Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗްގެ ޚިދުމަތް

އައިޖީއެމްއެޗްގައި ރޭގަނޑު އޯ.ޕީ.ޑީ ވަނީ ފެށިފައި، ދެން ޑޮކްޓަރަށް ދައްކާ ކިޔު ކުޑަވާނެ: ރައީސް މުއިއްޒު

31 މެއި 2025 | ހޮނިހިރު 08:09

އެނދުގެ ޖާގަ އިތުރު ކުުރުމާއި، މުވައްޒަފުން އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 31 މެއި 2025 | ހޮނިހިރު 08:09
އައިޖީއެމްއެޗް ލެބޯޓްރީގައި ނަރުހެއް މަސައްކަތް ކުރަނީ --- ފޮޓޯ: ޔޫސުފް ސޮފްވާން

އައިޖީއެމްއެޗް ލެބޯޓްރީގައި ނަރުހެއް މަސައްކަތް ކުރަނީ --- ފޮޓޯ: ޔޫސުފް ސޮފްވާން

އައިޖީއެމްއެޗްގައި ރޭގަނޑު އޯ.ޕީ.ޑީ. ފެށިފައިވާ ކަމަށާއި، ޑޮކްޓަރަށް ދައްކާ ކިޔު ކުޑަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ "ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 7 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރޭގައި ހުރި އައިޖީއެމްއެޗްއަކީ އެންމެ ގިނަ ދުވަސްވީ ހޮސްޕިޓަލް ކަމަށާއި، ޚިދުމަތް ފުޅާކުރަންޖެހޭ ކަމަށެވެ.

އެގޮތުން އެނދުގެ ޖާގަ އިތުރު ކުުރުމާއި، މުވައްޒަފުން އިތުރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް މި ކިޔާ ދަރުމަވަންތަ، އައިޖީއެމްއެޗް، ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލް އަދި ތެލަސީމިއާ ސެންޓަރ، މި ހުރިހާ ތަނެއް ހިމެނޭހެން ގުޅިލާމެހިފައިވާ ނެޓްވަރކެއްގެ ތެރެއިން މި ހޮސްޕިޓަލްތައް ހިންގުމުގެ ނިޒާމު ގާއިމްކުރެވިފައިވާ ކަމަށެވެ. މިއީ ކުރިން މި އެއްތަން އަނެއްތަނާ ވާދަކުރާ ތަންތަންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިހާރު މިއީ އެއް މެނޭޖްމަންޓެއްގެ ތެރެއިން ވަރަށް އޯގަނައިޒްކޮށް ހިންގާ ތަންތަން ކަމަށެވެ.

ހަމަ ތިޔަ ވިދާޅުވިގޮތަށް، ރަށްރަށުން ވަރަށް ގިނަ މީހުން އައިސް ޚިދުމަތް ހޯދާ ތަނެއް. އަޅުގަނޑުމެން މިހާރު މި ހުޅުވީ 75 އެނދުގެ ޖާގަ އިތުރުކުރެވިގެން، މި ހުޅުވިގެންދިޔައީ. އެއީ، ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް. ހަމަ މުޅި އައިޖީއެމްއެޗްގެ ސިއްހީ ޚިދުމަތް ދިނުން ހަމަ ވަރަށް ބޮޑަށް މަތިވެގެންދާނެ ކަމަކަށްވޭ. އަދި އޭގެއިތުރަށް، މުވައްޒަފުންވެސް ވަރަށްބޮޑު ތަނުން އެބަ އިތުރުކުރޭ. މިހާރު ފުރުޞަތު ހުޅުވާލައި ގާތްގަނޑަކަށް ނިމިފައި އެވަނީ 218 މަގާމަށް މުވައްޒަފުން ނެގުން. އޭގައި ގިނަ ޢަދަދަކަށް ހިމެނިގެންދަނީ ނަރުހުން. މިއީ ހަމަ ހުރިހާ ކަމެއް ހަމަޖެހިފައި އޮތް ކަމެއް. އެހެންވީމާ، މުވައްޒަފުން އިތުރުކުރެވި، ވަސީލަތް އިތުރުކުރެވި، އިމާރާތުގެ ޖާގައިގެ ގޮތުން އައި.ޖީ.އެމް.އެޗް. ވަރަށްބޮޑު ތަނުން މި ފުޅާކުރެވުނީ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާ، މި އަހަރާއި މި އަންނަ އަހަރުގެ ތެރޭގައި ވަރަށްބޮޑު ތަނުން ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އައިޖީއެމްއެޗްގައި ރޭގަނޑު އޯ.ޕީ.ޑީ. މިހާރު ފެށިފައިވާ ކަމަށާއި، އޭގެ ސަބަބުން ވަރަށް ބޮޑަށް ކިޔު ކުޑަވާނެ ކަމަށެވެ.

އެހީތެރިކަން ދޭނެ. އާދެ، އެއްތަނުން އަނެއްތަނަށް ސްޕެޝަލިސްޓުން ބަދަލުކުރެވޭނެ. ސުޕަރ ސްޕެޝަލިސްޓުން ބަދަލުކުރެވޭނެ. މިހާރު ނައިޓް އޯ.ޕީ.ޑީ.، ރޭގަނޑު އޯ.ޕީ.ޑީ. މިހާރު ފެށިފައި އެވަނީ އައި.ޖީ.އެމް.އެޗް.ގައި. އޭގެ ސަބަބުން ވަރަށް ބޮޑަށް ކިޔު ކުޑަވެގެންދާނެ. އެންމެ ގިނައިން ބަލިތަކަށް ފަރުވާ ހޯދަން ކިޔުގައި ޖެހިފައި ތިބި މީހުންގެ ކިޔު ކުޑަކޮށްލުން އިރާދަކުރެއްވިއްޔާ މީގެތެރެއިން ހާސިލުވާނެ. އިމްޕޭޝަންޓުންނަށް ފަސޭހައިން ބޭސް ލިބޭނެގޮތް މިހާރު އެވަނީ ފެށިފައި. މިވެސް ވަރަށް ބޮޑަށް ރައްޔިތުން، ޕޭޝަންޓުން އެދެމުންދާ އަދި ހޮސްޕިޓަލުންވެސް އެދެމުންދާ ކަމެއް.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ހޮސްޕިޓަލްތައް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކުޅުދުއްފުށި، ތިނަދޫ، އައްޑޫސިޓީ އަދި އުނގޫފާރު. ޓަރޝަރީ ހޮސްޕިޓަލްތައް ގާއިމްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް މިއިން އެއްވެސް ރަށެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައެއްނުވެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކޮށް އަލުން ހުޅުވި ނަމަވެސް އެކަށީގެންވާ ފަރުވާ އެ ހޮސްޕިޓަލުން ނުލިބޭކަމުގެ ޝަކުވާ ބޮޑެވެ. މީގެ އިތުރުން މީގެ ކުރިން ލިބުނު ގިނަ ސިއްހީ ޚިދުމަތްތަކާއި، އާސަންދައިން ލިބޭ ބޭސް ނުލިބޭ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ. މިސަރުކާރުގައި ސިއްހީ އިހުމާލުގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، އަތޮޅުތެރޭގެ ރަށްތަކުގައި ސިއްހީ މަރުކަޒުތަކުގައި ބޭނުންކުރާ އެމްބިއުލާންސް ހަލާކުވެ، ސްޓްރެޗަރގައި ބަލި މީހުން އުފުލާ ވީޑިއޯއާއި، ފޮޓޯ ދާދި ފަހުން ވަނީ ސޯޝަލް މީޑިއާގައި ވެސް އާއްމުވެގެން ގޮސްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 ޖުލައި 2017

ފަނޑިޔާރު އަލީ ހަމީދު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެނީ

06 ޖުލައި 2017
ފަނޑިޔާރު އަލީ ހަމީދު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެނީ
14 އެޕްރީލު 2017

އައިޖީއެމްއެޗްގައި އާ ތިން ކްލިނިކެއް ހުޅުވަނީ

14 އެޕްރީލު 2017
އައިޖީއެމްއެޗްގައި އާ ތިން ކްލިނިކެއް ހުޅުވަނީ
22 މާރިޗު 2017

އޭޑީކޭގެ ފްލޫ ކްލިނިކަށް 1،551 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި

22 މާރިޗު 2017
އޭޑީކޭގެ ފްލޫ ކްލިނިކަށް 1،551 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި
19 މާރިޗު 2017

އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި

19 މާރިޗު 2017
އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި
18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
17 މާރިޗު 2017

އައިޖީއެމްއެޗް ފްލޫ ކްލިނިކަށް 2،000 މީހުން ޑޮކްޓަރަށް ދައްކައިފި

17 މާރިޗު 2017
އައިޖީއެމްއެޗް ފްލޫ ކްލިނިކަށް 2،000 މީހުން ޑޮކްޓަރަށް ދައްކައިފި
16 މާރިޗު 2017

އައިޖީއެމްއެޗް ފްލޫ ކްލިނިކަށް 1،550 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި

16 މާރިޗު 2017
އައިޖީއެމްއެޗް ފްލޫ ކްލިނިކަށް 1،550 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި
12 މާރިޗު 2017

ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް

12 މާރިޗު 2017
ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް