Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މޯލްޑިވް ގޭސްގައި ހިނގި ބޮޑު ޚިޔާނާތާއި، ފެނަކައިގާ ހިނގި ބޮޑު ޚިޔާނާތާއި، އެމްޕީއެލްގައި ހިނގަމުންދިޔަ ވައްކަންތައްވެސް އެއީ ނުހިނގާ ކަންކަމަށް ހައްދަވައިގެން، ލޯމަރާލައްވައިގެން ތިޔަ ހުންނަވަނީ ހަމަ މި ޤައުމަށް ޓޫ ޕޮއިންޓް ޒީރޯ ނައިސްގެންތޯއެވެ؟

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 10 މެއި 2025 | ހޮނިހިރު 11:57
ރައީސް ޑރ. މުުހައްމަދު މުއިއްޒު

ރައީސް ޑރ. މުުހައްމަދު މުއިއްޒު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟" މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔެފައި އޮތް އިބާރާތެކެވެ. އުފައްދަވާފައި އޮތް ސުވާލެކެވެ. ފަހަރުގައި މިއީ މި ސުވާލުގެ ޖަވާބު ރައީސް މުއިއްޒުއަށް އެނގިވަޑައިނުގަންނަވާތީ އުފެއްދެވި ސުވާލަކަށްވެސް ވެދާނެއެވެ. ނުވަތަ މިއީ އާންމުކޮށް ސަރުކާރުން ކަންކަން ކުރާ ގޮތަށް ރައްޔިތުންނަށް ކަންކަން އޮޅުވާލާ، ބަޔަކު ވާވެއްދުމަށް، ނުވަތަ ކަމެއްގެ ފޯކަސް ގެއްލުވާލުމަށް، ނުވަތަ ރައީސް މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ފަތުއަޑު ކިޔާފައި ހިނގަމުންދާ ކޮރަޕްޝަން އާއި ފަސާދައިގެ ކަންކަން ފޮރުވައި، މަތިޖެހުމުގެ ބޭނުމުގައި ގަސްތުގައި ދެއްކެވި ވާހަކައަކަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް، މިއީ ކޮންމެ މަގްސަދެއްގައި، ކޮންމެ ބޭނުމެއްގައި ރައީސް ދެއްކެވި ވާހަކައަށް ވިޔަސް، ރައީސް އުފެއްދެވި މި ސުވާލުގެ ޖަވާބު ދޭކަށް ގިނަ ރައްޔިތުންނަށް އުނދަގުލެއް ނުވިއެވެ. ގިނަ މީހުން ބުނަނީ ރައީސް އުފެއްދެވި ތިޔަ ސުވާލުގައި ކޮރަޕްޝަނާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ނުދެއްކެވިނަމަ ތަންކޮޅެއް ތާހިރުވީސް ކަމަށެވެ. ރައީސް މުއިއްޒު ކުރައްވާ ކަންކަމަށް ގިނަ މީހުން ފާޑުކިޔާ ދެކޮޅު ހަދަނީ ތިޔަ ކުރައްވާ އެއްވެސް ކަމެއްގައި އިހްލާސްތެރިކަމެއް، ތެދުވެރިކަމެއް، ހެޔޮ ނިޔަތެއް ނެތީމާ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ޒާތީ ހުރިހާ މައުލޫމާތެއް ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި ވަޒީރު، އެ ވަޒީރުގެ ދަށުގައިތިބި ސަރުކާރުގެ މުވައްޒަފުން ލައްވާ ސަރުކާރުގެ އޮފީސްތަކުގެ ތެރޭގައި މަނިކުފާނުގެ ޕާޓީއަށް ވަގަށް މީހުން ވައްދާ، ދިވެހިރައްޔިތުންގެ ޑޭޓާބޭސް ބޭނުންކޮށްގެން ފޮޓޯއާއި މައުލޫމާތު ނަގާ، ފޯމުތައް ފުރައި، ރޯމާ ދުވާލު ޕިއްޒާ ފޮއްޗެއް އަނގަޔަށް ލައިގެން ހުންނަވައިގެން ކުރެއްވި މާސިންގާ ވައްކަން ކުރެއްވީ ޤައުމު ޑިޖިޓައިޒް ނުވެގެން ތޯއެވެ. މި ހުރިހާ ޖަރީމާއެއް ހިންގެވި ވަޒީރު މަޖްލީހަށް ހާޒިރުވެ ވަޑައިގެން މި ނާތަހުޒީބު ޢަމަލު ހިންގެވި ކަމަށް އަމިއްލަފުޅަށް އެއްބަސްވެވަޑައިގަތުމުންވެސް ވަޒީރު ދުރުކުރުމުގެ ބަދަލުގައި، ހަމަ އެ ވަޒީރު ލައްވާ ތިޔަ މަޝްރޫއެއް ތިޔަ ހިންގަވަނީ މި ޤައުމު ހަމަ ޓޫ ޕޮއިންޓް ޒީރޯ ނުވެ އޮތީމާ ތޯއެވެ؟

މަނިކުފާނުގެ ފުރިހަމަ އިތުބާރާ، ފުރިހަމަ ބާރާއެކު އެޗްޑީސީއަށް ވަޒީރު ފެންވަރުގައި ލެއްވި އެމްޑީ، ދިވެހި ރައްޔިތުންގެ ބިންތަކުން ވައްކަން ކުރައްވާ، ގޯތި ވިއްކަވާ، ގޯތިތައް ބައްސަވާ ހެއްދެވުމުންވެސް އޭނާ މަގާމުން ދުރު ކުރައްވާފައި އެ މައްސަލަ ފުލުހުން ބެލިޔަވެސް ނުދީ ތިޔަ ހުންނަވަނީ ހަމަ ހުޅުމާލެ ޑިޖިޓަލް ނުވެ އޮތީމާ ތޯއެވެ؟ މަނިކުފާނުގެ ސަރުކާރުގެ ދަށުގައި އޮތް ފިއުލް ސަޕްލައި މޯލްޑިވްސްއިން ތެލުގެ އިންތިހާ ބޮޑު ވައްކަމެއް ކުރުމުން އޭނާ މަގާމުން ވަކިކުރެއްވުމަށްފަހު އެކަން ތަހުގީގު ނުކުރައްވާ އަލުން ޑެޕިއުޓީ މިނިސްޓަރ ކަމެއް ދެއްވީވެސް ހަމަ އެފްއެސްއެމްގެ ތެޔޮ ބޯޓުތައް ޑިޖިޓައިޒް ނުވެ ހުރީމާތޯއެވެ؟

މޯލްޑިވް ގޭސްގައި ހިނގި ބޮޑު ޚިޔާނާތާއި، ފެނަކައިގާ ހިނގި ބޮޑު ޚިޔާނާތާއި، އެމްޕީއެލްގައި ހިނގަމުންދިޔަ ވައްކަންތައްވެސް އެއީ ނުހިނގާ ކަންކަމަށް ހައްދަވައިގެން، ލޯމަރާލައްވައިގެން ތިޔަ ހުންނަވަނީ ހަމަ މި ޤައުމަށް ޓޫ ޕޮއިންޓް ޒީރޯ ނައިސްގެންތޯއެވެ؟

އަމިއްލަފުޅު ރިސޯޓެއް ގޮތަށް މަނިކުފާނާއި މަނިކުފާނުގެ އާއިލާއިން އާރަށް ބޭނުންކުރައްވާ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ ހިތު ހުރިވަރަކަށް ބޭކާރު ކުރައްވަމުން ތިޔަ ގެންދަވަނީވެސް އެސްޓޯނިއާގައި އޮންނަކަހަލަ ޑިޖިޓަލް ނިޒާމެއް މި ޤައުމުގައި ނެތިގެން އެކަން ނުހުއްޓިގެން ތޯއެވެ؟

މަނިކުފާނުގެ ޕާޓީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖްލީހުގެ ޕީއެންސީގެ މެމްބަރުންނަށް، ސަރުކާރުގެ ކުންފުނިތަކުން ނަގައިގެން، އެމީހުން ކޮންޓްރޯލް ކުރުމަށް ކޮންމެ މަހަކު މަނިކުފާނު ފަންސާސް ހާހުން، ހަތްދިހަ ފަސް ހާހުން އެ މެމްބަރުންނަށް ފައިސާ ބައްސަވަމުން ގެންދަވާ ކަމަށް މެމްބަރުން އަމިއްލައަށް އެ ބުނަނީވެސް ރައްޔިތުންގެ މަޖްލިސް ޑިޖިޓައިޒް ވެފައި ނެތުމުން ތޯއެވެ؟

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އޮންނަ އެންޓި ކޮރަޕްޝަން ކޮމިޝަން އާއި، އިންތިހާބުތައް ބާއްވަން އޮންނަ އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އެއީ މަނިކުފާނު ކަނޑައަޅުއްވާ ބަޔަކަށް ހެއްދެވުމަށް ޤާނޫނުތަކަށް އަމިއްލަފުޅަށް ބަދަލު ގެންނަވައިގެން އެތަންތަނަށް މަނިކުފާނުގެ ސަރުކާރާ މަނިކުފާނުގެ ޕާޓީއާއި ދެކޮޅަށް ހުށަހެޅޭ މައްސަލަތައް ބޭރުކުރައްވަމުން ތިޔަ ގެންދަވަނީވެސް އެތަންތަން ޑިޖިޓައިޒް ވެފައި ނެތުމުންތޯއެވެ؟

އާރްޓީއައި އެއްވެސް ހުށަހަޅަން ނުޖެހޭ ވަރުގެ ދެފުށް ފެންނަ ސަރުކާރެއް ހިންގަވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން ނޫސްމީޑިއާ ތަކުން ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ، ހުށަހަޅާ އާރްޓީއައި އަކަށްވެސް ޖަވާބު ނުދީގެން މަނިކުފާނުގެ ރައީސް އޮފީސް ގޮވައިގެން އައިކޮމް އިން ކޯޓަށް ދާން ޖެހުނީވެސް ރައީސް އޮފީސް ޑިޖިޓައިޒް ވެފައި ނެތުމުން ތޯއެވެ. 700 އަށްވުރެ ސިޔާސީ މަގާމުތައް އިތުރު ނުކުރައްވާނެކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގަތުމަށްފަހު ފުނިފުންޏަށް ސިޔާސީ މަގާމުތައް އިތުރު ކުރައްވާ، ސަރުކާރަށް ދޮޅު އަހަރު ވާއިރުވެސް ވަޒީފާ ދެއްވުނު ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްނުލެއްވިގެން ތިޔަ އުޅުއްވަނީވެސް މަނިކުފާނު ޑިޖިޓައިޒް ނުވާތީ ތޯއެވެ؟ ނުވަތަ މަނިކުފާނުގެ ސަރުކާރުގެ ވުޒާރާތައް ޑިޖިޓަލް ނުވެގެން ތޯއެވެ؟ ނުވަތަ ނޫސް މީޑިއާ ތަކުގައި ޓޫ ޕޮއިންޓް ޒީރޯ ނެތިގެން ތޯއެވެ؟

ގަބޫލްފުޅު ކުރައްވާށެވެ. އެސްޓޯނިއާ އަށް ވަޑައިގެން، މާލެ ވަޑައިގެންނެވީއްސުރެ ޓޫ ޕޮއިންޓް ޒީރޯ އޭ، ޑިޖިޓަލް އޭ، ދެފުށް ފެންނަ ސަރުކާރޭ ކިޔައިގެން ކުރައްވަން ތިޔަ އުޅުއްވާ ކަންކަން ދިވެހި ރައްޔިތުންނަކަށް އޮޅިގެންނެއް ނޫޅެއެވެ. ރައްޔިތުންގެ ތެރެއިން ގިނަ މީހުން ގަބޫލް ކުރަނީ، ތިޔަ އުޅުއްވަނީ މިހާރުވެސް ނެންގެވޭ އެއްޗެއް މަދުވެގެން، އެ އިތުރު ކުރައްވާނެ ގޮތެއް ހޯއްދަވަން ކަމަށެވެ. ތިޔަ އުޅުއްވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަންނަންވާއިރަށް އީ ވޯޓިންގ ތައާރަފް ކުރައްވާ، ޑޭޓާބޭސް މަނިކުފާނުގެ ކޮންޓްރޯލަށް ގެންނަވާ، އިންތިހާބު ގަޑުބަޑު ކުރައްވަން ކަމަށެވެ. އެކަމަކު ގަބޫލްފުޅު ކުރައްވާށެވެ. ކޮރަޕްޝަން އަކީ ޤައުމު ޑިޖިޓަލް ނުވެގެން ހިނގާ ކަމެއް ނޫނެވެ. ނޫސްވެރިކަމުގެ މިނިވަންކަން ނެތުމަކީވެސް ޑިޖިޓަލް ވުމާ، ނުވުމާ ގުޅުންހުރި ކަމެއް ނޫނެވެ. ގައުމަށް ޓޫ ޕޮއިންޓް ޒީރޯ ގެންނެވިޔަސް، ތްރީ ޕޮއިންޓް ޒީރޯ ގެންނެވިޔަސް، މަނިކުފާނުގެ ސަރުކާރުގައި ނެތް އިހްލާސްތެރިކަމެއް، ނެތް ތެދުވެރިކަމެއް، ނެތް އަމާނާތްތެރިކަމެއް އޭގެ ތެރެއަކުންވެސް ނުގެނެވޭނެ ނޫންތޯއެވެ؟ ވައްކަމެއް ކޮށްލައިގެން ނޫނީ ލޮލަށް ނިދި ނާންނަ މީހަކު، އެއްކޮށް ޑިޖިޓައިޒް ވިޔަކަސް، ވައްކަމެއް ނުކޮށް އޭނާއަކަށް ނުނިދޭނެ ނޫންތޯއެވެ؟ ވީއިރު މަނިކުފާނު ތިޔަ އުފެއްދެވި ސުވާލުގެ ޖަވާބަކީ، ދެކޮޅު ހަދަނީ، ފާޑު ކިޔަނީ ހަމައެކަނި އިދިކޮޅު ފަރާތްތަކުން އެކަންޏެއް ނޫނެވެ. އެކަމަކު މަނިކުފާނުގެ ތިޔަ ހީލަތްތެރި ރޭއްވެވުންތަކާ، ރައްޔިތުންގެ ގިނަ ބަޔަކު ދެކޮޅެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ކޮރަޕްޝަން: އެނގެނީ ކިހާވަރަކަށް؟

ކޮރަޕްޝަން: އެނގެނީ ކިހާވަރަކަށް؟

24 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިކަން ސިޔާސީ ނުކުރާށެވެ!

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު