Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަރކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕ

މޫސުމީ ބަދަލުތަކުގެ މައްސަލައިގައި އިންސާނީ މަސްލަހަތަށް އިސްކަންދޭން ޖެހޭ: ޝާހިދު

މަޝްވަރާތަކުގައި ކާމިޔާބު ލިބިފައިނުވަނީ ހަމައެކަނި ބާރުވެރިކަން ނެތިގެން ނޫންކަމަށް ޝާހިދު ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 17 ފެބުރުއަރީ 2019 | އާދީއްތަ 19:30
ވަރކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ގައި ފޮރިން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަވަނީ

ވަރކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ގައި ފޮރިން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަވަނީ

ޒަމާނުއްސުރެ ޑިޕްލޮމެސީގައި އިސްކަންދެވިފައިވަނީ ޤައުމީ މަސްލަހަތަށްކަމަށާއި، އެހެންނަމަވެސް މޫސުމީ ބަދަލުތަކުގެ މައްސަލައިގައި އިންސާނީ މަސްލަހަތަށް އިސްކަންދޭން ޖެހޭކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ, ރައީސް މުޙައްމަދު ނަޝީދުގެ އޮފީހާއި ޔޫރަޕްގެ ބައެއް ޔުނިވަރސިޓީތައް ގުޅިގެން އާދިއްތަ ދުވަހު ބ އަތޮޅު ދިގުފަރު ރިޒޯޓްގައި "ވަރކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް"ގެ ނަމުގައި ފެށި ވަރކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކާއި ބެހޭ މަޝްވަރާތަކުގައި ކާމިޔާބު ލިބިފައިނުވަނީ ހަމައެކަނި ބާރުވެރިކަން ނެތިގެން ނޫންކަމަށާއި، ޒަމާންވީ ޑިޕްލޮމަޓިކް އުޞޫލުތަކުގައި އާންމުކޮށް އޮންނަނީ އެ ޤައުމަކަށް ލިބެންއޮތް ފައިދާއަކަށް ބަލައި އަނެއް ޤައުމަށް ދޫދިނުމުގެ އުޞޫލުކަމަށެވެ.

ވޯރކްޝޮޕްގެ ތެރެއިން / ފޮޓޯ - ފޮރިން މިނިސްޓްރީ

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުރަނީ ވަކި ޤައުމެއްގެ ސަރަހައްދީ އިމުގެ ތެރޭގައި، ވަކި ބަޔަކަށް، ވަކި މިންވަރަކަށް ނޫން ކަމަށާއި، މި އުޞޫލުތަކަށް ރިޢާޔަތްކޮށް މި މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް އެމަޝްވަރާތަކުގައި ބައިވެރިވާ ތަޖުރިބާކާރުންނަށް ފާހަގަކުރެވިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ކްލައިމެޓް ޑިޕްލޮމެސީގައި ރާއްޖެއިން ހުއްޓުމެއް ނެތި އަޑުއުފުލަމުން ގެންދާނެކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވާފައެވެ.

ފަރަންސޭސީވިލާތުގެ ޕެރިހާއި ޕޮލެންޑްގެ ކެޓޮވިޗްގައި ކުރިއަށް ދިޔަ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ބަހުސްގައި ރާއްޖެއިން ބައިވެރިވެ، ޕެރިސް އެގްރިމެންޓާއި ކެޓޮވިޗް ރޫލްބުކް އެކުލަވާލުމުގައި ރާއްޖެއިން މުހިއްމު ދައުރެއް އަދާކުރިކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ބައިނަލްއަގްވަމީ ސުލްހަޔާއި ގުޅޭގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ޝާހިދު ވަނީ ދާދިފަހުން ތަގްރީރް ކުރައްވާފައެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކަންތައްތަކަށް ހައްލެއް ބޭނުންވާ ކަމަށާއި، ދެން އިތުރަށް މަޑުކުރެވެން ނެތް ކަމަށް ތަގްރީރު ކުރައްވަމުން ޝާހިދު ވަނީ ވިދާޅުވެފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ވަރކްޝަޕްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިތުރުން ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަަވައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު