Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔުމްނު ވެއްޓުނު ހާދިސާ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

މަސްތުވާތަކެއްޗާއެކު ޕާޓީކުރި މީހުންގެ ތެރޭގައި ޔައްސާރު ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 މެއި 2025 | ބުރާސްފަތި 17:26
ޔުމްނު ވެއްޓުނު ހާދިސާ: ހ. ފެންޓެނޯއީ ގެ ކައިރީގައި ރައުދު ހަރަކާތްތެރިވަނީ

ޔުމްނު ވެއްޓުނު ހާދިސާ: ހ. ފެންޓެނޯއީ ގެ ކައިރީގައި ރައުދު ހަރަކާތްތެރިވަނީ

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓޮނޯއީގޭގެ 9 ވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނުކަމަށް ބުނި ހާދިސާ ހިނގިރޭ ފެންޓޮނޯއީ ގޭގައި އިތުރު 4 މީހަކު ތިބިކަމަށް ޔުމްނުއާއި ހަވާލާދީ އޭނާގެ އާއިލާއިން ބުނެފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި ފުރަތަމަ ފަހަރަށް ޔުމްނުގެ ފަރާތުން މައުލޫމާތު ދިނުމަށް އޭނާގެ އާއިލާއިން ދިން އިންޓަރވިއުއެއްގައި ބުނީ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާއި ގުޅިގެން ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ވަރެއްގެ ތަހްގީގެއް ކުރިއަށް ގެންގޮސްފައެއް ނުވާ ކަމަށެވެ. އާއިލާއިން ބުނީ ޔުމްނު ބުނެފައިވަނީ އެގެއަށް ކުރިންވެސް ގޮސްގައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ޔުމްނު އަމިއްލައަށް ފުއްމާލީކަމަށް ފުލުހުން ބުނި ވާހަކަ ދޮގުކޮށް ޔުމްނުގެ އާއިލާއިން ބުނެފައިވަނީ އެފަދަ ކަމެއް އަމިއްލައަށް ނުކުރާ ކަމަށެވެ.

މި މައްސަލައިގައި ޔުމްނު ވައްޓާލުމުގައި ބައިވެރިވުން އޮތްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުގެ އިތުރުން އިތުރު 4 މީހަކު އެގޭގައި ތިބި ކަމަށް ޔުމްނު ބުނެފައިވެއެވެ. އަދި އޭނާ ވެއްޓުމުން އޭނާ އެތަނަށް ދޫކޮށްލީ ބަޔަކު ކަމަށް ޔުމްނު ވަނީ ބުނެފައެވެ. އަދި މި މައްސަލައިގެ މައުލޫމާތު ފުލުހުން އާންމުކޮށްފައިވަނީ ޔުމްނުގެ ބަޔާން ނުނަގައި ކަމަށް ވެސް ޔުމްނުގެ އާއިލާއިން ބުނެފައިވެއެވެ.

މީގެ އިތުރުން ރައުދުގެ އިތުރުން ފެންޓޮނޯއީގޭގައި ރައުދުގެ އިތުރުން ޔޫސުފް ޔައްސާރު އަބްދުއްޣަފޫރު ހުރިކަމަށް ޔުމްނު ވަނީ ބުނެފައެވެ. ޔައްސާރު އަކީ މިނިސްޓަރ އަމީންގެ ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ފުލުހުން ބުނާ އެކަކެވެ. ޔުމްނު ބުނެފައިވަނީ އޭނާ ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށެވެ. އަދި އެގޭގެ ލޮކޭޝަން ވެސް ފޮނުވީ އޭނާ ކަމަށެވެ.

ފުލުހަށް ގެންގޮސް ވާހަކަ ދެއްކި އިރު ބުނަމުން ދިޔައީ އެގޭގައި ކެމެރާއެއް ނެތް ކަމަށާއި، އަދި އެގެޔަކީ ރެންޑަމް ގެއެއް ކަމަށް އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދީފި، އެގެޔަކީ ކުރިންވެސް އޭނާ ގޮސް އުޅުނު ގެއެއް ކަމަށް. އަދި އެގެއަށް އިންވައިޓް ކޮށްފައިވަނީ ޔައްސާރު ކަމަށް. ގޭގެ ލޮކޭޝަން ފޮނުވީވެސް ޔައްސާރު. ދެގެއަށް ވެސް ދިޔައީ ޔައްސާރުގެ އިންވިޓޭޝަނަކާއެކީގައި. އެގޭގައި ހިނގައިދިޔަ ހާދިސާގައި ޔުމްނުގެ އަނގައިން ބުނެފައިވަނީ، އެފަދަކަމެއް އަމިއްލައަކަށް ނުކުރަމޭ. "އަޅުގަނޑު އަމިއްލައަކަށް ނުވެއްޓެމޭ" ބުނެފައިވޭ. އެތަނުގައި ރައުދުގެ އިތުރުން ވެސް 4 މީހަކު ތިބި. އެހެންވެ ފުލުހުން ހަދަމުންދިޔަ ދޮގުތަކާއި، ދެން އެހެންތަންތަނުން ހަދަމުންދިޔަ ދޮގުތަކާއި، މި ހުރިހާކަމެއްގެ އަސްލު ކިޔައިދޭން މިއިނީ. އެންމެފަހު ބަހަކަށް ޔުމްނު ބުނެފައިވަނީ އިންސާފު ލިބޭނެހޭ، މިއީ އަމިއްލައަށް ކުރިކަމެއް ނޫނޭ. މިއީ ބަޔަކު ކުރިކަމެކޭ
ޔުމްނުގެ އާއިލާ

ޔުމްނުގެ އާއިލާއިން ބުނީ އޭނާ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކު ކަމަށެވެ. ޔުމްނުގެ ދައްތު ބުނީ އޭނާ މި ވާހަކަތައް ހާމަކުރުމުން އޭނާގެ ދިރިއުޅުމަށް ވެސް ވަރަށް ބައިވަރު އަސަރުތަކެއް ކުރާނެ ކަމަށެވެ. ނަމަވެސް އިންސާފު ހޯދަން ބޭނުންވާ ކަމަށެވެ.

ޔުންމުގެ ދައްތަ ބުނީ ސުވާލަކަށް ވަނީ މި މައްސަލައިގައި އެކުލަވާލި ކޮމިޝަނުން އާއިލާއާއި އެއްވެސް މުއާމަލާތެއް ކޮށްފައި ނެތީ ކީއްވެގެންތޯއެވެ. އަދި ފުލުހުން މި މައްސަލައިގައި އިތުރު ސުވާލުތަކެއް ނުކުރާ ކަމަށާއި، ޔުމްނުގެ އަގު ވައްޓާލާ މުޅި ރާއްޖެއަށް އޭނާއަކީ ވަކިކަހަލަ މީހެއްކަމަށް އަންގައިދޭން މަސައްކަތް ކުރި ކަމަށެވެ. އަދި މައްސަލަ ބަލަން ތިބި މީހުން ހެދީ ދޮގު ކަމަށާއި، ސުވާލުކުރުމުންވެސް ހެދި ދޮގު ކަމަށެވެ.

ދެން ފެނުނީ ކޮމިޝަނުން ޕޯޓަލްއެއް ތައްޔާރުކުރިތަން. އެއީތޯ ކޮމިޝަނަކުން މައްސަލަ ބަލާގޮތަކީ؟ ޕޯޓަލް އިން ރޭންޑަމްކޮށް މި ފޮނުވަނީ މައުލޫމާތު. އެއީތޯ މައްސަލަ ބަލާގޮތަކީ؟ ފުލުހުން ކީއްވެގެންތޯ ޔުމްނުގެ ސްޓޭޓްމަންޓެއް ނުނަގާ ހުރިހާ އެއްޗެއް ޕަބްލިކް ކުރަންޖެހުނީ. އެއީތޯ ތަހުގީގުކުރިއަށްގެންދާ ގޮތަކީ؟
ޔުމްނުގެ އާއިލާ

މަސްތުގެ ހާލަތުގައި ޕާޓީކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ 8 މީހެއްގެ ވަނަވަރު ވަނީ އާއްމުކޮށްފައެވެ.

  • ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ
  • އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
  • އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ (ޓްރާންސްޕޯޓް މިނިސްޓަރު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް؛ މިއަދާ ހަމައަށް ހުރީ ރައީސް އޮފީހުގެ މަގާމެއްގައި)
  • ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ (އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް)
  • ޔޫސުފް ޔައްސާރު އަބްދުއްގަފޫރު، 28، ހ. މީނާޒް
  • އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
  • ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ
  • އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!

ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!

30 މާރިޗު 2017
މަޖިލީހުން މިއަދު ފެނިގެން ދިޔައީ ހަޑި މުޑުދާރު އަމަލުތަކެއް: ޝާހިދު

މަޖިލީހުން މިއަދު ފެނިގެން ދިޔައީ ހަޑި މުޑުދާރު އަމަލުތަކެއް: ޝާހިދު

27 މާރިޗު 2017
އަލީ އާރިފް އެންދެރިމާގެއަށް ވަޑައިގެން ފާރިސްއާ ބައްދަލުކޮށްފި

އަލީ އާރިފް އެންދެރިމާގެއަށް ވަޑައިގެން ފާރިސްއާ ބައްދަލުކޮށްފި

14 މާރިޗު 2017
ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ، ޖަލްސާ ހުއްޓުވައިފި

ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ، ޖަލްސާ ހުއްޓުވައިފި

09 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު