Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާއިލީ ވެއްޓެއް ގާއިމްކޮށްދިނުން

ކުރީ ސަރުކާރުގައި ފެށި ފޯސްޓަރ ޕްރޮގްރާމް ވަރަށް ކާމިޔާބު، މިހާތަނަށް 72 ކުދިންނަށް އާއިލީ ވެއްޓެއް ގާއިމްކޮށްދެވިފައިވޭ

10 މެއި 2025 | ހޮނިހިރު 07:32

އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމަށް އެންމެ ރަނގަޅީ އާއިލީ ވެއްޓެއް

އަމްނާ އިމާދު
އަމްނާ އިމާދު | 10 މެއި 2025 | ހޮނިހިރު 07:32
އެކި ހަރަކާތްތަކާއެކު ކުޑަ ކުދިންނަށް ބޭއްވި ޚާއްސަ ހަވީރެއްގެ ތެރެއިން

އެކި ހަރަކާތްތަކާއެކު ކުޑަ ކުދިންނަށް ބޭއްވި ޚާއްސަ ހަވީރެއްގެ ތެރެއިން

ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 72 ކުދިންނަށް އާއިލީ ވެއްޓެއް ހޯދާދެވިފައިވާ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި، ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީގެ ބެއްލެވުމުގެ ދަށުން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރ ކުރުމާގުޅޭ ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސް، މިކަމަށް އާއްމު ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރި ކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުން ބަދަލުވެގެން ދިިއުމާއެކު، މިސަރުކާރުން ވަނީ ފޯސްޓަރ ޕްރޮގްރާމްގެ ނަން ބަދަލުކޮށް، ''ކޮންމެ ކުއްޖަކަށް އާއިލާއެއް'' ނަމުގައި ޕްރޮގްރާމެއް ފަށާފައެވެ.

Advertisement - newsAdvertisement

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ވަޒީރު އާއިޝަތު ޝިހާމް ވިދާޅުވީ ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ޝަޚުސިއްޔަތު ބިނާކުރުމާއި، އަޚުލާގީ މިންގަނޑުތަކާއި، އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމަށް އެންމެ ރަނގަޅީ އާއިލާގެ ލޯތްބާއި އަޅައިލުން ލިބޭ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ އާއިލީ ވެއްޓެއް ކަމަށެވެ.

މިފަދަ މާހާއުލެއްގައި ކުދިން ބޮޑުވުމަކީ އެކުދިންގެ މުސްތަގުބަލު ބިނާކުރުމަށް އެޅިގެންދާނެ ހަރުދަނާ ބިންގަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހޭ ހާލަތްތައް ވެސް މެދުވެރިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަރުކަޒުގައި ކުދިން ބެލެހެއްޓުމަކީ ވެސް ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ގޮތް ނޫންކަން ދިރާސާތަކުން އެނގޭ ކަމަށެވެ.

ކޮންމެ ކުއްޖަކީ ވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއި ރައްކާތެރިކަން ލިބިގެން، އާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަށްޓަކައި، ކޮންމެ ކުއްޖަކަށް އާއިލާއެއް ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސް، މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއީ އާއިލާތަކުގެ ހާލަތު ބަދަލުކޮށްގެން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އެ ކުދިންގެ އުފަން އާއިލާ ގުޅުވައިދިނުމާއި، ފޮސްޓަރިންގ ނިޒާމު ހަރުދަނާކޮށް، ވަގުތީގޮތުން ވެސް ކުދިން ފޮސްޓަރކޮށް އާއިލާގައި ބެހެއްޓޭނެ ނިޒާމު ގާއިމުކޮށް، ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދިނުމަށް ކުރެވެން ފެށި ވަރުގަދަ މަސައްކަތެކެއް. އަދި މި މަސައްކަތުގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް ވަނީ އާއިލީ ވެއްޓެއް ހޯދައިދެވިފައި. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޢާއިލާއެއް ހޯދައިދިނުމުގެ މަސައްކަތަށް ރައްޔިތުން ދެއްވާ ތަރުޙީބަކީ، ކުޑަކުދިންގެ ރައްކާތެރިކަމަށް މުޖުތަމަޢުން ކުރައްވާ މަސައްކަތްތަކާއި، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، ލޯބިވެތި މާޙައުލެއްގައި ހެދިބޮޑުވާނެ ކުދިންތަކެއްކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެވޭކަމުގެ ރީތި މިސާލެއް.
އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް

މީގެ އިތުރުން ވަޒީރު އާއިޝަތު ޝިހާމް ވަނީ ކުރިއަށް އޮތް ތަނުގައި ކުޑަކުދިންކުދިންގެ ހައްގުތަކާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމުގައި ސާބިތުވެ ތިބުމަށް އިލްތިމާސްކުރައްވާފައެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން". މި ޝިއާރެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް