Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސީހުގެ ވޯޓު

މަޖިލީހުން މިއަދު ފެނިގެން ދިޔައީ ހަޑި މުޑުދާރު އަމަލުތަކެއް: ޝާހިދު

ޕީޕީއެމްގެ މެމްބަރުންވެސް ޕީޕީއެމްއަކަށް އިތުބާރެއް ނުކުރޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 27 މާރިޗު 2017 | ހޯމަ 23:31
އަބްދުﷲ ޝާހިދު

އަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުތަށް ނެތިކޮށްލާ، ހަމައެކަނި ތައްގަނޑު ޖެހުމަށް އޮތް މަޖިލީހެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރުމަށް މަސައްކަތް ފެށިއިރު މިއަދު މަޖިލީހުގައި ފެނިގެން ދިޔައީ ހަޑި މުޑުދާރު އަމަލުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުނޫޒުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމަވުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވީ މިއަދު ޕީޕީއެމް ޔާމީން ފެކްޝަނުނުގެ މަޖިލިސް މެމްބަރުން ޖަލްސާއަށް ވަޑައިގެންނެވީ އަނގަބުން ބުނަން ޖެހޭ ބަސް ޕްރެކްޓިސް ކުރައްވައިގެން ކަމަށެވެ.

މިއީ އެޕާޓީގެ މެންބަރުންނަށް ވެސް އެޕާޓީން އިތުބާރު ނުކުރާތީ ފެނިގެންދިޔަ ކަމެއް ކަމަށާއި ރޮކް ކޯލް އަކަށް ދިޔައީ އެހެންވެގެން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މެންބަރުން ލައްވާ ކަރުދާސް އުފުއްލައްވައިގެން ގަދަބާރުން މަސައްކަތް ކޮށްގެން އިންނަންޖެހޭ މަޤާމެއް ނޫން ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވާ ގޮނޑި އަކީ" ޝާހިދު ވިދާޅުވި އެވެ.

ޕީޕީއެމް އިން 61 މެންބަރުންގެ ވޯޓުގެ މެޖޯރިޓީއެއް އޮތް ޕާޓީ މިއަދު ގަދަބާރުން، ކަރުދާސް އުފުލައިގެން ވެސް ލިބުނީ 48 މެންބަރުން ވޯޓު ކަމަށް ވިދާޅުވެ މިއީ އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބެއް ކަމަށް ޝާހިދު ސިފަކުރެއްވި އެވެ.

ސަރުކާރު ދަނީ ގުޑު ގުޑު އަޅަމުން ކަމަށާއި ވަރަށް އަވަހަށް މި ސަރުކާރު ބަލި ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މިއަދު ރައްޔިތުންނަށް ލިބިފައިވާ ހިތްވަރަކީ ރައީސް ނަޝީދުގެ ހިތްވަރުގަދަކަމާއި، ރައީސް މައުމޫންގެ ހިކުމަތްތެރިކަމާ ރައްޔިތުންނަށް ހުރި ލޯތްބެއްގެ ސަބަބުން ކަމަށެވެ. އަދި ގާސިމް އިބްރާހިމް ރައްޔިތުންނަށް ހުރި ލޯތްބާ، ޝެއިހު އިމްރާނުގެ ހިތްވަރުގެ ސަބަބުން މިހިސާބަށް އާދެވިފައިވާ ކަމަށް ވިދާޅުވަމުން މިއީ އެތަށް ރައްޔިތުންގެ ބުރަ މަސައްކަތާ އިންސާފަށް ލޯބިކުރާ އެންމެންގެ ބުރަ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރައީސް އަބްދުﷲ ޔާމީން މަޖިލީހުގެ މެންބަރު ކަމަށް ތިން ފަހަރުގެ ތެރެއިން ދެ ފަހަރު އިންތިހާބުވީ ވޯޓެއް ނެތި އެވެ. އެހެން ކަމުން ވޯޓަކީ އެމަނިކުފާނަށް ވަރަށް ބީރައްޓެހި އެއްޗެކެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު