Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ރޫބިއޯ، ނަތަންޔާހޫއާ މަޝްވަރާ ކުރައްވައިފި

19 މެއި 2025 | ހޯމަ 07:51

މިއީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި، މި ދެ ބޭފުޅުންގެ ދެމެދުގައި ކުރެވުނު ދެ ވަނަ މަޝްވަރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މެއި 2025 | ހޯމަ 07:51
އެމެރިކާގެ ސްޓޭޓް އޮފް ސެކްރެޓަރީ މާކޯ ރޫބިއޯ އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާގެ ސްޓޭޓް އޮފް ސެކްރެޓަރީ މާކޯ ރޫބިއޯ އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާ ކުރައްވައިފި އެވެ.

ހޮނިހިރު ދުވަހު ރޫބިއޯ ވަނީ، ފޯނު މެދުވެރިކޮށް ނަތަންޔާހޫއާ މަޝްވަރާ ކުރައްވައި، ވާހަކަ ދައްކަވައިފަ އެވެ. މިއީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި، މި ދެ ބޭފުޅުންގެ ދެމެދުގައި ކުރެވުނު ދެ ވަނަ މަޝްވަރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. 

މި މަޝްވަރާތައް ކޮށްފައި ވަނީ ޣައްޒާ ގައި ހިންގަމުން އަންނަ އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ހަމާސް ބަލި ކުރެވެންދެން އެކަން ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލް އިން ހާމަކޮށްފައި ވަނިކޮށެވެ. އަދި އެ އޮޕަރޭޝަންގައި ޣައްޒާ އިން އެތައް ބަޔަކު ޝަހީދު ކޮށްލާފައި ވަނިކޮށެވެ. 

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވީ ގޮތުގައި، ރޫބިއޯ އާއި ނަތަންޔާހޫ މަޝްވަރާ ކުރެއްވީ ޣައްޒާގެ ޙަލަތާ ގުޅޭ ގޮތުން އަދި ހަމާސްގެ ބަންދުގައި ތިބި ހުރިހާ ރަހީނުން ދޫކޮށްލުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ. 

ހޮނިހިރު ދުވަހު ސީބީއެސް އަށް ދެއްވި އިންޓަވިޔުއެއްގައި ރޫބިއޯ ވަނީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ވެސް ގޮވާލައްވާފައި އެވެ. އަދި ޣައްޒާގައި އާންމު ރައްޔިތުން ތަހަންމަލު ކުރަމުންދާ ވޭންތަކާއި، ކެކުޅުންތަކަށް ހަމާސް އިން ޒިންމާވާން ޖެހޭނެ ކަމަށް ވެސް ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ. 

އިސްރާއީލް އިން ޣައްޒާ ގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ވަނީ އެ ޤައުމުން 53،000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލައިފަ އެވެ. އަދި އެތައް ހާސް ބަޔަކަށް ވަނީ އެކި ވަރުގެ ޒަޚަމުތައް ވެސް ލިބިފަ އެވެ. މީގެ އިތުރުން އެ ހަނގުރާމައިގެ ސަބަބުން މުޅި ޣައްޒާ މިހާރު ވަނީ ހަލާކުވެފަ އެވެ.

ހަމަލާތައް ދިނުމުގެ އިތުރުން އިސްރާއީލް އިން އަންނަނީ ޣައްޒާ އަށް ބޭނުންވާ އެންމެހައި އިންސާނީ އެހީ ވެެއްދުމަށް ވެސް ހުރަސް އަޅަމުންނެވެ. އެގޮތުން ޣައްޒާ އަށް ބޭނުންވާ ސާފު ބޯފެނާއި، ކާބޯ ތަކެއްޗާއި، އަދި ބޭސް ފަރުވާ އަށް ބޭނުންވާ އެހީ ވެއްދުމަށް ވަނީ ދަތިކޮށްފަ އެވެ.

އެކަމުގެ ސަބަބުން ޣައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ބައިނަލްއަޤުވާމީ އިދާރާ ތަކުން ވެސް ވަނީ ދީފަ އެވެ. އަދި ޣައްޒާ އަށް އެހީ ވެއްދުމަށް އިސްރާއީލް އިން ހުރަސް އަޅާފައި ވާތީ، ޤައުމުތަކުން އަންނަނީ އެކަން ކުށްވެރި ވެސް ކުރަމުންނެވެ. 

އިސްރާއީލް އިން މި ފަހުން ބުނެފައިވާ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އެ ޤައުމުގެ ހުރިހާ ރަހީނުން ދޫކޮށްލަންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކަމުގެ އިންޒާރު ނަތަންޔާހޫ ވެސް ވަނީ ދެއްވައިފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް