Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒުއަށް ބޭނުންފުޅުވަނީ ރަނގަޅު އެނިމޭޓަރަކާއި ރެންޑަރިން ސިސްޓަމެއް

ކޮންމެއަކަސް އަށްބިލިއަން ޑޮލަރުގެ މިހާ ބޮޑު އިންވެސްޓްމަންޓެއް ބަޔަކު ރާއްޖޭގައި ކުރާނީ ކޮންމެވެސް ފާއިދާއެއް ވާނެތީތާއެވެ. ގައިމު ފީސަބީލިއްލާހި އަކަށް މިވަރުގެ ކަމެއް ނުކޮށްދޭނެތާއެވެ. ކޮންމެއަކަސް މިކަންވެސް ދާނެހެން ހީވަނީ އަންޑަރވޯޓަރ ޓަނަލްއާއި އޯވަރސީ ޓާމިނަލްއާއި ދިޔަމަގުން ހެންނެއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 6 މެއި 2025 | އަންގާރަ 12:48
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ވިސްނާ ފިކުރު ކުރާ މީހަކަށް މިހުންނަނީވެސް އިބްރަތްތެރި ވާހަކަތަކެވެ. އަޖައިބުވެ އަންތަރީސް ކުރުވާނެހާ ކަންތައްތަކެވެ. ހައިރާންވެ އިނގިލީގައި ދައިގަނެވޭނެ ހާ މަންޒަރުތަކެވެ. މީހަކު މޮޔަވެދާނެހާ އަޑުތަކެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީއްސުރެ މިއަދާއި ހަމައަށް ސޮއިކުރައްވަމުން ގެންދަވާ އެއްބަސްވުންތަކާއި އެމްއޯޔޫތަކާއި މެދު ވިސްނާ ފިކުރު ހިންގާލުމުން ހަމަ ހަގީގަތުގައިވެސް ލަދުން ބޯހަލާކުވާހާ ވެއެވެ. މީހަކު ފަހަރުގައި ފޮންޏެއް ކަނޑާލަފާނެއެވެ. އަޅިއެއް ބުރުވާލަފާނެއެވެ. ކަރައެއްވެސް ފަޅަލަފާނެއެވެ. އެކަމަކު މީދެން ތަންފުކެއް ބޮޑުވަރެއް ނޫންތޯއެވެ. މިދައްކަނީ މިގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ ވިއްޔާއެވެ. އަންޑަރ ވޯޓަރ ޓަނަލްއިން ފަށަމާތޯއެވެ. ވާހަކަފުޅު ދައްކަވާލެއްވިއިރު ހީވަނީ އޭގެ ތެރެއިން ދަތުރުކުރެވޭ ހެންނެއެވެ. ޓަނަލްގެ ވަށައިގެން ހުރި ބިއްލޫރިތަކުން ބޮޑެތި ރަތްމަހާއި، މާމެއިޑާއި، ކަނޑު ރަސްގެފާނުވެސް ފެންނަމުންދާ ހެންނެއެވެ. ވިދާޅުވީ ކަމުގެ މާހިރުން މިވަގުތުވެސް އެކަމުގެ ފީސިބިލިޓީ ހަދަމުންދާ ކަމަށެވެ. ތިނަދޫގައި އަޅަންބުނި އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވާހަކަ މިފަދައެވެ. ޓާނިމަލް ހުންނަނީވެސް ފެން މަތީގައެވެ. ބިއްލޫރިންނެއެވެ. އެވާހަކަ އަޑު އިވުނު ދުވަހުވެސް ކުއްލި އަކަށް ހަނދާނަށް އައީ ސުލައިމާނުގެފާނާއި ބަލްގިސް ރަނިންގެ ވާހަކައެވެ. އައްޑޫ މީދޫއާއި ހިތަދޫއާއި ދެމެދު އަޅާ ބްރިޖްވެސް ހަމަ އެފަދައެވެ. ގއ. ވިލިނގިލި ފަޅުތެރޭގައި އަޅާ އިންޓރަނޭޝަނަލް އެއަރޕޯޓްވެސް ހަމަ މިފަދައެވެ. ގީޑީޕީއަށް އަހަރަކު 400 މިލިއަން ޑޮލަރުގެ ނަފާވެރިކަމެއް ލިބޭނެ ކަމަށް ވިދާޅުވެ ފެއްޓެވި ބަންކަރިންގެ ހިދުމަތްވެސް ހަމަ އެފަދައެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ކުންފުނިތަކުން އިންވެސްޓްމަންޓް ލޯނުތައް ހޯދަން އަންނާނެ ކަމަށް ވިދާޅުވި، ހުޅުއްވި އިންވެސްޓްމަންޓް ބޭންކް ވެސް ހަމަ މިފަދައެވެ. މިހެންގޮސް ލިސްޓް ދިގު ކުރާކަށް ލިޔާނެ ކަމެއް ނެތެއެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ކުރެހުންތައް އެންމެ ފުރަތަމަ ދައްކާލި ދުވަހުވެސް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ހެންނެއެވެ. ކަނޑުމަތީގައި ދުވާ މޮނޯރޭލްތަކާއި، ކޭބަލް ކާރުތަކާއި ގުޅިފައި އޮތް މިސެންޓަރު ފުރަތަމަ ހުރީ މާލެއާއި ހުޅުލެއާއި ދޭތެރޭގައި އޮތް ގުއި ފުނަދޫގައެވެ. ކުރެހުންތައް ދައްކާލިއިރު މަޝްރޫއު އޮތީ ފަށަން ރެޑީވެފައެވެ. ތަރީހުތައްވެސް ދެއްވިއެވެ. ނަމަވެސް މިމަހުގެ ފަސްވަނަ ދުވަހު އަށް ބިލިއަން ޑޮލަރުގެ މާބޮޑު ފޮރިން އިންވެސްޓްމަންޓެއްގައި ސަރުކާރުން ސޮއިކުރި ވާހަކަ އަޑުއިވުމާއި އެކު، މިމަޝްރޫއު އަނެއްކާވެސް ބަލާލަން ބޭނުންވެއްޖެއެވެ. އަނެއްކާވެސް މިފެނުނީ ކުރިން އާދަޔާ ޚިލާފު މޮޅު ކުރެއްހުމެއް ހައްދައިގެން ފޮނަދޫގައި ތަރައްޤީކުރައްވަނީ ކަމަށް ވިދާޅުވެ ދެއްކެވި ފައިނޭންސް ސެންޓަރެއެވެ. ނަމަވެސް މިފަހަރު ފޮނަދޫއަކު ނޫނެއެވެ. އައު ކުރެހުންތައް ހުރީ ހުޅުމާލެއަށެވެ. ތަން ބަދަލުވީ ކިހިއްނެއް ކަމެއް ކުރެހުންތައް ބަދަލުވީ ކިހިއްނެއް ކަމެއް ޕްލޭން ބަދަލުވީ ކިހިއްނެއް ކަމެއް ދެނަހުރި މީހަކު ނެތެއެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަން ސަރުކާރުން ހުޅުވާލިކަން ދެނަހުރި މީހަކުވެސް ނެތެއެވެ. ބީލަމަށް ލީ ކަމެއް ޝަރުތެއް ބެނިފިޓެއް އަދާކުރަންޖެހޭ ޒިންމާއެއް ދެނަހުރި މީހަކު އަމުދުން ނެތެއެވެ.

އެއަށްވުރެ ހައިރާންކުރުވަނިވި ކަމަކީ އަށް ބިލިން ޑޮލަރުގެ މިހާބޮޑު އިންވެސްޓްމަންޓެއް މިރާއްޖޭގައި ކުރަން ސޮއިކުރި ކުންފުނީގެ ވާހަކައެވެ. މިކުންފުންޏަކީ ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ކުންފުންޏެކެވެ. ނަމަކީ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އެވެ. އިންޓަރނެޓް ހާވާލުމުން ފެންނަނީ ކުންފުނީގެ ރަޖިސްޓްރީއާއި ކުންފުނީގެ ހެޑް އޮފީސް ދުބާއީގައި ހުއްޓައެވެ. ކުންފުނީގެ ވެރިޔާ އިންވެސްޓް ކުރި އެހެންތަނެއް އެހެން ގައުމެއް ހޯދާ ހޯދާވެސް ނުފެނުނެއެވެ.

ކޮންމެއަކަސް އަށްބިލިއަން ޑޮލަރުގެ މިހާ ބޮޑު އިންވެސްޓްމަންޓެއް ބަޔަކު ރާއްޖޭގައި ކުރާނީ ކޮންމެވެސް ފާއިދާއެއް ވާނެތީތާއެވެ. ގައިމު ފީސަބީލިއްލާހި އަކަށް މިވަރުގެ ކަމެއް ނުކޮށްދޭނެތާއެވެ. ކޮންމެއަކަސް މިކަންވެސް ދާނެހެން ހީވަނީ އަންޑަރވޯޓަރ ޓަނަލްއާއި އޯވަރސީ ޓާމިނަލްއާއި ދިޔަމަގުން ހެންނެއެވެ.

މިހާތަނަށް ސަރުކާރަށް ދޮޅު އަހަރުވީއިރު، ވައުދުވެފައިވާ ޕްރޮޖެޓްގެ ތެރެއިން ކުނި ކޮއްޓެއްވެސް އަދި އަޅާ ނިންމައެއް ނުލެވެއެވެ. ހާރަކަސް ތަރާވީހަކަސް ސަރުކާރަށް ނިންމުނު މަޝްރޫއުއަކަށް އޮތީ ކެޓް ޝެލްޓަރއެވެ. އެވެސް އިއުލާންކުރި ގޮތާއި ދިމާ އިދިކޮޅަށެވެ. އެތަނުގައި ހުންނާނެ ހިދުމަތްތައް އިއުލާންކުރިއިރު އިންސާނުންވެސް ހަސަދަވެރިވާހާވެއެވެ. އެއިރު މަވެސް ބުޅަލެއް ނަމައޭ ބުނެއުޅުނު މީހުންވެސް އުޅުނެއެވެ.

ދޮޅު އަހަރު ތެރޭގައި ސަރުކާރު ހިންދަމާނުލައި މަސައްކަތްކޮށްގެން ކެޓް ޝެލްޓަރއެއް ހުޅުވިތާ 6 އެއްކަ މަސްވާއިރު، އަދި އެތަނަށް ގެންދެވުނު ކަމަށްވީ 30 ބުޅަލެއެވެ. ބާކީ ތިބި ދެހާހެއްހާ ބުޅާ މާލޭގެ މަގުތައް މަތީގައި ދުވެ ނަގަނީއެވެ. މިޕްރޮޖެޓްވެސް އޮތީ މިކަހަލަ ގޮތަކަށެވެ.

ޤަބޫލުފުޅުކުރައްވާށެއެވެ. ދިވެހި ރައްޔިތުންނަކީވެސް ތިޔަ ހީފުޅު ކުރައްވާހާ ގަމާރު ބައެއް ނޫނެއެވެ. އެހާ ޖާހިލުބައެއްވެސް ނޫނެއެވެ. ފާޑު ފާޑު އެއްޗެހީގައި ސޮއިކުރައްވައިގެން ފާޑު ފާޑު ކުރެހުންތައް ދައްކަވައިގެން ފާޑު ފާޑު ވާހަކަ ދައްކަވައިގެން ސަރުކާރުން ދަމާހާ ގުއިރޯނެއްގައި ޖެހޭނެ މާގިނަ ބަޔަކު މިއަދަކު ނޫޅެއެވެ.

މީހުން ބުނަނީ ރަނގަޅެށެއެވެ. ރައީސް މުއިއްޒުއަށް ބޭނުންފުޅުވަނީ ރަނގަޅު ގްރެފިކްސް ޑިޒައިނަރަކާއި، މޮޅު އެނިމޭޓަރަކާއި، ހައި އެންޑް ރެންޑަރިންގ ސިސްޓަމެކެވެ. އޭރުން ހުންނާނީ ރަނގަޅަށެއެވެ. ތަރައްޤީކުރެވިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ ބައެއް ބޭފުޅުންނަށް ރާއްޖޭގެ ފަނޑިޔާރުގެ ރަނގަޅުވެދާނެ!

ސިޔާސީ ބައެއް ބޭފުޅުންނަށް ރާއްޖޭގެ ފަނޑިޔާރުގެ ރަނގަޅުވެދާނެ!

07 ޖުލައި 2018
މި ޝަރުތުތައް އަދި މާބޮޑަށްވެސް ރަނގަޅު!

މި ޝަރުތުތައް އަދި މާބޮޑަށްވެސް ރަނގަޅު!

27 ޖޫން 2018
އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

10 މެއި 2018
ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟

ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟

03 މެއި 2018
ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް

ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް

22 އެޕްރީލު 2018

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު