Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫ އިގްތިސާދުގެ އަސާސްތައް ނަގަހެއްޓުން

ނޫ އިގްތިސާދުގެ އަސާސްތައް ނަގަހައްޓާ، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަޞީލަތްތައް އިސްލާހު ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

21 މެއި 2025 | ބުދަ 09:41

ކަނޑުގެ އޮޔަށް ބަދަލު އައުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ވަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 21 މެއި 2025 | ބުދަ 09:41
ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު ވާހަކަފުޅު ދައްކަވަނީ

ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު ވާހަކަފުޅު ދައްކަވަނީ

ކަނޑުގެ ނަސްލުތައް ދެމެހެއްޓުމާއި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަސީލަތްތައް އިސްލާހު ކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު ދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕެސިފިކް ފޯރަމުން ކުރިއަށް ގެންދިޔަ ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމް (އެޗް.އައި.އެފް) ގައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ނައިބު ރައީސްގެ ވާހަަކަފުޅުގައި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އިންޑޯ-ޕެސިފިކް ސަރަހައްދުގައި، ޕެސިފިކް ފޯރަމުން ކޮށްފައިވާ މަސައްކަތްތަކަށް ވަނީ ތައުރީފްކުރައްވާފައެވެ. އަދި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި، ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެެވެ. ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ދިރުމަށް ބަރޯސާވެފައިވާ ގައުމަކަށްވުމުން، ގައު ހުދުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، އަދި ކަނޑުގެ އޮޔަށް ބަދަލު އައުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން، ނޫއިގްތިސާދެއް ކުރިއަރުވައި، މަސްވެރިކަމާއި، ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، ކަނޑުގެ ސަރަހައްދުތައް މެނޭޖްކުރުމަކީ ރާއްޖެއިން އަބަދުވެސް އެކަމަކަށް ވަކާލާތުކުރަމުންދާނޭ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މިފަދަ މަޝްރޫއުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ބޭނުންވާ މަޝްރޫއުތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ނައިބު ރައީސް ވަނީ، ޖީ.ޑީ.ޕީ. އަށް ބަރޯސާވެގެން އެކަށައަޅާ މާލީ އެހީތެރިކަމުގެ ވަސީލަތްތައް މުރާޖައާކުރުމަށް ގޮވާލައްވާފައެވެ. އަދި، ތަރައްގީވަމުން އަންނަ، ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކު ހާލަތު ވަޒަންކޮށް، އެހާލަތްތަކުގެ މައްޗަށް އެކުލަވާލެވޭ އޮނިގަނޑަކަށް މާލީ ވަސީލަތްތައް ބަދަލުކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. އަދި، ކޮންސެޝެނަލް އިންސްޓްރޫމަންޓާއި ދަރަނި ލުއިކޮށްދޭ ވަސީލަތްތަަކަށް އަމާޒު ބަދަލުކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ނޫއިގްތިސާދާއި ކްލައިމެޓް ފައިނޭންސިންގގެ މައްޗަށް ބައްލަވާލައްވައި، ގައުމުތަކުގެ ކުރިމަގާއި، ގައުމިއްޔަތު ދެމެހެއްޓުމާއި، ވިލުންވެރި ކުރިމަގެއް ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުންނެވެ.

ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމަކީ މަހަކު އެއް ފަހަރު ބާއްވާ ފޯރަމެކެވެ. އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ސިޔާސީ، އިގްތިސާދީ އަދި ސަލާމަތީ މައްސަލަތަކަށް ހައްލު ހޯދުމަށް ބާއްވާ މި ފޯރަމްގައި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތައް ބައިވެރިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2019

މޫސުމީ ބަދަލުތަކާއި ދެކޮޅަށް ޗައިނާއިން ކުރާ މަސައްކަތަށް ޝާހިދުގެ ތައުރީފް

25 ސެޕްޓެމްބަރު 2019
މޫސުމީ ބަދަލުތަކާއި ދެކޮޅަށް ޗައިނާއިން ކުރާ މަސައްކަތަށް ޝާހިދުގެ ތައުރީފް
20 ސެޕްޓެމްބަރު 2019

މޫސުމަށް އަންނަ ބަދަލުތަކަށް ޤުދުރަތީ ގޮތުން ގެނެވެން ހުރި ހައްލުތަކަށްވެސް އިސްކަންދޭންޖެހޭ: ރައީސް ނަޝީދު

20 ސެޕްޓެމްބަރު 2019
މޫސުމަށް އަންނަ ބަދަލުތަކަށް ޤުދުރަތީ ގޮތުން ގެނެވެން ހުރި ހައްލުތަކަށްވެސް އިސްކަންދޭންޖެހޭ: ރައީސް ނަޝީދު
15 ސެޕްޓެމްބަރު 2019

ސަރުކާރުން ޑިމޮކްރަސީ ނަގަހައްޓާނެ ކަމުގެ ޔަގީންކަން އެބައޮތް: އެމްއާރްއެމް

15 ސެޕްޓެމްބަރު 2019
ސަރުކާރުން ޑިމޮކްރަސީ ނަގަހައްޓާނެ ކަމުގެ ޔަގީންކަން އެބައޮތް: އެމްއާރްއެމް
17 ފެބުރުއަރީ 2019

މޫސުމީ ބަދަލުތަކުގެ މައްސަލައިގައި އިންސާނީ މަސްލަހަތަށް އިސްކަންދޭން ޖެހޭ: ޝާހިދު

17 ފެބުރުއަރީ 2019
މޫސުމީ ބަދަލުތަކުގެ މައްސަލައިގައި އިންސާނީ މަސްލަހަތަށް އިސްކަންދޭން ޖެހޭ: ޝާހިދު
25 ޖެނުއަރީ 2019

މޫސުމީ ބަދަލުތަކަށް ހައްލެއް ބޭނުން، ދެން މަޑުކުރެވޭކަށެއް ނެތް: ޝާހިދު

25 ޖެނުއަރީ 2019
މޫސުމީ ބަދަލުތަކަށް ހައްލެއް ބޭނުން، ދެން މަޑުކުރެވޭކަށެއް ނެތް: ޝާހިދު
11 ނޮވެމްބަރު 2018

މިހާރު ކުރަނީ މޫސުމީ ވިއްސާރައެއް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ: މެޓް އޮފީސް

11 ނޮވެމްބަރު 2018
މިހާރު ކުރަނީ މޫސުމީ ވިއްސާރައެއް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ: މެޓް އޮފީސް
30 އޯގަސްޓު 2018

ފެރީ ދަތުރުތައް މަދު ކުރާނީ އަންނަ ބަދަލުތަކަށް ބެލުމަށް ފަހު: އެމްޓީސީސީ

30 އޯގަސްޓު 2018
ފެރީ ދަތުރުތައް މަދު ކުރާނީ އަންނަ ބަދަލުތަކަށް ބެލުމަށް ފަހު: އެމްޓީސީސީ
03 ޖެނުއަރީ 2018

ރާއްޖެޓީވީ އިން ދެއްކި ރިޕޯޓާ އެކު ފާރިސްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަސާސްތައް ނަފީވެއްޖެ: ވަކީލުން

03 ޖެނުއަރީ 2018
ރާއްޖެޓީވީ އިން ދެއްކި ރިޕޯޓާ އެކު ފާރިސްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަސާސްތައް ނަފީވެއްޖެ: ވަކީލުން
20 ނޮވެމްބަރު 2017

މޫސުމީ ބަދަލުތަކާ ބެހޭ ފެސްޓިވަލަށް ރައީސް ނަޝީދު ބެލްޖިއަމްއަށް

20 ނޮވެމްބަރު 2017
މޫސުމީ ބަދަލުތަކާ ބެހޭ ފެސްޓިވަލަށް ރައީސް ނަޝީދު ބެލްޖިއަމްއަށް
03 ނޮވެމްބަރު 2017

މޫސުމީ މައްސަލަތަކަށް ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެ: ރައީސް ނަޝީދު

03 ނޮވެމްބަރު 2017
މޫސުމީ މައްސަލަތަކަށް ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް