Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުމްނު އާއިލާގެ ފަރާތުން ފޮނުވި ސިޓީ

ފުލުހުން ޔުމްނުއާ ރަސްމީކޮށް ބައްދަލުކުރާކަށް ނޭދޭ އެދުނީ އަމިއްލަ ގޮތުން ބައްދަލުކުރަން: ޔުމްނުގެ އާއިލާ

24 މެއި 2025 | ހޮނިހިރު 12:25

ބަޔާނުގައިވަނީ ދޮގު މައުލޫމާތު ކަމަށާއި އެ ބަޔާނަކީ ކަން ހިނގި ގޮތާ ޚިލާފަށް މައުލޫމާތު ދީފައިވާ ބަޔާނެއް ކަމަށް ޔުމްނުގެ އާއިލާއިން ބުނެފި

އަލީ ޝާހީން
އަލީ ޝާހީން | 24 މެއި 2025 | ހޮނިހިރު 12:25
ހ.ފެންޓޮނޯއީ

ހ.ފެންޓޮނޯއީ

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝިދު (21އ)ގެ މައްސަލައިގައި ތަހުގީގަށް އޭނާގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ނެރުނު ބަޔާނުގައިވަނީ ދޮގު މައުލޫމާތު ކަމަށާއި އެ ބަޔާނަކީ ކަން ހިނގި ގޮތާ ޚިލާފަށް މައުލޫމާތު ދީފައިވާ ބަޔާނެއް ކަމަށް ޔުމްނުގެ އާއިލާއިން ބުނެފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އޭނާއާ ސުވާލު ކުރުމުގެ ފުރުސަތު ފުލުހުންނަށް އާއިލާގެ ފަރާތުން ފަހިކޮށްދީފައި ނުވާތީ، މެލޭޝިއާގެ ފުލުހުން މެދުވެރިކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފަ އެވެ.

Advertisement - newsAdvertisement

ފުލުހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނާއި ގުޅިގެން ޔުމްނުގެ އާއިލާގެ ފަރާތުން އެކްޓިންގ ޕޮލިސް ކޮމިޝަނަރ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރ އިސްމާއިލް ނަވީންއަށް މިއަދު ވަނީ ސިޓީ އެއް ފޮނުވާފަ އެވެ.

އެ ސިޓީގައި ވަނީ، ތަހުގީގަށް އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ނެރުނު ބަޔާނުގައި، ކަންކަން ބަޔާންކޮށްފައި ވަނީ ކަން ހިނގައިފައިވާ ގޮތާ ޚިލާފަށް ކަމަށެވެ. އެގޮތުން ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ކަނޑައެޅިގެން ހަގީގަތާ ޚިލާފު މައުލޫމާތު ދީފައިވާ ކަމަށް އެ އާއިލާއިން ތުހުމަތުކުރިއެވެ. އަދި އޭނާ އަމިއްލައަށް ވެއްޓުނީ ކަމަށް ބުނެ ނޫސްވެރިންގެ ބައްދަލުވެއްގައި ބަޔާންދިނީ މައްސަލަ ތަހުގީގު ކުުރުމަކާ ނުލައި ކަމަށާއި އެގޮތަށް ފުލުހުން އަމަލުކޮށްފައިވަނީ ވަކި މަގުސަދެއްގައި ކަމަށް އާއިލާގެ ފަރާތުން ދެކޭ ކަމަށް ސިޓީގައިވެއެވެ.

މީގެ އިތުރުން، ތަހުގީގަށް އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން، އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އާއިލާއަށް ނެތް ކަމަށް އެސިޓިގައިވެއެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ތަބާވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް ޔުމްނުގެ އާއިލާގެ ފަރާތުން ހުރަސް ނާޅާނެ ކަމަށާއި މިހާތަނަށް ވެސް އެފަދަ ހުރަހެއް ކުރިމަތިކޮށްފައި ނުވާނެ ކަމަށްވެސް އެ ސިޓީގައިވެއެވެ.

ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވީ ނަމަވެސް، އެފަދަ މައުލޫމާތެއް ހޯދަން ފުލުހުން އެދިފައި ނުވާ ކަމަށް ވެސް ޔުމްނުގެ އާއިލާ އިން ވަނީ ބުނެފައެވެ.

އާއިލާއިން ބުނީ މިވަގުތު އެންމެ ބޮޑު މަސްލަހަތެއް އޮތީ ޔުމްނުއަށް އެކަށީގެންވާ ފަރުވާ ލިބިދީ، އޭނާ އަށް އިންސާފު ހޯދަން މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެކަމުގައި ފުލުހުންނަށް ދޭންޖެހޭ އެއްބާރުލުން ގާނޫނާއި ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން މަސައްކަތްކުރަނީ ޔުމްނުއަށް އިންސާފު ލިބުނަ ނުދޭން ކަމަށް އާއިލާއިން ވަނީ މީގެކުރިން ބުނެފައެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގައި އެއްވެސް ގޯހެއް ފާހަގަނުވާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިފަހުން ވިދާޅުވެފައި ވެއެވެ. އަދި ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށާއި، ފުލުހުން އާންމުކުރި ސީސީޓީވީއަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވެއެވެ.

އޭގެ އިތުރުން ތަހުގީގު ހިނގާ ގޮތާއިމެދު ނުރުހުން ފާޅުކޮށް އެތަހުގީގަށް ސަރުކާރުގެ އިސްބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުންވަނީ މުޒާހަރާތަކެއް ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް