Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުހީ

ގާނޫނީ ގޮތުންވެސް، ޝަރުއީ ގޮތުންވެސް ރައީސް ޔާމީން އަޒުލުކުރުން ވާޖިބު!

26 އޯގަސްޓު 2017 | ހޮނިހިރު 18:43

ގާނޫނީ ހަމަތަކާ ހިލާފުވެއްޖެނަމަ އަޒުލު ކުރެވޭނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 26 އޯގަސްޓު 2017 | ހޮނިހިރު 18:43
ޑރ މަޖީދު ފަލަސުރުހީ ޕްރޮގްރާމުގައި

ޑރ މަޖީދު ފަލަސުރުހީ ޕްރޮގްރާމުގައި

ރައީސް އަބްދުﷲ ޔާމީން އަޒުލު ކުރުމަކީ ޝަރުއީ ގޮތުންވެސް ގާނޫނީ ގޮތުންވެސް ވާޖިބުވެފައިވާ ކަމެއް ކަަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަބްދުލް މަޖީިދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ މަޖީދު ވިދާޅުވީ، އިސްލާމް ދީނަކީ ނަސޭހަތުގެ ދީން ކަމަށްވާ އިރު އާންމުންނަށް ނަސޭހަތް ދިނުމާއި ވެރިންނަށް ނަސޭހަތް ދިނުންވެސް ހިމެނޭ ކަމަށެވެ. އަދި ފަރުދީގޮތުން މަސްއޫލިއްތު އަދާކުރުމުގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީސް މެންބަރުން ހަަރަކާތްތެރިވެ އިސްކޮށް މަސައްކަތް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއެއް އެއީ، ވެރިޔަކަށް ހުންނަ މީހަކު ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރަމުންދާތީ އެބޭފުޅާ އަޒުލުކުރުން. އިސްލާމީ އިލްމުވެރިންގެ އަމަލުތަކުންވެސް އެނގޭ ގޮތުގައި މިހާތަލަށް ދިއާއިމަ ރައީސް އަޒުލުކުރުން." ޑރ މަޖީދު ވިދާޅުވި އެވެ.

ވެރިޔާ އަޒުލު ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަންޖެހޭކަން ފާހަގަކުރައްވާ މަޖީދު ވިދާޅުވީ، މިކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހިތްވަރުދޭންޖެހޭނީ އާންމު ރައްޔިތުން ކަމަށެވެ.

" އަޒުލުކުރަން ހަމަޖެހޭނެ، ގާނޫނީ ގޮތުންވެސް، ޝަރުއީ ގޮތުންވެސް އެކަންކުރަންޖެހޭނެ." މަޖީދު ވިދާޅުވި އެވެ.

ކީރިތި ރަސޫލާގެ ސުންނަތުން މިސާލު ޖައްސަވާ މަޖީދު ވިދާޅުވީ، އަނިޔާވެރިއަކަށް އެއީ އަނިޔާވެރިއެކޭ ބުނުމަށް ފަސް ޖެހޭ ކަމުގައިވާ ނަމަ، އެމީހަކަށް ﷲގެ މަދަދެއް ނޯންނާނެ ކަމަށް ރަސޫލާ ހަދީޘް ކުރައްވާފައިވާ ކަމަށެވެ. އަދި އެފަދަ ބައެއް ﷲ އާއި އެކު ނުވާ ކަމަށް ރަސޫލާ ހަދީޡްކުރެއްވި ކަަމަށް މަޖީދު ވިދާޅުވި އެވެ.

މަޖީދު ވިދާޅުވީ ކިތަންމެ ވަރަކަށް ތައުބާވެ، ހެޔޮއަމަލުތައް ކުރި ނަމަވެސް، މީހެއްގެ ހައްގަކަށް އަރައިގަނެފައިވާ ފާފައެއް ފުހެވިގެންދާނީ، އެހައްގަކަށް އަރައިގަނެވުނު މީހަކު މައާފު ކުރުމުން ކަމަށެވެ. އެގޮތުން ހައްޖަށް ދިޔައަސް ރޯދަ ހިފިޔަސް، ދަމު ނަމާދު ކުރި ނަމަވެސް އެކަން ﷲ ފުއްސަވާ ނުދެއްވާނެ ކަަމަށް މަޖީދު ވިދާޅުވި އެވެ.

އިސްލާމީ ޝަރީއަތުގައި ވެރިން އަޒުލުކުރުން ގާނޫނީ ހަމަތަކުގެ މަތިން ކުރުމަށް ހުރަސްނާޅާ ކަމަށާއި ވެރިޔަކަށް ހުންނަ މީހަކު ހުވަޔާ ހިލާފަށް ކަންކަން ކުރަން ފަށައިފި ކަމުގައިވާ ނަމަ ވެރިންނަށް ނަސޭހަތް ދިނުމަކީ އޮންނަކަމެއް ކަމަށެވެ. އަދި ވެރިޔަކަށް ހުންނަ މީހަކު ނަސޭހަތް ގަބޫލު ނުކޮށް އިންސާފުން ބޭރުން ކަންކަން ކުރަމުންދާ ނަމަ، ރާއްޖޭގެ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ ދަށުން ވެރިޔަކަށް ހުންނަ މީހަކާ މެދު ފިޔަވަޅު އެޅުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޑރ މަޖީދު ވިދާޅުވި އެވެ.އަދި އެކަމަކީ ބަޣާވާތަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް