Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާއަށް އެހީގެ ސާމާނު ވައްދަން ފަށައިފި

އިސްރާއީލުން މާޗް މަހު ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން ހުއްޓުވާފައިވަނީ ހަމާސްގެ ހަނގުރާމަވެރިން އެހީތައް އަތުލައިގަންނަ ކަމަށް ބުނެއެވެ. ނަމަވެސް ހަމާސް ޖަމާއަތުން މި ވާހަކަތައް ދޮގުކުރެއެވެ. ޣައްޒާގެ 2.3 މިލިއަން މީހުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ އޮތް ކަމަށް އދ އިން މީގެ ކުރިން ވަނީ އިންޒާރު ދީފައެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 މެއި 2025 | ހުކުރު 08:40
ޣައްޒާގެ ކުޑަކުދިންތަކެއް ވަގުތީ ޓެންޓެއްގައި ތިބެގެން ކަނީ

ޣައްޒާގެ ކުޑަކުދިންތަކެއް ވަގުތީ ޓެންޓެއްގައި ތިބެގެން ކަނީ

ބުރާސްފަތި ދުވަހު ޣައްޒާގެ އެންމެ ނާޒުކު ބައެއް ސަރަހައްދުތަކަށް ފުށާއި އެހެނިހެން އެހީތައް ފޯރުކޮށްދޭން ފެށި ނަމަވެސް 11 ހަފްތާގެ ބްލޮކޭޑެއްގެ ސަބަބުން ކުރިމަތިވި ދަތިތައް ފުއްދައިދޭ ވަރަށް އެހީތައް ލިބިފައި ނުވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެފިއެވެ.

އެހީގެ ޓްރަކްތައް ޣައްޒާއަށް ވަނުމުގެ ހުއްދަ ޔަހޫދީ އިސްތިއުމާރީ ދައުލަތުން ދީފައިވަނީ ޣައްޒާ އަށް އިންސާނީ އެހީތެރިކަން އިންތިހާ އަށް ބޭނުންވެ، ބުދަ ދުވަހު ޣައްޒާ އަށް 90 އެހީގެ ޓްރަކް ފޮނުވާފައިވާ ކަމަށް އދ އިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އަލް އަރަބިޔާގައި ރިޕޯޓްކޮށްފައިވާ ގޮތުން، އެހެން ގިނަ ޓްރަކްތަކެއް އަދިވެސް ބޯޑަރުން ބޭރުގައި ހުރަސް ނުކުރެވި އެބަތިއްބެވެ. އަދި އެހީގެ ޓްރަކްތައް ލޫޓުވާފާނެކަމުގެ ބިރު އޮބައޮތް ކަމަށް ފަލަސްތީނުގެ ރެޑްކްރެސެންޓުން ވަނީ އިންޒާރުދީފައެވެ.

ބައިނަލްއަގްވާމީ ޕްރެޝަރު ބޮޑުވެ އެންމެ ފަހުން އިސްރާއިލުން ބުނެފައިވަނީ 100 އެހީގެ ޓްރަކަށް ވަނުމުގެ ހުއްދަ ދޭނެ ކަމަށާއި، މައިގަނޑު ގޮތެއްގައި ހިމެނޭނީ ކުޑަކުދިންނަށްދޭ ކާނާއާއި ސިއްހީ އާލަތްތައް ކަމަށެވެ.

ޣައްޒާގެ ބޭކަރީއެއްގައި މަސައްކަތް ކުރަމުންދާ އަހުމަދު އަލް ބަންނަ ބުނީ އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމުގެ ފަރާތުން ފުށް ލިބެން ފެށުމާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ. ޣައްޒާގެ ދެކުނުގައި ހުރި ބެކެރީތަކުން ޕާނާއި އެހެނިހެން ތަކެތި އުފައްދަން ފެށީ ދެ މަސް ދުވަސް ވަންދެން އެތަންތަން ބަންދުކޮށްފައި ހުރުމަށްފަހު ކަމަށްވެސް އޭނާ ބުންޏެވެ. އަދުި އިރާދަކުރެއްވިއްޔާ ޣައްޒާގެ އުތުރުގެ ބެކެރީތަކުން ވަރަށް އަވަހަށް އަލުން މަސައްކަތް ފަށާނެ ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލުން މާޗް މަހު ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން ހުއްޓުވާފައިވަނީ ހަމާސްގެ ހަނގުރާމަވެރިން އެހީތައް އަތުލައިގަންނަ ކަމަށް ބުނެއެވެ. ނަމަވެސް ހަމާސް ޖަމާއަތުން މި ވާހަކަތައް ދޮގުކުރެއެވެ. ޣައްޒާގެ 2.3 މިލިއަން މީހުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ އޮތް ކަމަށް އދ އިން މީގެ ކުރިން ވަނީ އިންޒާރު ދީފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓަރު ވިދާޅުވީ ޣައްޒާގައި ފާއިތުވި ދުވަސްތަކުގައި ބަނޑުހައިހޫނުކަމާ ގުޅުން ހުރި ސަބަބުތަކާހުރެ 29 ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ޝަހީދުވެފައިވާ ކަމަށާއި އިތުރު އެތައް ހާސް ބަޔަކު ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ.

އިސްރާއީލުން ވަނީ ޣައްޒާގައި އެހީގެ ކޮންޓްރޯލްތައް ތަކުރާރުކޮށް ދިފާއުކޮށް، އެހީދޭ ޖަމާއަތްތަކުން ދޭ ރިޕޯޓްތަކަކީ ބޮޑުކޮށްގެން ދައްކާ ވާހަކަތަކެއް ކަމަށް ބުނެ، ބަނޑުހައިހޫނުކަން ކުރިމަތިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ނޮން ގަވަރމަންޓަލް އޮގަނައިޒޭޝަންސް ނެޓްވޯކްގެ ޑިރެކްޓަރު އަމްޖަދު އަލް ޝަވާ ރޮއިޓާސްއަށް ވިދާޅުވީ ރޮށި ބެހުމުގެ މަސައްކަތް ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައި ކަމަށެވެ. އޭނާ ބުނީ ދޫދިން ފަހުން ވަދެފައިވަނީ އެންމެ 90 ޓްރަކް ކަމަށާއި، ހަނގުރާ މެދުކަނޑާލާފައި އޮތް އިރު ކޮންމެ ދުވަހަކު 600 އެހީގެ ޓްރަކް ވަތް ކަމަށެވެ.

ޑަބްލިއުއެފްޕީގެ ތާއީދު އޮންނަ ބެކެރީތަކުން ރޮށި ފިހެ، އެޖެންސީގެ މުވައްޒަފުން އެ ރޮށި ބަހާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިއާ ހިލާފަށް މިފަހަރު ކަންކަން ކުރިއަށްގެންދާނީ ވަކި ސިސްޓަމެއްގެ ތެރެއިން ކަމަށެވެ.

ފަލަސްތީނުގެ ރެޑްކްރެސެންޓްގެ ރައީސް ޔޫނިސް އަލް ޚަތިބު ވިދާޅުވީ ކަރެމް ޝަލޮމްގެ ބޯޑަރުގައި އަދިވެސް ގިނަ ޓްރަކްތަކެއް ހުރި ކަމަށާއި އެ ޓްރަކްތައް ވަދެގެން އަންނަ އިރު ހަމަނުޖެހުމާއި ލޫޓުވުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

ރެޑްކްރޮސްގެ ބައިނަލްއަގްވާމީ ކޮމިޓީން ބުނީ ރަފަހުގައި ހުންނަ ފީލްޑް ހޮސްޕިޓަލް ފުރިހަމަ ކުރުމަށް އެއް ޓްރަކްގެ މެޑިކަލް ސާމާނު ފޮނުވި ނަމަވެސް އިތުރަށް ސާމާނު ބޭނުންވާ ކަމަށެވެ.

ހަމާސްގެ އަސްކަރީ އަދި ވެރިކަން ކުރުމުގެ ގާބިލްކަން ނައްތާލައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަތުލައިގަތް ބާކީ ތިބި ރަހީނުން އަނބުރާ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އިސްރާއިލުން ވަނީ މެއި މަހުގެ ކުރީކޮޅު ޣައްޒާގައި ކުރަމުންދާ އަސްކަރީ އޮޕަރޭޝަން ވަރުގަދަކޮށްފަ އެވެ.

އިސްރާއީލުގެ އެތެރޭގައި ހަރުކަށި ފިޔަވަޅު އެޅުމަށް ކުރާ ޕްރެޝަރު އިތުރުވުން އެކަށީގެންވަނީ ބުދަ ދުވަހުގެ ރޭ ވޮޝިންޓަންގައި އިސްރާއީލުގެ އެމްބަސީގެ ދެ މުވައްޒަފަކު ބަޑިޖަހާ މަރާލުމާއި ގުޅިގެންނެވެ.

ބުރާސްފަތި ދުވަހު އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގައި މުޅި ޣައްޒާގައި ފަލަސްތީނުގެ 50 މީހުން ޝަހީދުވެފައިވާ ކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ.

މި ރިޕޯޓްތަކާ ގުޅޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާގެ ފަރާތުން އެއްވެސް ބަހެއް ނުބުނެ އެވެ. އެގޮތުން އާންމުންނަށް ގެއްލުން ނުދޭން މަސައްކަތްކުރާ ކަމަށާއި ހަނގުރާމަވެރިންނަށް އަމާޒުކުރާ ކަމަށް ތަކުރާރުކޮށް ބުނަމުންދާ ވާހަކަ އިސްރާއިލުން ވަނީ ތަކުރާރުކޮށްފައެވެ.

ޣައްޒާގެ އުތުރު ފަރާތުގައި އޮންނަ ބައިތް ލާހިޔާގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލް ތެރޭގައި ހުރި ބޭސް ގުދަނެއްގައި ޓޭންކަރަކުން ފޮނުވާލި ހަމަލާއެއްގައި އަލިފާން ރޯވި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. ހޮސްޕިޓަލުގެ ބޭރުގައި ޓޭންކްތައް ބަހައްޓާފައި ހުރުމުން، އެ ފެސިލިޓީއަށް ވަނުމަށް ދަތިތައް ދިމާވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ.

އިސްރާއީލުން ތަކުރާރުކޮށް އަސްކަރީ ހަމަލާތަކާއި ރޭޑްތަކާއި ސިއްހީ ސާމާނު އެތެރެކުރުން މަނާކުރުމުގެ ސަބަބުން ޣައްޒާގެ ސިއްހީ ހިދުމަތްތައް ކިރިޔާ ހިނގަމުން އަންނައިރު، ގިނަ މެޑިކަލް ފެސިލިޓީތައް ހުރީ ހުއްޓިފައެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުދަ ދުވަހު ވިދާޅުވީ ހަމާސް އިސްވެ އޮވެ ރަހީނުކޮށްފައިވާ މީހުން އަނބުރާ ގެނައުމަށް އިސްރާއީލުން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ހުޅުވާލާނެ ކަމަށެވެ. އެކަމަކު އެމީހުން އަނބުރާ ނުގެންދެވިއްޖެ ނަމަ ޣައްޒާގެ މުޅިން ކޮންޓްރޯލް ހޯދުމަށް އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަތަންޔާހޫ ގެންދަވަނީ ހަނގުރާމަ ހުއްޓާނުލާ ކުރިއަށްގެންދިއުމަށް ބާރުއަޅުއްވަމުންނެވެ. އަދި ހަމާސްގެ އިސް އޮފިޝަލެއްކަމަށްވާ ސާމީ އަބް ޒުހުރީ ނަތަންޔާހޫގެ ވާހަކަތަކަށް ރައްދު ދެއްވާ ވިދާޅުވީ ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމު ދާއިމީ ގޮތެއްގައި ނުހުއްޓުވޭނަމަ އެއްވެސް އެއްބަސްވުމެއްގެ އަގެއް ނެތް ކަމަށެވެ.

އިސްރާއިލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 53،600 ށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް އޯވަރޯލް މެޖޯރިޓީ ގެއްލޭނެ ކަމަށް ބެލެވެން ފަށައިފި

އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް އޯވަރޯލް މެޖޯރިޓީ ގެއްލޭނެ ކަމަށް ބެލެވެން ފަށައިފި

09 ޖޫން 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި

21 މެއި 2017
ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

03 މެއި 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު