Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

ދުނިޔޭގައި ބަނޑުހައި ހޫނުކަން އެންމެ ބޮޑަށް ތަހަންމަލު ކުރާ ސަރަހައްދަކީ ޣައްޒާ: އދ

އދ ގެ އިންސާނީ އެހީގެ ކަންތައްތައް ވިލަރެސް ކުރާ އޮފީހުގެ ތަރުޖަމާނު ޖެންސް ލެއާކޭ ވިދާޅުވީ، ޣައްޒާ އަށް ބޭނުންވާ އެހީގެ ސާމާނު ވެއްދުމުގެ 900 ޓްރަކްގެ ތެރެއިން ހުއްދަ ލިބިފައި ވަނީ ހަމައެކަނި 600 ޓްރަކަށް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މެއި 2025 | ހޮނިހިރު 05:45
އެހީ ބެހުމުގެ މަސައްކަތް ކުރާ ސަރަހައްދަކަށް އެއްވެ ކުދިންތަކެއް އެހީ ހޯދަނީ

އެހީ ބެހުމުގެ މަސައްކަތް ކުރާ ސަރަހައްދަކަށް އެއްވެ ކުދިންތަކެއް އެހީ ހޯދަނީ

ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އިސްރާއީލް އަޅަމުން އަންނަ ހުރަސް ތަކުގެ ސަބަބުން، ޣައްޒާ އަކީ މިވަގުތު ދުނިޔޭގައި ބަނޑުހައި ހޫނުކަން އެންމެ ބޮޑަށް ތަަހަންމަލު ކުރަމުންދާ ސަރަހައްދު ކަމަށް އދ އިން ބުނެފި އެވެ. 

އދ ގެ އިންސާނީ އެހީގެ ކަންތައްތައް ވިލަރެސް ކުރާ އޮފީހުގެ ތަރުޖަމާނު ޖެންސް ލެއާކޭ ވިދާޅުވީ، ޣައްޒާ އަށް ބޭނުންވާ އެހީގެ ސާމާނު ވެއްދުމުގެ 900 ޓްރަކްގެ ތެރެއިން ހުއްދަ ލިބިފައި ވަނީ ހަމައެކަނި 600 ޓްރަކަށް ކަމަށެވެ. 

މީގެ އިތުރުން އިދާރީ ގޮތުން އަދި ސަލާމަތީ ގޮތުން ހުރި ހުރަސްތަކުގެ ސަބަބުން، ސަރަހައްދުތަކަށް ރައްކާތެރިކަމާ އެކު އިންސާނީ އެހީ ފޯރުކޮށްދިނުމަކީ ނާދިރުކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އިތުރަށް ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ، ޣައްޒާ އަށް އެތެރެ ކުރެވެނީ ހަމަ އެކަނި ފުށް ކަމަށެވެ. ނަމަވެސް އެއީ ކެއުމަށް ތައްޔާރުވެފައި ހުންނަ އެއްޗެއް ނޫން ކަމަށާއި، އެއީ ކައްކަން ޖެހޭ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވަމުން އޭނާ ވިދާޅުވީ، ޣައްޒާގެ 100 އިންސައްތަ މީހުންނަކީ ބަނޑުހައި ހޫނު ކަމުގެ ނުރައްކަލާ ކުރިމަތިލާާން ޖެހިފައިވާ ބައެއް ކަމަށެެވެ.

ލެއާކޭ މިހެން ވިދާޅުވެފައިވާއިރު، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓުގެ ތަރުޖަމާނު ޓޮމާސޯ ދެއްލާ ވެސް ވަނީ ޣައްޒާ އަށް ކުރިމަތިވެފައިވާ ޙާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި، ވާހަކަ ދައްކަވައިފަ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ ޣައްޒާގައި ތެޔޮ އަދި ޞިއްޙީ ކަންކަމަށް ބޭނުންވާ ސާމާނު ނެތް ކަމަށެވެ. ޞިއްޙީ ސާމާނުގެ އިތުރުން އެންމެ މުހިންމު އެއް ބާވަތެއް ކަމަށްވާ ތެޔޮ ނެތުމުގެ ސަބަބުން، ޣައްޒާގައި ޞިއްޙީ ޚިދުމަތް ދެމުން އަންނަ ތަންތަނުގެ ދެބައި ކުޅަ އެއްބައި މިހާރު ހުއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އިސްރާއީލް އިން ވަނީ ޣައްޒާ އަށް ބޭނުންވާ އިންސާނީ އެތެރެ ކުރުމަށް ހުރަސް އަޅައިފަ އެވެ. މިއަހަރުގެ މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން އެކަމަށް ހުރަސް އަޅާފައިވާއިރު،  ގާތް ގަނޑަކަށް ތިން މަސް ދުވަސް ފަހުން ޣައްޒާ އަށް ކޮންމެ ވެސް ވަރެއްގެ އިންސާނީ އެހީ ވެއްދުމަށް ވަނީ ހުއްދަ ދީފަ އެވެ.

ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާތަކުން ބުނެފައިވާ ގޮތުގައި، ޣައްޒާގެ އާބާދީގެ ދެ މިލިއަން ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އިންސާނީ އެހީ ފޯރުކޮށް ނުދެވެ އެވެ. އަދި ޣައްޒާގެ ރައްޔިތުން ތިބީ ބަނޑުހައި ހޫނު ކަމުގައި ކަމަށް ވެސް އެ ޖަމިއްޔާ ތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުގެ މަސައްކަތް ކުރަމުން އަންނައިރު، އެހީ ފޯރުކޮށްދެމުން އަންނަ ބައެއް ގުދަންތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވެ، ތޮއްޖެހުމުގެ ސަބަބުން ބައެއް މީހުން ވަނީ މަރުވެސް ވެފަ އެވެ. އަދި އެ ފަދަ ހާދިސާ ތަކުގައި ބަޔަކަށް ޒަޚަމުވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2018

އައިއެސްގެ ލީޑަރު ބަޤްދާދީ ދުނިޔޭގައި އެބަހުރި: އިރާޤް

13 ފެބުރުއަރީ 2018
އައިއެސްގެ ލީޑަރު ބަޤްދާދީ ދުނިޔޭގައި އެބަހުރި: އިރާޤް
08 ޖެނުއަރީ 2018

ނުވަރައެލިޔާގެ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

08 ޖެނުއަރީ 2018
ނުވަރައެލިޔާގެ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ
07 ޑިސެމްބަރު 2017

ޤުދުސްއަށް ޔަހޫދީން ވެރިވުން – އުރުދުން ވަކިން ބޮޑަށް ހިތްހަމަނުޖެހިފައި!

07 ޑިސެމްބަރު 2017
ޤުދުސްއަށް ޔަހޫދީން ވެރިވުން – އުރުދުން ވަކިން ބޮޑަށް ހިތްހަމަނުޖެހިފައި!
25 އޮކްޓޯބަރު 2017

ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކާ ދެކޮޅަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭ: ޓިލާސަން

25 އޮކްޓޯބަރު 2017
ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކާ ދެކޮޅަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭ: ޓިލާސަން
01 ސެޕްޓެމްބަރު 2017

ބަޣްދާދީ ދުނިޔޭގައި ހުރިކަމަށް ބެލޭ: އެމެރިކާ

01 ސެޕްޓެމްބަރު 2017
ބަޣްދާދީ ދުނިޔޭގައި ހުރިކަމަށް ބެލޭ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު