Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އައު ޖަމިއްޔާއަކުން މަސައްކަތް ފަށަނީ

އެހެން ނަމަވެސް، މި އައު ޖަމިއްޔާގައި އެއްވެސް ކަހަލަ މިނިވަން ކަމެއް ނެތް ކަމަަށް ބުނެ، އެ ޖަމިއްޔާގެ ޑިރެކްޓަރު އިސްތިއުފާ ދެއްވާފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މެއި 2025 | ހޯމަ 06:34
ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު އުފުލާ އުޅަނދުތަކެއް

ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު އުފުލާ އުޅަނދުތަކެއް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އައު ޖަމިއްޔާއަކުން ފަށާ ކަމަށް ބުނެފި އެވެެ.

އެމެރިކާ އާއި އިސްރާއީލްގެ އެހީތެރިކަމާ އެކު، ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް، "ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން" އިން ހޯމަ ދުވަހު ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ. 

މި އައު ޖަމިއްޔާ އިން ކުރިއަށް އޮތް ހަފުތާ ތަކުގެ ތެރޭގައި ޣައްޒާގެ މުޅި އާބާދީ އަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް، އެ ޖަމިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް، މި އައު ޖަމިއްޔާގައި އެއްވެސް ކަހަލަ މިނިވަން ކަމެއް ނެތް ކަމަަށް ބުނެ، އެ ޖަމިއްޔާގެ ޑިރެކްޓަރު އިސްތިއުފާ ދެއްވާފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި ލާއިންސާނީ އަމަލުތަކުގެ ސަބަބުން، މުޅި ޣައްޒާގެ އެތައް ލައްކަ ރައްޔިތުންނެއް ހާލުގައި ޖެހި، އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި އެ ޖަމިއްޔާ އިން މަސައްކަތް ފެށުމަކީ ރަނގަޅު އަދި މުހިންމު ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. 

ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އަދި އެ ނޫން ވެސް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ގޮތުގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، އެ މަސައްކަތުން ޣައްޒާގެ އިންސާނީ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރެވޭނެ ކަަމަށް ބެލެވޭ ކަމުގައި ވެސް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. 

މާޗު މަހުގެ ތެރޭގައި އަލުން ހަމަލާތައް ދޭން ފެށުމުގެ ކުރިން އިސްރާއީލް އިން ވަނީ ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައިފަ އެވެ. އެކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވި އެވެ.

އެހެން ނަމަވެސް، މި ފަހުން ވަނީ އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ ހުއްދަ ކޮންމެ ވެސް މިންވަރެއްގައި ދީފަ އެވެ. އެއާއެކު ޣައްޒާ އަށް ބޭނުންވާ ސާފު ބޯފެނާއި، ކާބޯ ތަކެތީގެ އިންސާނީ އެހީ ވެއްދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެހީ ފޯރުކޮށްދެމުން އަންނަ ޖަމިއްޔާތަކުން ބުނެފައިވާ ގޮތުގައި މިވަގުތު ޣައްޒާ އަށް ވަންނަމުން އަންނަ އެހީ އަކީ، ޣައްޒާގެ ދެ މިލިއަން ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވުރެ މަދު އަދަދެއް ކަމަށެވެ. 

ގިނަ ދުވަސް ތަކަކަށް ފަހު ޣައްޒާ އަށް އިންސާނީ އެހީ ވެއްދުމުގެ މަސައްކަތް އަލުން ފެށިއިރު، އެހީގެ ޓްރަކްތައް ލޫޓުވުމުގެ ހާދިސާތަކެއް ވެސް ވަނީ ހިނގައިފަ އެވެ. 

އެހީ ފޯރުކޮށްދޭ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ކާބޯ ތަކެތީގެ ދަތިކަމާ ހުރެ އިތުރު އެހީ ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުގެ ސަބަބުން އެ ފަދަ ހާދިސާތައް ހިނގަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
05 އެޕްރީލު 2017

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު