެއް، ކޮޓަރީގެ ކޮންމެ ބިތެއް ދަރިފުޅުގެ ހަނދާންތަކުން ފުރިފައިވާކަން ބަޔާންކޮށްދީ އަޝްރަފް ލިޔެފައި ވަނީ އިއްޔެ އިއްވި ލަވައެއް މިއަދަކު ނީވޭ ކަމަށެވެ. މުޅި ގެ ފަޅުވެފައިވާ ކަމަށެވެ. މުޅި ގެ، ސަހަރާއަކަށް ވެފައިވާ ކަމަށެވެ. ހިތަށް ވެރިވަމުން ދިޔަ ޝުއޫރުތައް ބަޔާން ބަޔާންކޮށްދީފައި ވަނީ އެހާ ފުރިހަމަ އަށެވެ. 

"ލޯބިވާ ކުޑަކުޑަ ހިތާ އެވެ! ލޯބިވާ ދަރިފުޅާ އެވެ!"

އެ ޅެމުގައި ތަކުރާރުކޮށް، އެ ދަރިފުޅު ގާތު ބުނަމުން ދިޔައީ އެންމެ ވާހަކައެކެވެ. އެ ވަދާއުން މަންމަގެ ވެސް ބައްޕަގެ ވެސް ހިތްމުޅިން ފަޅިފަޅިވެފައިވާ ވާހަކަ އެވެ. އަނެއްކާ ވެސް ދަރިފުޅަށް ގޮވާލި އެވެ. 

"ލޯބިލޯބި ކުޑަކުޑަ ފުރާނަޔާ އެވެ! ލޯބިވާ ދަރިފުޅާ އެވެ!"

ނުހަނު ލޯބިން ދެން އެ ޅެމުގައި ބުނީ އެ ދަރިފުޅުގެ އެނދުގައި  ތިއްތިތިއްތިކޮށް ބޮއްތައިލާނީ ދެން ބައްޕަ ކަމަށެވެ. އެއަށްފަހު މަންމަ ކަމަށެވެ. އެހެން ނަމަވެސް އެ ދަރިފުޅާ ނުލައި ދުނިޔެ އިން އޮތީ ކޮން ދިރުމެއްތޯ އެ ޅެމުގައި ވަނީ ސުވާލުކޮށްފަ އެވެ. މިއަދު އެ ބައްޕައާއި މަންމަގެ ހާލަތު ކިޔައިދެމުން އެ ޅެމުގައި ބުނީ  ބައްޕައާާއި މަންމަ ތިބީ ކަރުނައިގެ ތަންމައްޗެއްގައި ކަމަށެވެ. 

އަނެއްކާ ވެސް އެ ޅެމުގައި އެ ދަރިފުޅަށް ގޮވާލި އެވެ. އަދި ދަރިފުޅު ހަމަ ހަގީގަތުގައި ވެސް ދިޔައީތޯ ސުވާލުކޮށްފައިވެ އެވެ. ދަރިފުޅުގެ ހުފެންތަކާއި ބުނެފައިވާ ލޯބި ވާހަކަތައް ބަޔާންކޮށް އެ ޅެމުގައި ވަނީ ޑޮކްޓަރަކަށްވުމަށް އެ ދަރިފުޅު ދުށް ހުވަފެނުގެ ހަނދާންކޮށްފަ އެވެ. އެގޮތުން ޑޮކްޓަރަކަށް ވެގެން ބައްޕަ ބަލާނީ "ކޮއްކޮ" ބުނި ވާހަކަ އެ ޅެމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ޕައިލެޓަކަށް ވެގެން މަންމަ އާއި ބައްޕަ ގޮވައިގެން އުދުހޭނަމޭ ބުނި ވާހަކަވެސް ޅެމުގައި ވަނީ އަސަރާއެކު ފާހަގަކޮށްފަ އެވެ. ކިޔެވުމަށް އެ ދަރިފުޅުގެ ހުރި ޝައުގު ބަޔާންކޮށް ޅެމުގައި ބުނީ، މޮޅު ކުއްޖަކަށް ވެގެން ސްކޫލުން ބެސްޓް އޯލްރައުޑް ދަރިވަރަށް ވާނަމޭ  ބުނި ހަނދާން ވެސްވާ ކަމަށެވެ. އެހެން ނަމަވެސް... 

އަޝްރަފްގެ އަސަރުގަދަ ޅެމުގައި ބުނީ އެ ދަރިފުޅުގެ ކޮންމެ ހަނދާނަކުން މިއަދު ހިތަށް އާދަޔާޚިލާފު ތޫފާނެއް ވެރިވާ ކަމަށެވެ. އަދި މިއީ މަންމައާއި ބައްޕަގެ ގިޔާމަތަށް ދެމިގެންވާނެ ފަޅުކަމެއް ކަމަށް ބަޔާންކޮށްދީފައި ވަނީ މީހަކު ރޮއްވާލާހާ ހިތްދަތި ކޮށެވެ. 

ޅެމުގައި ބުނީ އެ މައުސޫލު ދެލޮލާއި އެ ލޯބި މޫނުކޮޅު ހަނާ އަޅަމުންދާ ކަމަށެވެ. އަނެއްކާ ވެސް އެ ޅެމުގައި ދަރިފުޅަށް ގޮވާލި އެވެ. އަދި ބުނެލި އެވެ. ދަރިފުޅާ އެވެ. ބައްޕަ ވެސް ގޮވައިގެންދާށެވެ. މަންމަ ވެސް ގޮވައިގެންދާށެވެ.

މި ޅެން ނިމިގެން ދިޔަސް، މިޅެމުން އެތައް ބައެއްގެ ޖަޒުބާތުތަކާ ކުޅެލައިފި އެވެ. އެތައް ބައެއްގެ ހިތްތައް ރޮއްވާލައިފި އެވެ. އަބަދަށްޓަކައި ހަނދާނުގައި ހުންނާނެ ޅެމެއްގެ ގޮތުގައި މި ޅެން ބިންވަޅު ނެގިގެން ދާނެ އެވެ. މިއީ ތުއްތު ޒީވާ މަތިން ހަނދާންވުމުން ހިތަށް ތަދުވާވަރުން ހިތުން ބަންޑުންވި ޖަޒުބާތެކެއް ކަމަށް އަޝްރަފް ބުންޏެވެ. އަޝްރަފް މިއަދު އެންމެ ޅެމަކުން އެ ކިޔައިދިނީ އެތައް މަންމައަކާއި ބައްޕައެއް މިއަދު ތަހައްމަލު ކުރާނެ ޖަޒުބާތުތަކެކެވެ. މި ޅެން ހަގީގަގުތައި ވެސް ހިތް ކުދިކުދި ކޮށްލައިފި އެވެ. ރޮއްވާލައިފި އެވެ. 

ޒީވާ ސިނާން އަހުމަދުއަޝްރަފް އަލީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2020

ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!

22 މާރިޗު 2020
ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!
20 ފެބުރުއަރީ 2020

ހުރިހާ ވަގުތެއް ހޭދަކުރަނީ އެކުގައި، މިއަދު ދުނިޔޭގައި ނެތަސް ލޯބިވާ ތުއްތު ކަމަނަގެ ހަނދާން ފަނޑުވުމެއް ނެތް!

20 ފެބުރުއަރީ 2020
ހުރިހާ ވަގުތެއް ހޭދަކުރަނީ އެކުގައި، މިއަދު ދުނިޔޭގައި ނެތަސް ލޯބިވާ ތުއްތު ކަމަނަގެ ހަނދާން ފަނޑުވުމެއް ނެތް!
22 ސެޕްޓެމްބަރު 2019

އަލިފާނުގެ ހާދިސާ: ކުޑަކުޑަ ހުމާމްއަށް ހިތްވަރު ލިބުނީ ބޭބެގެ ބަސްތަކުން!

22 ސެޕްޓެމްބަރު 2019
އަލިފާނުގެ ހާދިސާ: ކުޑަކުޑަ ހުމާމްއަށް ހިތްވަރު ލިބުނީ ބޭބެގެ ބަސްތަކުން!
04 ސެޕްޓެމްބަރު 2019

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!
11 އޯގަސްޓު 2019

ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ

11 އޯގަސްޓު 2019
ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ
18 ޖޫން 2019

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

18 ޖޫން 2019
ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
12 އޯގަސްޓު 2018

މި ތުއްތު ކުއްޖާ އިބޫ ދޫކޮށްލާކަށް ބޭނުމެއް ނުވި

12 އޯގަސްޓު 2018
މި ތުއްތު ކުއްޖާ އިބޫ ދޫކޮށްލާކަށް ބޭނުމެއް ނުވި
01 އޮކްޓޯބަރު 2017

ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

01 އޮކްޓޯބަރު 2017
ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ
10 ސެޕްޓެމްބަރު 2017

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް