Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަސްލަމް

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ބަޔާންތައް ބަދަލު ކޮށްފި

ފައިސާ ދެއްކުމަށް އަސްލަމަށް ހަތް ދުވަހުގެ މުއްދަތެއް ދިން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 27 އޯގަސްޓު 2017 | އާދީއްތަ 07:33
އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު އަސްލަމް

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު އަސްލަމް

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލު ދައްކަން ދައުލަތުން ޚަރަދުކުރި ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލައިގެ ބަޔާންތައް ބަދަލު ކޮށްފިއެވެ.

ދެ ފަރާތް ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ނުލިބުމުން މައްސަލަ ޝަރީޢަތަށް ފޮނުވުމުން މައްސަލައާއި ގުޅޭ ބަޔާންތައް ދެ ފަރާތުގެ ދެމެދުގައި ބަދަލު ކޮށްފައި ވަނީ އާދީއްތަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަސްލަމްގެ ފޯނު ބިލު ދައްކަން ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން އަސްލަމާ ދެކޮޅަށް ދައުވާކޮށް މައްސަލައާ ގުޅޭ އަޑުއެހުން އެންމެ ފުރަތަމަ ބާއްވާފައި ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލައާ ގުޅޭ ލިޔުންތައް އަސަލްމްއާ ވަނީ ހަވާލު ކޮށްފައެވެ.

މައްސަލައާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވެފައި ވަނީ އެއްވެސް މީހަކު ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކައި ވާނަމަ އެ މީހެއްގެ އަތުން އެ ފައިސާއެއް ހޯދަން ޖެހޭނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލާގައި ކޯޓުން ނިންމާ ގޮތެއް ގަބޫލު ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ކޯޓުގެ ހުކުމާ އެކު އެފައިސާއަކީ އޭނާ ދައްކަން ޖެހޭ ފައިސާއެއް ކަން ނުވަތަ އޭނާގެ ފޯންބިލަށް ދައުލަތުން ފައިސާ ދެއްކީ އުސޫލްތަކާ ހިލާފަށް ކަން ނުވަތަ ނޫންކަން ވެސް އެނގިގެންދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އަސްލަމްގެ މައްޗަށް ދައުވާ ކުރަނީ ހައުސިން މިނިސްޓަރު ކަމުގައި އަސްލަމް ހުންނެވިއިރު މޮބައިލް ފޯނު ބިލު އަދާކުރެއްވުމަށް ޚަރަދުކުރެއްވި 312،928ރ. ދެއްކުމަށް އެންގުމުން އެ ފައިސާ ނުދެއްކި މައްސަލާގައެވެ.

ފައިސާ ދެއްކުމަށް ފިނޭންސް މިނިސްޓްރީން އަސަލަމް އަށް އަންގާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެފައިސާ ހަތް ދުވަހުގެ ތެރޭގައި ފިނޭސް މިނިސްޓްރީ އަށް ދެއްކުމަށް އަސަލްމް އަށް ވަނީ އަންގާފައެވެ.

އެ މައްސަލަ ފާހަގަކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައެވެ. ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދަށް ރިއާޔަތްކުރާއިރު އެ ފައިސާއަކީ އަސްލަމް ޒިންމާވާންޖެހޭ ފައިސާއެއް ކަމަށެވެ. އެ ފައިސާ ދެއްކުމަށް އަސްލަމަށް ދިނީ ހަތް ދުވަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް

ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް

03 މެއި 2017
ފޯންގެ ޕިންކޮޑް ނުދިން މައްސަލާގައި ރިޔާޒްގެ މައްޗަށް ހިންގާ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު

ފޯންގެ ޕިންކޮޑް ނުދިން މައްސަލާގައި ރިޔާޒްގެ މައްޗަށް ހިންގާ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު

03 މެއި 2017
ޒައިދާއި ދެކޮޅަށް ދައުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި

ޒައިދާއި ދެކޮޅަށް ދައުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި

02 މެއި 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު