Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުން

ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމުގެ ބޭނުމަކީ ބަޔަކު ކުށްވެރިކޮށް، ފިޔަވަޅު އެޅުމެއް ނޫން. ބޭނުމަކީ ހޭލުންތެރިކަން އިތުރުކުރުމަށް: ރައީސް

21 މެއި 2025 | ބުދަ 12:41

'ޖެނެރޭޝަނަލް ބޭން'ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް އަންނަ ނޮވެންބަރުން ފެށިގެން ސިނގިރޭޓު މަނާ ކުރާ ބިލު ރައީސް ތަސްދީގުކުރެއްވީ ބުދަ ދުވަހު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 21 މެއި 2025 | ބުދަ 12:41
ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރުން

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރުން

ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމުގެ ބޭނުމަކީ ބަޔަކު ކުށްވެރިކޮށް، ފިޔަވަޅު އެޅުން ނޫންކަމަށާއި ބޭނުމަކީ މުޖުތަމައު އަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

'ޖެނެރޭޝަނަލް ބޭން'ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް އަންނަ ނޮވެންބަރުން ފެށިގެން ސިނގިރޭޓު މަނާ ކުރާ ބިލު ބުދަ ދުވަހު ރައީސް ވަނީ ތަސްދީގުކުރައްވާފައެވެ.

Advertisement - newsAdvertisement

މީގެ ކުރިންވެސް ރާއްޖޭގައި ދުންފަތާއި ގުޅިގެން ހެދިފައި ހުރި ގާނޫނުތަކާއި ގަވައިދުތައް އެބަހުއްޓެވެ. އެހެން ނަމަވެސް އެކަށިގެންވާ މިންވަރަކަށް އެ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒުނުކުރެވޭކަން ފާހަކަކޮށްލެވެއެވެ. ރައީސް ބުދަ ދުވަހު ތަސްދީގުކުރެއްވި މި ގާނޫނާއި މެދުވެސް ގިނަ ބަޔަކު ސުވާލުއުފައްދަމުން އަންނައިރު، އެފަރާތްތަކުން ބުނަމުންދަނީ މި ގާނޫނަށް ވެސް އަމަލުނުކުރެވޭނޭ ކަމަށެވެ.

މިކަމާއި ގުޅުވައި އެ ބިލު ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ތަންފީޒީ އިދާރާތައް ކިތަންމެ ވަރުގަދަ ކުރިޔަސް އަބަދުވެސް ކުށްކުރާ ބަޔަކު ތިބޭނެ ކަމަށެވެ. އެހެންވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ފުލުހުންނާއި ކަސްޓަމްސް މިހާރަށް ވުރެ ހަރުދަނާކުރުމުގެ ކަންކަން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އަންނަ އަހަރަށް ބަޖެޓު ހަދާއިރު ވެސް، އެ އިދާރާތަކުން މަސައްކަތްތައް ތަންފީޒުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހިމަނަން ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭނުމަކީ ފިޔަވަޅު އެޅުމެއް ނޫން. ބަޔަކު ކުށްވެރިކުރުމެއް ވެސް ނޫން. އަޅުގަނޑު ބޭނުންވަނީ މުޖުތަމައު ހޭލުންތެރިކުރަން. ހޭލުންތެރިކަމަށް ވެސް ވަރަށް ބޮޑު ޚަރަދެއް ކުރާނަން. ޕަބްލިކް އެވެއާނަސްއަށް އެންމެ ބޮޑު ޚަރަދެއް ކުރާނީ
ރައީސް ޑރ. މުޙައްމަދު މުއިއްޒު

އޭގެއިތުރުން، މި ޖީލަށް ދުންފަތް މަނާކޮށް، ބިލު ތަންފީޒުކުރަން ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތަކަށް ބޮޑު އިންސައްތައެއް ޚަރަދުކުރާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭނުންވަނީ ކިތެންމެ ބޮޑު އިންސައްތައެއް މިކަމަށް ޚަރަދުކޮށްގެން ނަމަވެސް ދުންފަތާ ދުރުވުމަށް ހިތްވަރުދީގެން އެކަމާ އަމިއްލައަށް ދުރުވުމަށް މަސައްކަތް ކޮށްދިނުން ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަން ބޭނުންނުވިއަސް އިސްތިސްނާ ހާލަތްތަކުގައި އެކަން ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ، ދުންފަތުގެ ދާއިރާއިން އާމްދަނީ ހޯދަން ވިސްނާފައި ނެތް ކަމަށާއި މި ދާއިރާއިން ލިބޭ އާމްދަނީ ޚަރަދުކުރާނީ ސިއްހީ ދާއިރާ ތަރައްގީކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ ރަނގަޅީ ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ އެއްވެސް ކަމެއް ނުހިނގިއްޔާ ކަމަށާއި އެފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކުން އެކަން ދޫކޮށް، އެހެން ވިޔަފާރިތަކަށް ބަދަލުވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ދުންފަތުގެ މި މައްސަލައަށް ހައްލެއް ލިބޭނީ މުޅި މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށާއި އެގޮތަށް މަސައްކަތް ކޮށްފިނަމަ ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށް ރައީސް ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭބެހުން ވަނީ މަނާކޮށްފައެވެ. ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށްފައި ވަނީ ވެސް އެ ފިޔަވަޅުތަކުގެ ދަށުންނެވެ.

ޖެނެރޭޝަނަލް ބޭން އެއް ގެނައުމުގެ ގޮތުން ގާނޫނަށް ގެނައި މި އިސްލާހާއެކު އަންނާނެ ބަދަލުތަކުގެ ތެރޭގައި 1 ޖެނުއަރީ 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެ އެވެ.

އަދި ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން ވެސް މި ގާނޫނުގެ ދަށުން މަނާވާނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
03 މާރިޗު 2017

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

ސިންގަޕޫރުގެ ޑީބީއެސް ބޭންކަށް ސޮވެރިން ބޮންޑް ވިއްކަނީ

01 ފެބުރުއަރީ 2017
ސިންގަޕޫރުގެ ޑީބީއެސް ބޭންކަށް ސޮވެރިން ބޮންޑް ވިއްކަނީ
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް