Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުން

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް އިތުރުފުޅު ހައްދަވައިފި

13 މެއި 2025 | އަންގާރަ 07:22

ރައީސް އޮފީހުގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިނަމަވެސް އަދިވެސް އެ މައުލޫމާތު ހާމައެއް ނުކުރައްވާ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 13 މެއި 2025 | އަންގާރަ 07:22
ރައީސުލްޖުމްހޫރިއްޔާ ޑރ.މުަހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ:  މިއަދަށް ނުވަ ދުވަސްވީއިރުވެސް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމައެއް ނުކުރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުަހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: މިއަދަށް ނުވަ ދުވަސްވީއިރުވެސް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމައެއް ނުކުރޭ

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނޫސްވެރިންނަށް ލިޔުމަކުން ދިނުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އަންގަވާނެ ކަމަށް ވިދާޅުވެ އިތުރުފުޅުހެއްދެވިކަން ހާމަވެއްޖެއެވެ.

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނޫސްވެރިންނަށް ލިޔުމަކުން ދިނުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އަންގަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ދިގު ރޫސްވެރިންގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ގިނަ ނޫސްވެރިން އަމާޒުކުރެއްވި އެއް ސުވާލަކީ ސަރުކާރަށް އެމަނިކުފާނު އައްޔަން ކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ނުކުރަނީ ކީއްވެތޯއެވެ. އަދި އެ އަދަދު ހާމަކުރުމަށް ނޫސްވެރިން އެދިފައިވެއެވެ. އެހެން ނަމަވެސް މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ ރައީސް އޮފީހުގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހަމަ އެ ރޭ ހާމަ ކުރައްވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރަށް ވެސް ދަންނަވާނަން، ފިނޭންސް މިނިސްޓަރު ލިޔުމުން ތިބޭފުޅުންނަށް އެ ޖަވާބު ދެއްވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ. "މިރޭ ދެއްވެން އޮތިއްޔާ މިރޭ ވެސް ދެއްވާށޭ ދަންނަވާނަން
ރައީސް ޑރ. މުހައްމަދު މުއިއްޒު

ސިޔާސީ މުވައްޒަފުންގެ އަދަދާއި ގުޅޭގޮތުން މައުލޫމާތު ލިބުނުހާ އަވަހަކަށް ހިއްސާކޮށްދޭނަންކަމަށް ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ނުވަ ދުވަސްވެގެން ދިއައިރުގައި ވެސް ސިޔާސީ މުވައްޒަފުންގެ އަދަދު އަދިވެސް ހާމައެއް ނުކުރައްވައެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު ކުރަނީ ކީއްވެގެން ކަން މިހާތަނަށް ސަރުކާރުން ހާމައެއް ވެސް ނުކުރެ އެވެ.

އެހެން ނަމަވެސް ބައްދަލުވުމުގައި ރައީސް ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ލަފާކޮށް،ސަރުކާރު މުވައްޒަފުންގެ ޖުމުލަ އަދަދަކީ "ގާތްގަނޑަކަށް" 49،000 މީހުން ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ތެރެއިން ސިޔާސީ މީހުންގެ އަދަދަކީ ތިން ޕަސެންޓު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ނަމަވެސް ނޫސްވެރިންގެ އެ ބައްދަލުވުމުގައި ސީދާ އަދަދު ވިދާޅެއް ނުވެއެވެ.

ރައީސް ޑރ، މުހައްމަދު މުއިއްޒު އެދުވަހު ނޫސްވެރިންނާއި ބައްދަލުކޮށް ދެއްކެވި ގިނަ ވާހަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވުގެން ނުވާ ވާހަތަކެއް ކަމަށާއި އެއީ ކަނޑައެޅިގެން ހެއްދެވި ދޮގުތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސިޔާސީ މުވައްޒަފުންނަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޔަން ކުރާ މުވައްޒަފުންނެވެ. ސިޔާސީ މުވައްޒަފުން މަގާމުތަކަށް އައްޔަން ކުރަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް