Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މުއިއްޒޫ. ހެޔޮނުވާނެ ލަނޑުދޭ މީހުން ބޭރުކޮށްދީ

ރައީސް މުއިއްޒު ކުރައްވާ ހުރިހާ ކަމެއްހެން ދަނީ ފެއިލްވަމުންނެވެ. އިއުލާންކުރާ ބޮޑެތި ޕްރޮޖެކްޓަކަކީ ސުވާލު އުފެދޭ ހަގީގަތެއްނެތް ޕްރޮޖެކްޓްތަކެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 މެއި 2025 | ބުރާސްފަތި 11:48
ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން

ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން

ރައީސް މުއިއްޒުއަށް

ހެޔޮއެދުމާއި ނުހަނު އިޚްލާސްތެރިކަމާއެކު ދަންނަވަމެވެ.

އަހަރެންމީ އަބަދުވެސް މަނިކުފާނަށް އެންމެ ހެޔޮއެދޭ، އަދި އެންމެ ގާތުގައިވާ އެކަކީމެވެ. މަނިކުފާނުގެ ސަރުކާރަށް ވީހާވެސް ކުރިއެރުން އެދޭ މަނިފާނުގެ ލެގަސީތައް ދެމެހެއްޓުމުގައި އަރުވާ ޖަހައިގެން ހުރި މީހަކީމެވެ.

މަނިކުފާނެވެ. އަހަރެންނަކީ އެއްވެސް ވަރަކަށް މަނިކުފާނަށް ކުޑަވެސް ދެރަގޮތެއްވާން އެދޭނެ މީހެއް ނޫނެވެ. މަނިކުފާނަށް ދުރުންވިއަސް އަދި ގާތުންވިއަސް ކުޑަވެސް ގެއްލުމެއް ލިބޭން މަށަކަށް ވަރިހަމަވެގެނެއް ނުހުރެވޭނެއެވެ. އެއްގޮތަކަށްވެސް އެއިން ކަމަކަށް ފަރުވާ ކުޑަކޮށްލައިގެނެއް މަށަކަށް ހަމަ ނިންޖެއް ނުނިދޭނެއެވެ.

މަނިކުފާނެވެ. މިސީޓި މިހާ ފާޅުކަން ބޮޑު ގޮތެއްގައި މިފޮނުވަނީވެސް އެހެންވެގެންނެވެ. ސިއްރުން ބުނެލައިގެން ނޫންނަމަ ވަޓްސްއަޕް މެސެޖަކުން ބުނެލައިގެން މަނިކުފާނު އަޅުއްވާ ނުލައްވައި ހުންނަވަފާނެތީއެވެ.

މަނިކުފާނެވެ. މަނިކުފާނުގެ ގާތުގައި ތިޔަ ތިބޭ މީހުންގެ އަމަލުތަކުން ހަމަ ހަގީގަތުގައިވެސް އަހަރެން ކަންބޮޑުވަމެވެ. މަނިކުފާނުގެ ގާތުގައި ކިތައްމެ މަތި އޮމާންކޮށްފައި ފަށްފަށުން ސަނާކިޔަސް އެމީހުންގެ އަމަލްތައް އެހުރީކީ މަނިކުފާނަށް ހެޔޮއެދިގެނެއް ނޫނެވެ. ގާތުގައި ހުރެގެން ހެޔޮއެދިފައި ލޯމަތިން ދުރަށް ހަމަ ޖެހިލެވޭއިރަށް އެބަލަނީ މަނިކުފާނަށް ގެއްލުމެއް ދެވޭތޯއެވެ. ކަމަކަށްފަހު ކަމެކެވެ. ލަނޑަކަށްފަހު ލަނޑެކެވެ. މަނިކުފާނަށް ރޭކާނުލިއަސް މަށަށް ވަރަށް ސާފުކޮށް ބޮޑުމަންޒަރު އެބަފެނެއެވެ.

ދެލޯނޭދި އެދޭ މަނިކުފާނެވެ. މަނިކުފާނުގެ ސަމާލުކަމަށް ބައެއް ކަންކަން ގެންނާނަމެވެ. ނިކަން ކުރީކޮޅުން ފެށޭތޯ ބަލާނަމެވެ. ތިޔަ ރަސްމާލެއިންނެވެ. މަނިކުފާނުގެ ބޮލަށް ވަނީ ގާތުގައި އުޅޭ ބައެކެވެ. ދައުލަތުން ހަތަރުއަނާވެސް ހޭދަނުކޮށް އެވަރުގެ ބޮޑު މެގަ ޕޮރޮޖެކްޓެއް ހިންގާލެވިދާނެކަމަށް ބަޔަކު ލަފާދިނީއެވެ. ރާޖުއާ ބަޔަކު ޖާމިނުކުރުވާ ތިޔަގަނޑެއް ގަނެ މަނިކުފާނު މިހާރު ތިޔަވަނީ އެކަމަކުން ބޯދަމައިނުގަނެވޭނެ ވަރުކޮށްފައެވެ. އެތަނާ މާލެއާ ދެމެދު ތިޔައަޅުއްވަންއުޅުނު ބިއްލޫރި ޓަނަލުވެސް އެހުރީ އެހިސާބުގައެވެ. ދައްކާލިމޮޅު އެނިމޭޓެޑް ވީޑިއޯއާއެކު ހީނހީފައި އަތްފޫދާވަރަށް އެމީހުން އަތްޖެހިއަސް އެއީ މަލާމާތުގެ ރަކި ހިންޏެކެވެ. އެކަމަކު އެކަންވެސް އެވަނީ މަނިކުފާނުގެ ބޮލުގައެޅިފައެވެ. މިއުޅޭ ސައީދުމެން ޗައިނާއިން އައިގޮތައް އައިސްވެސް 800 މިލިއަން ޑޮލަރެއްގެ ވާހަކަ ދެއްކެވިއެއް ނޫންތޯއެވެ. އޭގެ އަވައިގާޖެހި މަނިކުފާނުވެސް ފެހި ސިގްނަލް ދިއްލީކީ ވަކިވަރަކަށް ނޫނެވެ. އެއަށް ބަރޯސާވެ އިންޑިއާއަށް ރަތްމަހަކަށް ނުގޮވާވަރަށް އެއްޗެހިކިއުއްވުނީތީ މަނިކުފާނު ތިވަނީ އެލަދުވެތިކަމުގައިވެސް ހަފުސްވާވަރުވެފައެވެ.

މަނިކުފާނެވެ. ނިދީގައި ހުވަފެނުގައިވެސް މަށަށް ފެންނަނީ ތިނަދޫ އެއަރޕޯޓަށް ބޯޓު ތިރިކުރާ މަންޒަރެވެ. އެހެންޏާފަހެ އެރަށުފަޅުގައި އެއަޕޯޓް އަޅަން ހަވާލުކުރީކީވެސް އާދައިގެ ބަޔަކާ ނޫންވިއްޔާއެވެ. އެކަމަކު މިހާރު އޭގެ ރާގުވެސް އެވަނީ ބަދަލުވެފައެވެ. މަނިކުފާނަށް އެލަނޑު ދިންމީހުންވެސް އެތިބީ ގާތުގައި ހީނހީފައި އަތްޖަހާށެވެ. އައްޑޫ ގުޅާލާ ބްރިޖާ ގުއިފުނަދޫގައި އަޅާ ފައިނޭންޝަލް ސެންޓަރުގެ ވާހަކަ މަކިޔައި ނުދިނަސް އެކަމުން ލިބުނު ލަގާ މަނިކުފާނަށް ފަހުމްވާނެއެވެ. އެދޯކާ ދިންމީހުންވެސް އެތިބީ ތިބިގޮތަށެވެ.

މަނިކުފާނެވެ. ތިޔަ ބަންކަރިންގެ ވާހަކަ ނަގަނަގާފައި މީހުން އެދައްކަނީކީ އާދައިގެ ވަރަކަށް ނޫނެވެ. ޑޮލަރު އޮހޭނެކަމަށް ބުނި އެ ޕްރޮޖެކްޓަށް ގެނައި ބާޖްގެ ވާހަކައާއި ދޮޅަހަކަށް ރުފިޔާވެސް ނުލިބުމާ ގެނައި ކުންފުނީގެ ކިބަޅިފަރާތް ގޮވާލީމާ އެމީހުން އެތިބީ އަރާ އެއްފަރާތުގައެވެ. މުޅި ޕްރޮޖެކްޓުން ފެއަށް ޖެހި މަށެއް ނޫނޭ މަށެއް ނޫނޭ ގޮވާލަގޮވާލައެވެ.

ދެން ތިޔަބޭއްވީ ހަލީލުމެންގެ އަވައިގާ ޖެހިގެން ރެކޯޑެއް ގާއިމް ކުރާނަމޭ ހިތާ ބޮޑު ޕްރެސްކޮންފަރެންސެކެވެ. ނޫސްވެރިން އެއަޅާލީ އަމަށަކު ވަރަކަށް ނޫނެވެ. އެންމެ ދިގު ޕްރެސްގެ ރެކޯޑަށް ނޮމިނޭޓް ނުވަނީސް އެންމެގިނައިރު ދޮގުހެއްދެވުމުގައި ހޭދަކުރެއްވި ރައީސްގެ ލަގަބު އެންމެން އެމެނަށް އެދަނީ މަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުންނެވެ. މިއަދުވެސް ހަލީލުމެން އެތިބީ ބޮޑު މުސާރަ ނަގައިގެން ހެވި ދިލިފައެވެ. ހުރިހާއެއް ޗަކާ އާޑަފުރައްސާރައެއް މަނިކުފާނަށެވެ.

މަނިކުފާނެވެ. މީކީ މަގޭ ހިތަށް ކުޅަދާނަ ކަންކަމެއް ނޫނެވެ.

މަނިކުފާނެވެ. އަހަރެންވާ ލަދުން ބޯހަލާކެވެ. މަގެއްގެމައްޗަށް މިހާރު ނުކުމެލެވެން ނޯވެއެވެ. ތިޔަ ގެނައި ސައޫދީ ޕްރިންސްތައް ގިނަކަމުންނެވެ. މުޅި ރަށުތެރޭގައިވެސް އެފަދަ ޕްރިންސްތަކެވެ. ޓީވީއެއް ހުޅުވާލިއަސް ނޫހެއް ކިޔާލިއަސް ފޭސްބުކާއި ޓްވިޓަރއަށް ވަދެލިއަސް މުޅިންވެސް އޭގެ ޕްރިންސްތަކެވެ. ފަގުޑިތައް ބިމުގައި ކޭތާހާ ބޮޑެތި ޕްރިންސުންނެވެ.

މަނިކުފާނެވެ. ނިކަން ހޭވެރިވެބަލާށެވެ. ތިޔަގެނައި ޕްރިންސެއްވެސް ތިޔަގެނައީ ގައިމު ބަޔަކު ބުނެގެންތާއެވެ. އެކަމުގެ މެޑަލް އެބަޔަކު ޖެހީއެވެ. މަނިކުފާނުގެ އަރިހުގައެވެ. އެކަމަކު ކަންވެ ނިމުނުއިރު ހުރިހާ ދުއްޕާނެއް މަނިކުފާނަށެވެ. މީހުން ހާދަހާވާއެއްޗިއްސެއް މަނިކުފާނަށް އެބަގޮވައެވެ. ހާދަ މަލާމާތެއް އެބަކުރެއެވެ.

މަރުދުވަހަށް ދާންދެންވެސް ލޮލުގެ ކޮއެހެން މަބަލަމުން އަންނަ މާތް އިއްޒަތްތެރި މަނިކުފާނެވެ. ދުވަހަކުވެސް މަގޭ ބަހެއް އަހާނިއްޔާ އަވަހަށް އެމީހުން ދުރުކުރާށެވެ. މިއީ މަގޭ ދަރިންނަށްވެސް ނުދޭހާ ހެޔޮ ނަސޭހަތެކެވެ. މަނިކުފާނަށް މަހާ ހެޔޮ އެދޭނެ ދެވަނަ މީހަކު ހުންނާނެ ހެނެއް ހީއެއް ނުވެއެވެ. މަނިކުފާނަށް ބެދޭމަޅި ނުފެނުނަސް އެވެރިން އެދަނީ މަނިކުފާނު ކުޑަކުޑަކޮއްޓަކަށް ލަމުންނެވެ. ހަފަރާތުން ބޮޑެތި މަޅިތައް ޖަހާ މަނިކުފާނު މުޅިދުނިޔެއަށް ގިނަކުރަމުންނެވެ. ނިންމާލަމުން އިހުބަހަކަށާއި ފަހު ބަހަކަށްވެސް ބުނަމެވެ. އަވަހަށް އެމީހުން ތިޔަތަނުން ބޭރުކުރާށެވެ. ފުލެއް ބިތެއްނެތް މޮޅެތި ވާހަކަތަކައިގެން އަންނަ ރޯނު އެދުރުންގެ އަވައިގާ ނުޖެހި އަވަހަށް ޖާނު ސަލާމަތް ކުރާށެވެ. ބައްޕަގެ ފޮތުން ބަލައިލައިގެން ނަމަވެސް މަމިދިން ނަސޭހަތާމެދު ފުންކޮށް ވިސްނާލާނެ ކަމަށް އުއްމީދު ކުރަމެވެ. ވަރަށް ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު