Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ-ހަނގުރާމަ

ސައުދީ ޚާރިޖީ ވަޒީރުގެ ތާރީޚީ ދަތުރުފުޅެއް ވެސްޓްް ބޭންކަށް 

މި ހަފުތާގެ ފަހު ކޮޅު ސައުދީގެ ޚާރިޖީ ވަޒީރު ވެސްޓް ބޭންކަށް ވަޑައިގަންނަވާއިރު، އޭނާ އަކީ 1967 ވަނަ އަހަރުގެ ފަހުން ވެސްޓް ބޭންކަަށް ވަޑައިގަންނަވާ ސައުދީގެ އެންމެ އިސް އޮފިޝަލުންގެ ތެރެއިން އެކަކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 މެއި 2025 | ހޮނިހިރު 05:46
ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުޙާން، ވެސްޓް ބޭންކަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

މި ހަފުތާގެ ފަހު ކޮޅު ސައުދީގެ ޚާރިޖީ ވަޒީރު ވެސްޓް ބޭންކަށް ވަޑައިގަންނަވާއިރު، އޭނާ އަކީ 1967 ވަނަ އަހަރުގެ ފަހުން ވެސްޓް ބޭންކަަށް ވަޑައިގަންނަވާ ސައުދީގެ އެންމެ އިސް އޮފިޝަލުންގެ ތެރެއިން އެކަކެވެ. 

 ސައުދީ އަރަބިއްޔާގައި ހުންނަވާ ފަލަސްޠީނުގެ ސަފީރު މާޒެން ޣުނައިމް ވިދާޅުވި ގޮތުގައި، ސައުދީގެ ޚާރިޖީ ވަޒީރު ވަޑައިގަންނަވަނީ އެއް ދުވަހުގެ ދަތުރުފުޅެއްގަ އެވެ. އެ ދަތުރުފުޅުގައި ސައުދީ ވަފުދުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ވެސް ޚާރިޖީ ވަޒީރު އެވެ.

މި ދަތުރުފުޅުގައި ސައުދީގެ ޚާރިޖީ ވަޒީރު، ފަލަސްޠީނުގެ ރައީސް މަޙުބޫދު އައްބާސް އަދި އެހެނިހެން އިސް ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ދަތުރުފުޅުގައި މިޞްރު އަދި ޖޯޑަންގެ ޚާރިޖީ ވަޒީރު އަދި އެހެން ޤައުމުތަކުގެ އޮފިޝަލުން ބައިވެރިވާނެ ކަމަށް ވެސް ޣުނައިމް ވަނީ ވިދާޅުވެފަ އެވެ. 

ސައުދީގެ އަލް އިޚްބާރިއްޔާ އަށް ދެއްވި ބަޔާނެއްގައި ޣުނައިމް ވިދާޅުވީ، 1967 ވަނަ އަހަރުގެ ބޯޑަރު ތަކުގެ މައްޗަށް ބިނާކޮށް އީސްޓް ޖެރޫސަލް ފަލަސްޠީނުގެ ވެރިކަން ކުރާ ރަށް ކަމުގައި ހަމަޖައްސައިގެން ދެ ދައުލަތުގެ ޙައްލެއް ހޯދުމަށް މަޝްވަރާ ކުރެވޭނެ ކަމަށެވެ. 

ޖޫން މަހު ނިއުޔޯކް ގައި ހުންނަ އދ ގެ މައި މަރުކަޒު ގައި ސައޫދީ އަރަބިއްޔާ އަދި ފްރާންސް އިން ބާއްވާ ސަމިޓެއްގައި ފްރާންސް އިން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައި ގަންނާނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.

ސައޫދީ ޚާރިޖީ ވަޒީރުގެ ސީނިއަރ އެޑްވައިޒަރު މަނާލް ރަޟްވާން ވިދާޅުވި ގޮތުގައި، ސަރަހައްދީ ސުލްހަ ފެށޭނީ ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުންނެވެ. އެއީ ހަމައެކަނި ސިމްބޮލިކް އަމަލެއްގެ ގޮތުގައި ނޫން ކަމަށާއި، އިސްތިރާޖީ ބޭނުމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޫން މަހުގެ ސަމިޓާ ގުޅޭ ގޮތުން މި މަހުގެ ކުރީ ކޮޅު ރަޟްވާން ވިދާޅުވީ، މަދަނީ ރައްޔިތުން ދަނީ ވަގުތުން ހުއްޓަން ޖެހޭ ހަނގުރާމައެއްގެ އަގު ދައްކަމުން ކަމަށެވެ.

ވެސްޓް ބޭންކު ގައި ކަންކަން ގޯސްވަމުންދާ މިންވަރު ވެސް ވަރަށް ކަންބޮޑުވާ ހިސާބަކަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ ދުވަހަކު އުންމީދު ގެއްލެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މިއީ ހަމައެކަނި ހަނގުރާމަ ނިންމުމުގެ ވާހަކަ ދައްކަން ޖެހޭ ވަގުތެއް ނޫން ކަމަށާއި، އަށްޑިހަ އަހަރާ ގާތަށް ދިގު ދެމިގެން ދިޔަ މައްސަލައެއް ނިންމުމުގެ ވާހަކަ ދައްކަން ޖެހޭ ވަގުތު ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު