Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިސްރާއީލް

އީރާނަށް ހަމަލާ ދިނުން ހުއްޓާލުމަށް ނަތަންޔާހޫ އަށް ޓްރަމްޕް އަންގަވައިފި

29 މެއި 2025 | ބުރާސްފަތި 06:59

ޓްރަމްޕް ވިދާޅުވީ އެ މަޝްވަރާތައް ކުރިއަށް ދަނިކޮށް، އީރާނަށް ހަމަލާ ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މެއި 2025 | ބުރާސްފަތި 06:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، ވައިޓް ހައުސްގައި ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، ވައިޓް ހައުސްގައި ބައްދަލު ކުރައްވަނީ

އީރާނަށް އަމާޒުކޮށް އިސްރާއީލް އިން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ދަންނަވާފައި ވާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ އަށް، ޓްރަމްޕް މިހެން ދަންނަވާފައި ވަނީ އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކުރެވެމުން އަންނަ ދަނޑިވަޅެއްގަ އެވެ. ޓްރަމްޕް ވިދާޅުވީ އެ މަޝްވަރާތައް ކުރިއަށް ދަނިކޮށް، އީރާނަށް ހަމަލާ ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ނިއުކްްލިއާ މަޝްވަރާތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެ މަޝްވަރާތައް ކުރިއަށް ދަނީ ރަނގަޅު މިސްރާބެއްގައި ކަމަށެވެ. އަދި އެ މަޝްވަރާތަކުން އެއްބަސްވުމަކާ ހަމައަށް ވާސިލްވެވިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެެެވެ.

މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އީރާނާއި އެމެރިކާއާ ދެމެދު އަންނަނީ ނިއުކްލިއާ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އޮމާން އިން މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ މި މަޝްވަރާތަކުގައި މިހާތަނަށް ވަނީ ފަސް ބައްދަލުވުމެއް ބާއްވައިފަ އެވެ. އެންމެ ފަހުން، ފަސް ވަނަ ބުރުގެ މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔައީ އިޓަލީގެ ވެރި ރަށް ރޯމްގަ އެވެ.

އީރާނާއި އެމެރިކާއާ ދެމެދު އެންމެ ފަހުން އެކުލަވާލާފައި އޮތް ނިއުކްލިއާ އެއްބަސްވުމުން އެެމެރިކާ ވަކިވެފައި ވަނީ ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި، 2018 ވަނަ އަހަރު އެވެ. 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުން އެމެރިކާ ވަކިވި ފަހުން، މިހާރު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތަކަކީ ދެ ޤައުމުގެ ދެ މެދުގައި ކުރިއަށް ގެންދެވޭ ފުރަތަމަ މަޝްވަރާ އެވެ.

ބުދަ ދުވަހު އީރާނުން ބުނެފައި ވަނީ އެމެރިކާއާ އެކު އެއްބަސްވުމަކާ ހަމައަށް ވާސިލުވެވިއްޖެ ނަމަ، އދ ގެ ނިއުކްލިއާ ވޮޗްޑޮގް އަދި އެމެރިކާ އަށް ނިއުކްލިއާ ފެސިޓީތައް ބަލައި ފާާސް ކުރުމުގެ ފުރުސަތު ދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، އީރާންގެ ނިއުކްލިއާ ތަންތަނަށް އިސްރާއީލް އިން ހަމަލާ ދިނުމަށް ތައްޔާރުވަމުން ދާ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.  

އީރާނާ ދެކޮޅަށް ހަނގުރާމަވެރި ފިޔަވަޅުތަކެއް އަލައި، ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އިސްރާއީލް ވަނީ މީގެ ކުރިންް ވެސް ދީފަ އެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް