Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

އެމެރިކާގެ އެހީގެ ޕްލޭނަކީ ވަސީލަތްތައް އިސްރާފު ކުރުން: ލަޒަރީނީ

ލަޒަރީނީ ވިދާޅުވި ގޮތުގައި، ޣައްޒާގައި މިހާރު ވެސް އެހީ ފޯރުކޮށްދިނުމާއި، އެހީ ބެހުމުގެ ޚަރުދަނާ ނިޒާމެއް ޤާއިމު ކުރެވިފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2025 | ބުދަ 08:22
އދ ގެ ފަލަސްޠީނު ރެފިއުޖީ އެޖެންސީގެ އިސްވެރިޔާ ފިލިޕް ލަޒަރީނީ

އދ ގެ ފަލަސްޠީނު ރެފިއުޖީ އެޖެންސީގެ އިސްވެރިޔާ ފިލިޕް ލަޒަރީނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، އެމެރިކާ އިން ހުށަހަޅަމުން އަންނަ އެހީގެ ޕްލޭނަކީ ވަސީލަތްތައް އިސްރާފު ކުރުމުގެ ކަމެއް ކަމަށް، އދ ގެ ފަލަސްޠީނު ރެފިއުޖީ އެޖެންސީގެ އިސްވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެއްޖެ އެވެ. 

ލަޒަރީނީ ވިދާޅުވީ ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް އެމެރިކާ އިން ތައާރަފު ކޮށްފައިވާ އައު ނިޒާމަކީ، ވަސީލަތްތައް އިސްރާފު ކުރުމުގެ ނިޒާމެއް ކަމަށެވެ. އަދި އެއީ އަނިޔާވެރިކަމުގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ބުދަ ދުވަހު ޖަޕާންގައި ހުންނަވާ ވާހަކަ ދައްކަވަމުން ލަޒަރީނީ ވިދާޅުވި ގޮތުގައި، ޣައްޒާގައި މިހާރު ވެސް އެހީ ފޯރުކޮށްދިނުމާއި، އެހީ ބެހުމުގެ ޚަރުދަނާ ނިޒާމެއް ޤާއިމު ކުރެވިފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. 

އެގޮތުން އޭނާ ފާހަގަ ކުރެއްވި ގޮތުގައި، އެ މަސައްކަތް ކުރަމުން އަންނަ އދ ގެ އެޖެންސީ ތަކަށް އެންމެ އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ކަމަށެވެ. 

އެމެރިކާގެ އެހީތެރިކަމާ އެކު ޤާއިމު ކުރެވުނު ޣައްޒާ ހިމުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން އެންމެ ފުރަތަމަ އެހީ ބެެހުމުގެ މަސައްކަތް ފެށީ އަންގާރަ ދުވަހު އެވެ. އެއީ ދެކުނު ޣައްޒާގެ އެހީ ބެހުމުގެ މަރުކަޒެއްގަ އެވެ. 

އެހެން ނަމަވެސް، އެހީ ބެހުމުގެ މަރުކަޒު ދޮަށަށް އެއް ފަހަރާ އެތައް ހާސް ބަޔަކު ޖަމާވުމުގެ ސަބަބުން، ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. 

ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އެތެރެ ކުރުމަށް އިސްރާއީލް އިން ދަތި ކުރަން ފަށާފައި ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެއީ ދެ ވަނަ ފަހަރަށް އަލުން ޣައްޒާ އަށް ހަމަލާތައް ދޭން ފެށުމުގެ ކުރިންނެވެ. އެހެން ނަމަވެސް މިހާރު އަންނަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. 

އައު ޖަމިއްޔާއެއް މެދުވެރިކޮށް އަންގާރަ ދުވަހު އެހީ ބެހުމުގެ މަސައްކަތް ފަށާފައިވާއިރު، އެކަމާ ގުޅިގެން އިސްރާއީލް އިން ބުނެފައި ވަނީ އެކަމުގެ އެންމެ ބޮޑު ބޭނުމަކީ ހަމާސް އަށް އެހީގެ ސާމާނު ނުލިބުން ކަށަވަރު ކުރުން ކަމަށެވެ. 

ނަމަވެސް، އިސްރާއީލް މެދުވެރިގެން އެހީ ބެހުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ވެސް ލަޒަރީނީ ފާޑު ވިދާޅުވެފައިެ އެވެ. ލަޒަރީނީ ވިދާޅުވީ އެ ނިޒާމުގެ ސަބަބުން، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީ ނުލިބި ހިނގައިދާނެ ކަމށެވެ. އަދި އެ ނިޒާމަކީ އިންސާނީ އެހީގެ އަސާސީ މިންގަނޑުތަކާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިވަގުތު ވެސް ޣައްޒާ އަށް ފޯރުކޮށްދެވެމުން އަންނަނީ، އެ ޤައުމުގެ ދެ މިލިއަން ރައްޔިތުންނަށް ބޭނުންވާ އެހީގެ މިންވަރަށް ވުރެ މަދު އަދަދެއް ކަމަށް ވެސް އެހީގެ ޖަމިއްޔާތަކުން ވަަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު