Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާގެ ހުށަހެޅުން ލިބިފައިވާ ކަމަށް އީރާނުން ބުނެފި

1 ޖޫން 2025 | އާދީއްތަ 06:48

އެކަމާ ގުޅިގެން އަރާޤްޗީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އީރާންގެ އުސޫލުތަކާއި، ޤައުމީ މަސްލަހަތާއި، އަދި އެ ޤައުމުގެ ރައްޔިތުންގެ ހައްޤުތަކާ އެއް ގޮތްވާ ގޮތުގެ މަތިން އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާނުން ޖަވާބު ދޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2025 | އާދީއްތަ 06:48
އީރާންގެ ނިއުކްލިއަރ ޕަވާ ޕްލާންޓެއްގައި އެ ޤައުމުގެ ދިދަ

އީރާންގެ ނިއުކްލިއަރ ޕަވާ ޕްލާންޓެއްގައި އެ ޤައުމުގެ ދިދަ

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ނިއުކްލިއާ މަޝްވަރާތަކުގައި،  އެމެރިކާ އިން ހުށަހަޅާ ބައެއް ކަންކަން ލިބިފައިވާ ކަމަށް އީރާނުން ބުނެފި އެވެ.

އީރާންގެ ޚާރިޖީ ވަޒީރު އައްވާސް އަރާޤްޗީ ވިދާޅުވީ، ހޮނިހިރު ދުވަހު އޭނާ އޮމާން އަށް ކުރެއްވި ކުރު ދަތުރުުފުޅުގައި، އޮމާންގެ ޚާރިޖީ ވަޒީރު ވަނީ އެކަންކަން ހިއްސާ ކުރައްވާފައި ކަމަށެވެ. އެއީ އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ޤާއިމު ކުރުމަށް ހުށަހަޅާފައިވާ ކަންކަމެވެ. 

އެކަމާ ގުޅިގެން އަރާޤްޗީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އީރާންގެ އުސޫލުތަކާއި، ޤައުމީ މަސްލަހަތާއި، އަދި އެ ޤައުމުގެ ރައްޔިތުންގެ ހައްޤުތަކާ އެއް ގޮތްވާ ގޮތުގެ މަތިން އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާނުން ޖަވާބު ދޭނެ ކަމަށެވެ. 

މި ވާހަކަތައް އައިސްފައި މި ވަނީ އީރާނާާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ މުހިންމު ދަނޑިވަޅައެއްގަ އެވެ. އެ މަޝްވަރާތަކުގެ ފަސް ބައްދަލުވުމެއް މިހާތަނަށް ބާއްވާފައިވާއިރު، ދެން އޮތީ ހަ ވަނަ ބުރުގެ ބައްދަލުވުމެވެ. ނަމަވެސް، އެ ބައްދަލުވުން އޮންނާނެ ތާރީޚެއް އަދި ތަނެއް ހާމަކޮށްފައި ނުވެ އެވެ. 

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ އޮމާން އިންނެވެ. އެންމެ ފަހުން ފަސް ވަނަ ބުރުގެ ބައްދަލުވުން ބާއްވާފައި ވަނީ އިޓަލީގެ ވެރި ރަށް ރޯމްގަ އެވެ. 

ހޮނިހިރު ދުވަހު އީރާންގެ ޚާރިޖީ ވުޒާރާ އިން ވަނީ އިސްރާއީލާ ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފަ އެވެ. އެގޮތުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އދ ގެ ނިއުކްލިއާ ވޮޗްޑޮގްގެ އައު ރިޕޯޓަށް އިސްރާއީލް އިން އިތުބާރު ނުހިފޭ އަދި އޮޅުވާލާފައިވާ މައުލޫމާތު ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

އީރާނާއި އެމެރިކާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ހިނގަމުން އަންނަ މި ދަނޑިވަޅުގައި އީރާނަށް އަމާޒުކޮށް ހަމަލާ ދިނުން ހުއްޓާލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އަންގަވައިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، ވިދާޅުވީ މަޝްވަރާތައް ކުރިއަށް ދަނިކޮށް، އީރާނަށް ހަމަލާ ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ނިއުކްްލިއަރ މަޝްވަރާތަކަށް އިޝާރާތް ކުރައްވައި އެ ދުވަހު ޓްރަމްޕް ވިދާޅުވީ، އެ މަޝްވަރާތައް ކުރިއަށް ދަނީ ރަނގަޅު މިސްރާބެއްގައި ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި އެ މަޝްވަރާތަކުން އެއްބަސްވުމަކާ ހަމައަށް ވާސިލްވެވިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އީރާނާއި އެމެރިކާއާ ދެމެދު އެންމެ ފަހުން އެކުލަވާލާފައި އޮތް ނިއުކްލިއާ އެއްބަސްވުމުން އެެމެރިކާ ވަކިވެފައި ވަނީ ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި، 2018 ވަނަ އަހަރު އެވެ. 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުން އެމެރިކާ ވަކިވި ފަހުން، މިހާރު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތަކަކީ ދެ ޤައުމުގެ ދެ މެދުގައި ކުރިއަށް ގެންދެވޭ ފުރަތަމަ މަޝްވަރާ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް