Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމެރިކާ-އިރާން

އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

އިރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާ އިން ވަނީ ނިންމާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 10 މެއި 2018 | ބުރާސްފަތި 02:35
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި ވަރަށް ބޮޑު އަދި މުހިންމު ވައުދެއް ވެވަޑައިގެންނެވިއެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ޒައާމަތުގައި އެކުލަވާލެވުނު އިރާނުގެ ނިއުކްލިއާ އެއްވަސްވުމުން، ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންފިނަމަ ވަކިވާނެ ވާހަކައެވެ. ކޮންމެއަކަސް، ޓްރަމްޕް އަންގާރަ ދުވަހު އެމަނިކުފާނުގެ ވައުދު ފުއްދަވައިފިއެވެ. އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެވަޑައިގެންފިއެވެ.

2015 ވަނަ އަހަރު އިރާނާއެކު ވެވުނު އެއްބަސްވުމުގައި ހިމެނޭ ގައުމުތަކަކީ އެމެރިކާ، ޔޫކޭ، ރަޝިއާ، ފްރާންސް، ޗައިނާ އަދި ޖަރުމަނެވެ. 2015 ވަނަ ވަނައަހަރު އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އިރާނާއެކު ގާއިމު ކުރެވުނު ނިއުކްލިއާ އެއްބަސްވުމަށް ރައީސް ޓްރަމްޕް ގެންދެވީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ކަމަށްވާއިރު، މި އެއްބަސްވުމުގެ ދަށުން އިރާނުންގެ ނިއުކްލިއާ ހަރަކާތްތައް ވަނީ ލިމިޓުކުރެވިފައެވެ. އޭގެ ބަދަލުގައި އިރާނަށް ވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިފައެވެ.

ކޮންމެއަކަސް އަންގާރަ ދުވަހު އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެފައިވާ ކަން ރައީސް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ. މިކަން ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ އިރާނާއި، އިރާނަށް އެހީވާ ހުރިހާ ގައުމަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްވެސް ނިންމަވާފައިވާ ކަމަށެވެ. އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވާކަން ހާމަކުރެއްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނަކީ ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ދައުލަތް ކަމަށެވެ. އެގޮތުން ނުރައްކާތެރި މިސައިލްގެ ވިޔަފާރިކޮށް، މެދުއިރުމަތީގައި އުފެދިފައިވާ މައްސަލަ އިތުރަށް ގޯސްކޮށް، ޓެރަރިސްޓް ގްރޫޕްތަކަށް އީރާނުން އެހީވަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ އެއްބަސްވުން އެކުލަވާލާފައިވާ ގޮތުން، އީރާނުން އެއްބަސްވުމަށް ފުރިހަމައަށް ތަބާވި ނަމަވެސް، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިއުކްލިއަރ ހަތިޔާރު އުފެއްދޭވަރަށް، ނިއުކްލިއާ ބާރުވެރިކަން ހޯދުމުގެ ފުރުސަތު އިރާނަށް އޮތްކަމަށެވެ. އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށްފަހު އީރާނާއި ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމަވައި ރައީސް ޓްރަމްޕް ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ.

ރައީސް ޓްރަމްޕް ކޮންމެ ގޮތަކަށް ނިންމެވިއަސް، ޔޫކޭ، ފްރާންސް އަދި ޖަރުމަން ވަނީ އިރާނުގެ ނިއުކްލިއާ އެއްބަސްވުމުގައި އެގައުމުން ދެމިތިބޭނެ ކަމަށް ބުނެފައެވެ. އެގައުމުތަކުން މިހެން ބުނެފައި ވަނީ ނެރެފައިވަ ގުޅިފައިވާ ބަޔާނެއްގައި ކަމަށްވާއިރު، ބަޔާނުގައި އިތުރަށް ބުނީ އެމެރިކާގެ ނިންމުމާ މެދު "ހިތާމަކޮށް ކަންބޮޑުވާ ކަމަށާއި" އިރާނުން "އެމެރިކާގެ އަމަލާއި ގުޅިގެން ސުލްހަ އިސްކުރުމަށް އެދޭ ކަމަށެވެ." އެމެރިކާގެ ނިންމުމާ ގުޅިގެން އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ އިރާނުން ނިއުކްލިއާ އެއްބަސްވުން މަތީ ދެމިތިބޭނެ ކަމަށާއި އެގައުމުގެ ރަހްމަތްތެރި ގައުމުތަކާއެކު ކުރިއަށް އޮތް ހަފްތާތަކުގެތެރޭގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ. ރޫހާނީ ވަރަށް ބޮޑު އިންޒާރެއްވެސް ދެއްވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އިރާނުގެ ނިއުކްލިއާ އެއްބަސްވުމުގެތެރޭގައި ހިމެނޭ ގައުމުތަކާ އެކު ކަންކަމުގައި އެއްބަސްނުވެވިއްޖެނަމަ އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންވާ ޔުރޭނިއަމް މުއްސަނދިކުރުން ހައްދެއް ނެތް މިންވަރަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އިރާނުގެ ނިއުކްލިއާ އެއްބަސްވުން 2015 ވަނަ އަހަރު އެކުލަވާލެވުނީ އޭރުގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައެވެ. ރައީސް ޓްރަމްޕްގެ ނިންމުމާ ގުޅިގެން ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ރައީސް ޓްރަމްޕް ގެ ނިންމުން ބިނާވެފައި ވަނީ "ރަނގަޅު ވިސްނުމެއްގެ މައްޗަށް ނޫން ކަމަށާއި" ރައީސް ޓްރަމްޕް ގެ ނިންމުމަކީ "ވަރަށް ސީރިއަސް ގޯހެއް ކަމަށެވެ." އަދި ރައީސް ޓްރަމްޕްގެ ނިންމުމުގެ ސަބަބުން އެމެރިކާގެ އިތުބާރު ދުނިޔޭގައި ގެއްލިގެން ދާނެކަމަށެވެ.

ކޮންމެއަކަސް އެމެރިކާ އިން އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވިއަސް، އެ އެއްބަސްވުމުގައި ހިމެނޭ އެހެން ގައުމުތަކުން ވަކިނުވާނެއެވެ. އެއީ މިހާހިސާބަށް އެކަން އޮތް ގޮތެވެ. ދެން ވާނީ ކިހިނެއްތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާނުގެ މުޒާހަރާތަކަށް ނަޒަރެއް!

އިރާނުގެ މުޒާހަރާތަކަށް ނަޒަރެއް!

07 ޖެނުއަރީ 2018
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

30 އޯގަސްޓު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު