Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

އެމެރިކާގެ ހުށަހެޅުން ހަމާސް އިން ޤަބޫލުކުރިއިރު، އިސްރާާއީލް އިން ދެކޮޅު

27 މެއި 2025 | އަންގާރަ 03:46

ހަމާސްއާ ގާތް ގުޅުމެއް އޮންނަ ފަލަޞްޠީނުގެ އޮފިޝަލާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އެ ހުށަހެޅުމުގެ ދަށުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ 10 ރަހީނުން ދޫކޮށްލާނެ. އަދި 70 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދު ވެސް ކަނޑާލާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2025 | އަންގާރަ 03:46
ހަމަލާތަކުގެ ސަބަބުން ވީރާނާވެފައިވާ އިމާރާތެއްގެ ކައިރީގައި މީހުން ހަރަކާތްތެރި ވަނީ

ހަމަލާތަކުގެ ސަބަބުން ވީރާނާވެފައިވާ އިމާރާތެއްގެ ކައިރީގައި މީހުން ހަރަކާތްތެރި ވަނީ

ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުން ހަމާސް އިން ޤަބޫލު ކޮށްފައިވާ ކަމަށާއި، ނަަމަވެސް އެ ހުށަހެޅުމާ އިސްރާއީލް އިން ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ފަލަޞްޠީނުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފްގެ ފަރާތުން ހުށަހަޅާފައި އޮތް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން އަދި ރަހީނުން ދޫކޮށްލުމުގެ ހުށަހެޅުން ހަމާސް އިން ޤަބޫލު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެއީ އެމެރިކާގެ ހުށަހެޅުމެއް ނޫން ކަމަށް ބުނެ އިސްރާއީލް އިން ވަނީ އެ ހުށަހެޅުން ބަލައި ގަންނަން ދެކޮޅު ހަދާފައި ކަމަށް ވެސް އޮފިޝަލާ ހަވާލާދީ ބުނެފައި އެވެ. 

ހަމާސްއާ ގާތް ގުޅުމެއް އޮންނަ ފަލަޞްޠީނުގެ އޮފިޝަލާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އެ ހުށަހެޅުމުގެ ދަށުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ 10 ރަހީނުން ދޫކޮށްލާނެ އެވެ. އަދި 70 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދު ވެސް ކަނޑާލާނެ އެވެ.

މީގެ އިތުރުން ޣައްޒާގައި ހުރި އިސްރާއީލްގެ އަސްކަރީ ބާރުތަކާއި، ސިފައިން އަނބުރާ ގެންދިޔުމަށް ވެސް އެ ހުށަހެޅުމުގައި ބުނެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. 

އެހެން ނަމަވެސް، ހަމާސް އިން އެމެރިކާގެ ހުށަހެޅުން ޤަބޫލު ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވިކްޓޮފް ވަނީ ދޮގު ކުރައްވާ ފައެވެ. އޭނާ މީޑިއާ އަކަށް ވިދާޅުވެފައި ވަނީ، މިހާރު ފެނިފައި ވަނީ ޤަބޫލު ކުރަން ވެސް ދަތި ކަމެއް ކަމަށާއި، މިހާރު މަޝްވަރާ ކުރެވެމުން ދަނީ އޭނާ ހުށަހަޅާފައި އޮތް ހުށަހެޅުމާ އެއްގޮތް ހުށަހެޅުމެއް ނޫން ކަމަށެވެ. 

ދާދި ފަހުން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާންމު ކޮށްފައިވާ މެސެޖެއްގައި އޭނާ ބުނެފައި ވަނީ، ހަމާސްއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އާއި އަދި ރަހީނުން ދޫކޮށްލުމާ ގުޅޭ ކުރިއެރުންތަކެއް "މިއަދު ނުވަތަ މާދަމާ" އިއުލާން ކުރެވިގެން ދާނެ ކަމަށެވެ. 

ޖަނަވަރީ މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމާ ޚިލާފަށް، މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަނެއްކާ ވެސް ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ. އޭގެ ފަހުން މިހާތަނަށް ޣައްޒާ އިން ވަނީ 3700 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުވެފައި ކަމަށް އިދާރާ ތަކުން ވަނީ ހާމަކޮށްފަ އެވެ.  

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް