Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

ފުލް ފޯސް އާއެކު ޣައްޒާ އަށް ވަންނާނެ ކަމަސް ނަތަންޔާހޫ ވިދާޅުވެއްޖެ

14 މެއި 2025 | ބުދަ 06:06

އިސްރާއީލްގެ ބޮޑު ވަޒީރުގެ އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިސްރާއީލްގެ އޮޕަރޭޝަން ފުރިހަމަ ކުރުމަކީ ހަމާސް ބަލިކޮށް، އެ ޖަމާއަތް ނައްތާލުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މެއި 2025 | ބުދަ 06:06
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

ޣައްޒާ ގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައިގައި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފުލް ފޯސް އާއެކު އިސްރާއީލްގެ ސިފައިން ޣައްޒާ އަށް ވަންނާނެ ކަމަށް، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. 

އިސްރާއީލްގެ ބޮޑު ވަޒީރުގެ އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިސްރާއީލްގެ އޮޕަރޭޝަން ފުރިހަމަ ކުރުމަކީ ހަމާސް ބަލިކޮށް، އެ ޖަމާއަތް ނައްތާލުން ކަމަށެވެ. 

އެ ބަޔާނުގައި ވަނީ އިސްރާއީލް އިން ޣައްޒާ ގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށް ވެސް ބުނެފަ އެވެ. އެހެން ނަމަވެސް، ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަފާނެ ކަމަށް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ނަތަންޔާހޫގެ ބަޔާނުގައި ބުނެފައި ވަނީ ޣައްޒާގެ ރައްޔިތުން ބަލައި ގަންނާނެ ޤައުމު ތަކެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުން އެ ޤައުމު ދޫކޮށް ދިޔުމުގެ ފުރުސަތު ދީފި ނަަމަ، ފަންސާސް އިންސައްތަ މީހުން ޤައުމު ދޫކޮށް ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ނަތަންޔާހޫގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

އެކަމަށް އިޝާރާތް ކުރައްވާ ފާހަގަ ކޮށްފައި ވަނީ، ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ފޮނުވުމަށް ކުރަން ޖެހޭ އިދާރީ ކަންކަން މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ބޭނުން ވަނީ ޣައްޒާގެ ރައްޔިތުން ބަަލައި ގަންނާނެ ޤައުމުތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ވަގުތީ ގޮތުން މެދު ކަނޑާލުމަށް، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަލުން ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ.

ޣައްޒާ އަށް އަލުން ހަމަލާތައް ދޭން ފެށުމުގެ ކުރިން، އިސްރާއީލް އިން ވަނީ ޣައްޒާ އަށް ބޭނުންވާ އެހީގެ ސާމާނު ވެއްދުމަށް ވެސް ހުރަސް އަޅައިފަ އެވެ. އަދި އެކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު ފޯރު ކޮށްދިނުމުގައި ވަނީ އިންތިހާ އަށް ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

މި ހަނގުރާމައިގައި ވަނީ މިހާތަނަށް ޣައްޒާ އިން 52،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ. އަދި 119،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަޚަމުތައް ލިބިފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަ ކުދިންނެވެ.

އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ބޮޑު އިންސައްތައެއް ވަނީ ވީރާނާވެ، ހަލާކުވެފަ އެވެ. މަދަރުސާތަކާއި، އާންމު ރައްޔިތުންގެ ގެތައް ވަނީ ބިމާ ހަމަކޮށްފަ އެވެ. އަދި އިސްރާއީލް އިން ވަނީ ހޮސްޕިޓަލް ތަކާއި، މިސްކިތްތަަކަށް އަމާޒުކޮށް ވެސް ގިނަ ހަމަލާތަކެއް ދެމުންނެވެ. 

ބެންޖަމިން ނަތަންޔާހޫޣައްޒާއިޒްރޭލްހަމާސްޣައްޒާ ހަނގުރާމަޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް