Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ ރޭސް 2018

މި ޝަރުތުތައް އަދި މާބޮޑަށްވެސް ރަނގަޅު!

ބިލް އޮތީ ވަކި ބަޔަކަށް އަމާޒު ހިފާފައި

ރާއްޖެ އެމްވީ | 27 ޖޫން 2018 | ބުދަ 02:17
2013 ވަނަ އަހަރުގެ ކެމްޕޭންގެ ތެރެއިން ކުރިއަށްގެންދިޔަ ރިޔާސީ ބަހުސްގެ ތެރެއިން

2013 ވަނަ އަހަރުގެ ކެމްޕޭންގެ ތެރެއިން ކުރިއަށްގެންދިޔަ ރިޔާސީ ބަހުސްގެ ތެރެއިން

ގާނޫނު އަސާސީ 109 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޝަރުތުތަކަކީ، ރިޔާސީ ކެންޑިޑޭޓުންގެ ކިބައިގަން ހުރުން ލާޒިމު ޝަރުތުތަކެވެ. ގާނޫނު އަސާސީގައި ވަކި ގޮތަކަށް ކަމެއް ބަޔާންކޮށްފައިވާއިރު، އެ މިންގަނޑާ ހިލާފަށް، މިނިވަންކަމަށް، ނުވަތަ ހައްގަކަށް އުނިކަމެއް ނުގެނެވޭނެ އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު ހުސައިން މަނިކަށް މިކަން އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް ރާއްޖޭގެ ރައީސްކަމަށް ވާދަކުރާ މީހުންގެ ޝަރުތު ބަދަލުކުރަން ހުށަހެޅި ހުށަހެޅުމަށް އިތުރަށް ބަދަލެއް ގެންނަން ފަރެސް މާތޮޑާގެ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހަޅުއްވައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ.

ގާނޫނު އަސާސީ އާއި ގާނޫނުގައި ބުނެފައިވާ އެއްޗެއް މެމްބަރުންނަށް އެނގިވަޑައިނުގަންނަވާނަމަ، ނުވަތަ އެނގިވަޑައިގެން ނަމަވެސް މަޖުބޫރީ ހާލަތެއްގައި ތިއްބަވަން ޖެހުމުން ދެން ގައުމު ދާނީ ގޯހުން ގޯހަށެވެ.

ގާނޫނު އަސާސީގައި މިހާރު ބަޔާންކޮށްފައިވާ ޝަރުތުތައް:

(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.

(ށ) މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

(ނ) ޢުމުރުން ތިރީސް ފަސް އަހަރުވެފައިވާ މީހަކުކަމުގައިވުން.

(ރ) ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.

(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.

(ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމުގައިވުން.

(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

ނިހާނުގެ ހުށަހެޅުން:

(ހ) ބޭރު ގައުމެއްގައި ރަށްވެހިވެފައިވާނަމަ، އެ ގައުމެއްގެ ރަށްވެހިކަން ދޫކޮށްލިތާ 10 އަހަރު ފަހުން.

މެމްބަރު ހުސައިންގެ ހުށަހެޅުން:

(ހ) ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހަކު ނަމަ، ހިމާޔަތް ދޫކޮށްލިތާ 10 އަހަރު ފަހުން

ސެޕްޓެމްބަރު 23 ގައި ރިޔާސީ އިންތިހާބު ބާއްވާނެކަމަށް އިއުލާނުކުރުމަށް ފަހު، އެތައް ބައެއްގެ ޝަރުތު ގެއްލިގެންދާފަދަ އިސްލާހުތަކެއް، އިންތިހާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ފެނިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބައެއް ބަދަލުތަކަކީ ސަރުކާރަށް ފެނިގެން ހުށަހެޅި އިސްލާހުތަކެވެ. މިއީ ހަގީގަތުގައި ވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. ވަކި މީހަކަށް ނުވަތަ ބަޔަކަށް އަމާޒުކޮށް ގާނޫނެއް ނުހެދޭނެ އެވެ. ނަމަވެސް މީގެ ކުރިން ވެސް މި ސަރުކާރުން ގާނޫނުތަކާ ހިލާފު އެތައް ކަމެއް ކޮށްފައިހުރި ކަމަށް ތުހްމަތު ކުރެވެ އެވެ.

ތިރީގައި މިވަނީ ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ވުރެ ފުރިހަމަ އިސްލާހުތަކެކެވެ.

ހ. ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދީފައިވާ މީހަކު ނަމަ، އެ މަގާމަށް ވާދަކުރެވޭނީ 10 އަހަރު ފަހުން

ށ. ދައުލަތުގެ މަގާމެއް، ނުވަތަ އަމިއްލަ މަގާމެއްގައި ހުއްޓައި ހިޔާނާތުގެ ތުހްމަތެއް ކުރެވިފައިވާ މީހަކަށް ނުވުން

ނ. އުފެދުމުގައި ބާތިލް އެގްރީމެންޓެއް ހަދާފައިވާ މީހަކަށް ނުވުން

ރ. އިންތިހާބު ބާއްވާއިރު ހިނގަމުންދާ ވެރިކަން ފިޔަވައި، އޭގެ ކުރީގެ އެއްވެސް ވެރިކަމެއްގައި ރައީސްކަން ކޮށްފައިވާ މީހަކަށް ނުވުން.

ބ. ބޭރު ގައުމެއް ޔުނިވަރސިޓީއެއްގައި ޕްރޮފެސަރުގެ މަގާމު، ނުވަތަ މަދަރުސާއެއްގައި ކިޔަވައިދެމުންދާ މީހަކަށް ނުވުން

ޅ. ދައުލަތުގެ މަގާމެއްގައި ހުރެ، ތިމާއަށް ޒިންމާ އަދާނުކުރެވުނު ކަމަށް އިއުތިރާފުވެފައިވާ މީހަކަށް ނުވުން

ކ. ދައުލަތުން ވައްކަންކޮށްގެން ނަގާފައިވާ ކަމަށް ތުހްމަތު ކުރެވޭ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ މީހަކަށް ނުވުން

އ. ދައުލަތުގެ ފައިސާ ކަމަށް ތުހްމަތު ކުރެވޭ ފައިސާ އަމިއްލަ އެކައުންޓްގައި ހުރި މީހަކަށް ނުވުން

ވ. މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދަ ފައިސާއެއް އެކައުންޓްގައި ހުރިކަން އެނގި، އެ ފައިސާ އަނބުރާ ނުދައްކާ ހުރި މީހަކަށް ނުވުން

މ. މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދަ ފައިސާއެއް ހަލާސްކުރިތާ 10 އަހަރު ވެފައިވުން

ފ. ދިވެހިރާއްޖޭގެ ބައެއް ބޭރު ބަޔަކަށް މިލްކު ކުރެވޭ ގޮތަށް އިސްލާހެއް ހުށަހަޅައި، އެ އިސްލާހު ފާސްކުރަން ވޯޓް ދިން މީހަކަށް ނުވުން.

ދ. މި މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ފަދަ ގާނޫނެއް ތަސްދީގުކުރި މީހަކަށް ވެސް ނުވުން

ތ. ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޒުރުވެރިވެއްޖެ

މި އިސްލާހުތަކަށް ތާއިދު ކުރައްވަންތޯ؟ މި އިސްލާހުތަކާމެދު ތިޔަ ބޭފުޅުންގެ ހިޔާލަކީ ކޮބައިތޯ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޝްވަރާތައް: އިނބިލީހުގެ ކައިވެންޏަށް ނުވިއްޔާ ރަނގަޅު!

މަޝްވަރާތައް: އިނބިލީހުގެ ކައިވެންޏަށް ނުވިއްޔާ ރަނގަޅު!

18 ޖުލައި 2018
ސިޔާސީ ބައެއް ބޭފުޅުންނަށް ރާއްޖޭގެ ފަނޑިޔާރުގެ ރަނގަޅުވެދާނެ!

ސިޔާސީ ބައެއް ބޭފުޅުންނަށް ރާއްޖޭގެ ފަނޑިޔާރުގެ ރަނގަޅުވެދާނެ!

07 ޖުލައި 2018
އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

10 މެއި 2018
ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟

ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟

03 މެއި 2018
ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް

ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް

22 އެޕްރީލު 2018

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު