Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރުންގެ މައްސަލަ

ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން ޕީއެންސީގެ މެޖޯރީޓީ އޮންނަ ކޮމިޓީން ނިންމައިފި

11 މެއި 2025 | އާދީއްތަ 14:05

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާއަށް ނުދިނުމަށް ނިންމި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 މެއި 2025 | އާދީއްތަ 14:05
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ޕީއެންސީގެ މެޖޯރީޓީ އޮންނަ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

އަޒްމިރަލްދާ އާއި މަހާޒު ވަކިކުރުމަށް ޖޭއެސްސީން ނިންމާ މަޖިލީހަށް ފޮނުވި މައްސަލައިގައި ގޮތެއް ނިންމުމަށް އާދީއްތަ ދުވަހު ބޭއްވި ޖުޑިޝަރީ ކޮމިޓީން މިގޮތަށް ނިންމީ ސިއްރުން ކުރިއަށްގެންދިޔަ ބައްދަލުވުމުގައެވެ. ލައިވްކޮށް ކުރިއަށް ގެންދިޔަ ކޮމިޓީ ސިއްރު ކުރީ ޕީއެންސީގެ މެންބަރު ޝާހިދުގެ ހުށަހެޅުމަކަށެވެ.

Advertisement - newsAdvertisement

ކޮމިޓީ ސިއްރުން ގެންދިޔަ ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބުނު ގޮތުގައި ދެ ފަނޑިޔާރުން ވަކިކުރަން ކޮމިޓީން ނިންމީ ހުށަހެޅިފައި އޮތް މައްސަލައަށް ބަހުސްކުރުމެއް ނެތި ޖޭސްއެސްސީ އިން ފަނޑިޔާރުންނާއި ދެކޮޅަށް ހިންގި ތަހުގީގުގެ ރަނގަޅުކަމަށް ނިންމުމަށްފަހުއެވެ. ކޮމިޓީގެ ނިންމުމުގައި ބުނެފައިވަނީ ޖޭއެސްސީން އަމިއްލަ އަށް އުފައްދާ ރައީސްގެ އިރުޝާދުގެ ދަށުން ކުޑަކޮމިޓީން ކުރި ތަހުގީގު ކުރިއަށް ގެންދިޔައީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.

އަޒްމިރަލްދާއާއި މަހާޒު ވަކިކުރުމުގެ މައްސަލަ ބެލި ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އަޒްމިރަލްދަ އެދިވަޑައިގެންނެވި ނަމަވެސް ކޮމިޓީން އެ ފުރުސަތު ދީފައި ނުވެއެވެ. ޖުޑީޝަރީ ކޮމެޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އަޒްމިރަލްދާ އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއްވެސް ފޮނުއްވިއެވެ. އަޒްމިރަލްދާ އެދިވަޑައިގަތީ ގާނޫނީ ވަކީލަކާއެކު ޖުޑިޝަރީ ކޮމިޓިއަށް ވަޑައިގެން، ޖޭއެސްސީގައި ފާހަގަ ކުރި ނުކުތާތައް ކޮމިޓީއާ ހިއްސާ ކުރުމުގެ ފުރުސަތަކަށެވެ. އެހެން ނަމަވެސް އެހުށަހެޅުމަށް ވޯޓަކަށް އެހުމުން ޕީއެންސީގެ މެންބަރުން ވަނީ ހާޒިރުނުކުރަން ވޯޓު ދީފައެވެ.

މީގެ އިތުރުން ކޮމަންވެލްތް ލޯޔާސް އެސޯސިއެޝަނުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވެއެވެ. އެގޮތުން އެ އެސޯސިއޭޝަނުން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން އިން ނިންމި ނަމަވެސް އެފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ނުދޭނަމަ މައްސަލަ ބާތިލް ކުރުމަށް ގޮވާލާކަމަށެވެ.

އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި އެ އެސޯއިއޭޝަނުން ބުނީ، ރާއްޖޭގެ ބާކައުންސިލާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، ކޮމަންވެލްތު ސެކްރެޓަރީއާއި ޝަރުއީ ދާއިރާގެ ޚާއްސަ ރިޕޯޓަރަކާ ގުޅިގެން އެ ތަނުން ވެސް މި މައްސަލަ ބަލަމުން ގެންދާނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ ތަހުގީގު ޖޭއެސްސީއިން ކުރިއަށް ގެންދިޔައީ ޑިއު ޕްރޮސެސްއަށް ބެލުމެއް ނެތި ކަމަށް ފަނޑިޔާރުންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް އެބަޔާނުގައިވެއެވެ. އޭގެ އިތުރުން އެ އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައި ވަނީ، ފަނޑިޔާރުންގެ ތަހުގީގުގައި ޑިއު ޕްރޮސެސް ފޮލޯކޮށްފައިނުވާ ނަމަ އަދި ދިފާއުވުމުގެ ފުރުސަތު ދީފައިނުވާ ނަމަ މައްސަލަ ބޭރުކޮށްލުމަށެވެ.

އަޒްމިރާލްދާ ޒާހިރުއާއި އަލީ މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަހުގީގު ޓީމުން ނިންމާފައިވަނީ 17 އެޕްރީލްވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ. ކޮމިޓީން މިގޮތަށް ނިންމީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދު އަމުރަކަށް އަޒްމިރަލްދާއާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ކޮމިޓީން އެކުލަވާލި ތަހުގީގުގެ ފަހު ރިޕޯޓްގައި ކަމަށް މައުލޫމާތުލިބިފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމިރަލްދާ ވަކިކުރެވެން އޮތް ގޮތަކަށް އޭނާ ވަކިކުރުމަށް ރައީސް ވަނީ ތަހުގީގުކުރާ ކޮމިޓީއަށް އަންގާފައެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މަސައްކަތް ކުރިއަށްދަނީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުންނެވެ. މި ކޮމިޓީއަށް އަޒްމިރަލްދާ އަދި މަހާޒާއި ދެކޮޅަށް އެއްވެސް މީހަކު ބަޔާންވެސް ދީފައިނުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ، މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވާ 10 މިނެޓުގެ ތެރޭގައި ގޮތް ނިންމުމަށްފަހު 26 ފެބްރުއަރީ 2025 ގައެވެ.

އޭގެފަހުން 4 މާރޗް 2025 ވަނަ ދުވަހު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ސުޕްރީމް ކޯޓު މިހާރު އޮތްގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެއީ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލު އެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަން ކުރައްވާފައެވެ. އެހެންކަމުން މިހާރު ކޯޓުގައި ތިބީ 5 ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ ބޮޑު މައްސަލައެއް ހުއްޓުވުމަށް ސަރުކާރުން ރާވައިގެން 3 ފަނޑިޔާރަކު ސަސްޕެންޑްކުރި އިރު، ޖޭއެސްސީގައި ހިމެނޭ ބާ ކައުންސިލްގެ މެންބަރު ވޯޓު ދެއްވި ގޮތާއި ގުޅޭގޮތުން ވެސް އެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް