Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު

އިތުރަށް ފުރިހަމަކުރުމަށް، ކޮމިޓީ އަށް ފޮނުވި ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު ފާސްކުރަން ނެގީ 10 ވަރަކަށް މިނިޓް

މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީސް ހިންގަމުން އައީ ސިވިލް ސަރވިސްގެ ދަށުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 މެއި 2025 | ބުދަ 17:44
ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން - 14.05.2025- 14.05.2025

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން - 14.05.2025- 14.05.2025

ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު، މަޖިލީހުން ފާސްނުކޮށް އިތުރަށް ފުރިހަމަކުރުމަށްޓަކާ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވުމުން ބުދަ ދުވަހުގެ ރޭ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ އިސްލާހުތަކާއި އެކު އެ ބިލު ފާސްކޮށްފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅީ ސިވިލް ސަރވިސްގައި ނުހިމެނޭގޮތަށް ބަންޑާރަ ނައިބުގެ އޮފީހުގެ ޚިދުމަތަކީ ވަކި ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބުދަ ދުވަހު މަޖިލީހުގެ ތަޅުމުން ވަނީ އެ ބިލު ފާސް ނުކޮށް އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ބިލު ފޮނުވާފަ އެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ ރޭ 19:57ގައި މަޖިލީހުގެ މީޑިއާ ގްރޫޕްގައި ބުދަ ދުވަހުގެ ރޭ 09:00ގައި ޖުޑީޝަރީ ކޮމިޓީ ބާއްވާކަމާއި އެ ބައްދަލުވުމުގައި ކުރާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކަމަށް ހާމަކުރިއެވެ. އެ ބައްދަލުވުން ފެށުނީ ބުދަ ދުވަހުގެ ރޭ22:08 ހާއިރެވެ. އެނގިފައިވާ ގޮތުން ބައްދަލުވުން ނުފެށި ލަސްވީ ބައެއް ލިޔެކިޔުންތައް ހަމަނުވުމުގެ ސަބަބުންނެވެ.

ބުދަ ދުވަހުގެ ރޭގެ ކޮމިޓީގައި އެ ބިލާއި މެދު އެއްވެސް މެމްބަރަކު އިތުރު ކަމެއް ފާހަގަކުރަން ލިބުނު ފުރުސަތުގައި އެއްވެސް މެމްބަރަކު އިތުރު ކަމެއް ފާހަގަކުރައްވާފަ އެއް ނުވެއެވެ. އަދި ހުށަހެޅި އިސްލާހުތަކާއި މެދު ވެސް އިތުރު ހުށަހެޅުމެއް ނުވަތަ ލަފަ އެއް މެމްބަރުން ދީފަ އެއް ނުވެއެވެ. އަދި ބިލަށް ގެނެސްފައިވާ އިސްލާހުތަކަކީ އެއް މާއްދާ އަނެއް މާއްދާ އާއި ފުށު އެރުން ހުރި ކަންކަން އެކަންޏެވެ.

ކޮމިޓީ އަށް ހުށަހެޅި އިސްލާހުތަކާއި އެކު ބިލު ފާސްކުރުމަށް ވޯޓަށް އެހުމުން އެ އިސްލާހުތައް ފާސްކުރަން ފެންނަ ކަމަށް ކޮމިޓީ އަށް ހާޒިރުވި ހުރިހާ މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރ 2 ވަނަ ދުވަހު، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ.

މި ބުލުގައި ބަންޑާރަނައިބުގެ މަގާމަށް އައްޔަން ކުރެވޭ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރުމަށް ހުށަހަޅާފައިވެއެވެ. މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީސް ހިންގަމުން އައީ ސިވިލް ސަރވިސްގެ ދަށުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްމަޖިލީހުގެ ޖުޑިޝަރީ ކޮމިޓީޢަބްދުﷲ ރިފާޢުސިވިލް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
މާޅޮހު އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި

މާޅޮހު އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި

19 ނޮވެމްބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކުރި 7 މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކުރި 7 މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

18 ނޮވެމްބަރު 2025
"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު