Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަޣްދާދީ

ބަޣްދާދީ ދުނިޔޭގައި ހުރިކަމަށް ބެލޭ: އެމެރިކާ

ރަޝިއާ އިން ޖޫން މަހު ބުނީ ބަޣްދާދީ މަރާލެވިއްޖެ ކަމަށް

ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2017 | ހުކުރު 11:25
އައިސިސް ޖަމާއަތުގެ ލިޑަރު އަބޫބަކުރު އަލް ބަޣްދާދީ

އައިސިސް ޖަމާއަތުގެ ލިޑަރު އަބޫބަކުރު އަލް ބަޣްދާދީ

އިސްލާމިކް ސްޓޭޓް ކިޔާ ޓެރަރިސްޓް ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣްދާދީ މަރާލެވިއްޖެ ކަމަށް ރަޝިއާ އިން ބުނި ނަމަވެސް އޭނާ އަދިވެސް ދުނިޔޭގައި ހުރި ކަމަށް ގަބޫލު ކުރެވޭ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އައިސިސްއާ ދެކޮޅަށް އިރާގާއި ސީރިއާ ގައި ހަނގުރާމަ ކުރަމުންދާ ގުޅިފައިވާ ފައުޖުތަކުގެ އިސް ކޮމާންޑަރ އެމެރިކާގެ ލެފްޓިނެންޓް ޖެނެރަލް ސްޓެފަން ޓައުންސެންޑް ބުރާސްފަތި ދުވަހު ވިދާޅުވީ، ބަޣްދާދީ ދުނިޔޭގައި ދިރި ހުރިތޯ ކުރެވޭ ސުވާލާ ގުޅިގެން އޭނާގެ ޖަވާބަކީ "އާނއެކޭ" ކަމުގައެވެ.

ޖެނެރަލް ޓައުންސެންޑް ވިދާޅުވީ އެކަން އެގޮތައް ގަބޫލު ކުރެވެނީ ބަޣްދާދީ މަރާލެވިފައިވާ ކަމަށް ބުނާ ބުނުމަށް ބާރު ދިނުމަށް ދެއްކޭ ހެއްކެއް ނެތުމުގެ ސަބަބުން ކަމަށެވެ. އަނެއް ކޮޅުން އޭނާ ވިދާޅުވީ ބަޣްދާދީ ދުނިޔޭގައި ހުރި ކަމަށް ބެލޭ ޖާސޫސީ މައުލޫމާތު އެބަހުރި ކަމަށެވެ. ނަމަވެސް އެކަންކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ޖޫން މަހު ރަޝިއާ އިން ބުނެފައިވަނީ، ސީރިއާގެ ރައްގާއަށް އޭގެ މަހެއްހާ ދުވަސް ކުރިން ދިން ހަމަލާއެއްގައި ބަޣްދާދީ މަރާލެވިއްޖެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ.

ބަޣްދާދުގެ ހެޑްކުއަރޓަރގައި ހުންނަވައިގެން އެމެރިކާގެ ޕެންޓަގަންގައި ތިބި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމާންޑަރ ޓަވްންސެންޑް ވިދާޅުވީ، އެމެރިކާއާއި ގުޅިފައިވާ ފައުޖުތަކުން ބަޣްދާދީ ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި އޭނާ ފެނިއްޖެނަމަ ހިފާ ހައްޔަރު ކުރުމުގެ ބަދަލުގައި މަރާލާނީ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު