Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަދުލްއިންސާފު ގާއިމް ކުރުން

ސިޔާސީ ބައެއް ބޭފުޅުންނަށް ރާއްޖޭގެ ފަނޑިޔާރުގެ ރަނގަޅުވެދާނެ!

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލައި، އުފެއްދި ކޯނީގެ ޗެއަރ އަކީ ޣައިރު މުސްލިމެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 7 ޖުލައި 2018 | ހޮނިހިރު 06:22
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ އަދުލްވެރިކަމާއެކު ޝަރީއަތެއް ހިންގާލާނެ ފަނޑިޔާރު ގެއެއް ނެތުމެވެ. އެކަން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ގަބޫލު ކުރައްވަ އެވެ. އެކަން އެނގޭ އެންމެބޮޑު ހަގީގަތަކީ ރިޔާސީ މެނިފެސްޓޯތަކުންނާއި ސިޔާސީ ލީޑަރުން ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތަކުން އެނގެއެވެ. ހައްސަކޮށް ދިވެހި ރައްޔިތުން އެކަމަކަށް އެންމެބޮޑަށް އެދިއެދި ތިބީވެސް އަދުލްވެރި ފަނޑިޔާރު ގެ އަކަށެވެ.

ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ އެއްބަޔަކީ އެމްޑީޕީ އެވެ. އެޕާޓީން އެންމެ އިސްކަމެއް ދީގެން ފަނޑިޔާރުގެ އިސްލާހު ކުރަން ބޭނުންވަނީ ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ގައުމެއް ގައުމެއްގެ ގޮތުގައި މުޖުތަމައުއެއް މުޖުތަމައުއެއްގެ ގޮތުން ކުރިއަރާ ތަރައްގީވެ، ހަމަޖެހުން އަންނާނީ އެ ގައުމެއްގައި ނުވަތަ އެ މުޖުތަމައުއެއްގައި އަދުލްއިންސާފު ގާއިމު ކުރެވޭ މިންވަރެއްގެ މައްޗަށެވެ.

މިހާރު ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލައަކީ ވެސް އެއީއެވެ. އަދުލްވެރިކަމާއެކު ޝަރީއަތް ހިންގާލާނެ ފަނޑިޔާރުގެއެއް ނެތެވެ. ރަނގަޅު އިހުލާސްތެރިމަކާއެކު އަދުލްއިންސާފަށް ޝަރީއަތް ހިންގާ ފަނޑިޔާރުން މަދުން ނަމަވެސް ރާއްޖޭގައި އެބަތިއްބެވެ. އެކަމަކު އެ ފަނޑިޔާރުންނަށް ފުރުސަތެއް ނުލިބެ އެވެ. ފުރުސަތު ނުލިބެނީ ވެސް އިސްކޮށް އުޅުއްވާ ފަނޑިޔާރުންގެ ނުފޫޒުންނެވެ. އިސްކޮށް އުޅުއްވާ ފަނޑިޔާރުންގެ ނުފޫޒު ފަނޑިޔާރުންނަށް އޮތް މިންވަރު އެކެއް ފެބްރުއަރީގެ އަމުރަށް ފަހު މިހާރު ރާއްޖެއަށް ދިމާވެގެން މިއުޅޭ ހަމަނުޖެހުންތަކުން އެނގެއެވެ. އޭގެ ތެރެއިން ލީކުވެފައިވާ ބައެއް ފަނޑިޔާރުންގެ ބަޔާންތަކުން އެނގެ އެވެ. އަދި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސްގެ ބަޔާނުން ވެސް އެނގި ސާފުވޭ ނޫންތޯ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ތިމަންނާމެން ގެނައި ސަރުކާރެކޭ ވިދާޅުވާނީ ނިކަން ކަންތައްތަކެއް ކުރެވިފައި ހުރީމަ ނޫންތޯ އެވެ. އިސްކޮށް އުޅުއްވާ ފަނޑިޔާރުން ބުނާގޮތަށް ދަށުގައި ތިއްބަވާ ފަނޑިޔާރުން ކަންކަން ކުރަމުންދާއިރު، އެފަދަ ކޮރަޕްޓްވެފައިވާ ފަނޑިޔާރުން އަމިއްލަފުޅަށް ނިންމާ ނިންމުންތައް އަންނާނެ ގޮތް ނިކަން ވިސްނާށެވެ. މީހަކު ހައްޔަރު ކޮށްލުމަށް ބީލަމުގެ އުސޫލުން ސިޔާސީ ފަރާތްތަކުންގެ އަތުން ފައިސާ ނަގާކަމުގެ އަޑުތައް ފެތުރޭއިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ސަލާމަތްކޮށް މިނިވަން ކޮށްލަނީ ފިސާރި ފަސޭހައިން ނެވެ. އެކަންކަން ކުރުމުގައި އުޅޭ މީހުންނަށް އެއީ ކިހާ ފަސޭހަ ކަމެއްކަން އެނގޭނެއެވެ. ބޭނުންވަނީ ފައިސާ ކޮޅެކެވެ.

މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ މެނިފެސްޓޯގައިވާ އަދުލްއިންސާފުގެ ދާއިރާ އިސްލާހު ކުރުމުގެ ވައުދެވެ. ނަމަވެސް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި އެމްޑީޕީއާއެކު ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ ހިޔާލު މިކަމުގައި ހިޔާލު ތަފާތު ވުމެވެ.

މައްސަލައަކަށް ވެފައިވަނީ ރާއްޖޭން ބޭރުން ތަޖުރިބާކާރު ފަނޑިޔާރުން ގެންނަން އެމްޑީޕީގެ މެނިފެސްޓޯގައިވާތީ އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ އަދާލަތު ޕާޓީއަށް ނިސްބަތްވާ އަދި ރާއްޖޭ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހު އިލްޔާސް ވިދާޅުވަނީ މުސްލިމުންގެ މައްޗަށް ހުކުމް ކުރުމަށް ޣައިރު މުސްލިމު ފަނޑިޔާރުން ގެނައުމަށް ގޮވާލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޝެއިހު އިލްޔާސް އެވިދާޅުވަނީ އެއްގޮތަކުން ރަނގަޅު ވާހަކައެކެވެ. ނަމަވެސް އިލްޔާސަށް ވެސް އެނގެންޖެހޭ ހަގީގަތަކީ ރާއްޖޭން ބޭރު ކޮންމެ ފަނޑިޔާރަކީ ޣައިރު މުސްލިމެއް ނޫން ކަމެވެ. އަދި މުސްލިމު ފަނޑިޔާރުން ތިބީ ރާއްޖާއި އެކަނިވެސް ނޫނެވެ. އަދުލްވެރިކަމާއެކު ޝަރީއަތް ހިންގާ ހުކުމްކުރާ ފަނޑިޔާރުގެތައް މުސްލިމު ގައުމުތަކުންނާއި މުސްލިމު ނޫން ބޭރު ގައުމުތަކުން ވެސް ފެނެއެވެ. އަދުލްވެރިކަމާއެކު އިންސާފު ގާއިމުކުރާ ޣައިރު މުސްލިމު ގައުމުތަކާއި ސައްތައިން ސައްތައޭ މިކިޔާ އަޅުގަނޑުމެންގެ ރާއްޖޭގެ އަދުލްއިންސާފު ގާއިމު ކުރުމުގެ ދާއިރާ އަޅާ ކިޔާލެވޭވަރަށްވުރެ އެ ގައުމުތައް އޮތީ މާކުރީގަ އެވެ. އެ ފަނޑިޔާރުގެ ތަކުގެ ކުރިމަތީގައި ދިވެހި ފަނޑިޔާރު ގެތަކަށް ފަތިގަނޑު ފިރުކާވެސް ނުލެވޭނެ އެވެ.

ރާއްޖެއަށް ދިމާވެގެން މިއުޅޭ މައްސަލައަކީ އެފަދަ އިހުލާތެރި އަދި އަދުލްވެރިކަމާއެކު ޝަރީއަތް ހިންގާ ހުކުމް ކުރާނެ ފަނޑިޔާރުން މަދުވެފައި، ނެތުމުގެ މައްސަލައެވެ. އަދި އަމުދުން އިސްކޮށް އުޅުއްވާ ފަނޑިޔާރުންނާ މެދު ކުރެވޭ ޝައްކުތަކާއި ފެންމަތިވެފައިވާ ބޮޑެތި މައްސަލަތަކެވެ. ސިޔާސީ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް ފޯރާ މިންވަރެވެ.

އޭގެ އެއް މިސާލަކީ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރ އަދި އަދި މަހުޖަނު ގާސިމް އިބްރާހީމް އެވެ. ރައީސް ޔާމީނު ވިދާޅުވާ ގޮތުން އެބޭފުޅަކީ އެއްގޮތަކަށް ވެސް ފަނޑިޔާރުގެއަށް އަތް ބާނުއްވާ ބޭފުޅެއް ނޫނެވެ. ސުވާލަކީ އެމަނިކުފާނު އެގޮތަށް އަބަދު ވިދާޅުންވާން ޖެހޭ ސަބަބަކީ ކޮބައިތޯއޭ އުފެދޭ ސުވާލެވެ. އިންސާފަކީ އިންސާނާއަށްވާ އިހުސާސެކެވެ. އެމަނިކުފާނު ބޭނުންވާ ގޮތަކަށް ކޯޓުތަކުން ކަންކަން ނިމެގެންދާތީ އެއީ އިއްތިފާގެއް ކަމަށް ގަބޫލު ކޮށްގެން ތިބެންވީތޯ އެވެ. ދައުލަތުގެ "ބޮޑު ސިއްރު"ގެ ގޮތުގައި އޮތް ބައެއް ފަނޑިޔާރުންގެ ބަޔާންތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސްގެ ބަޔާނުގައި ހުރިވާހަކަތަކުން ފަނޑިޔާރު ގެ ތަކަށްހުރި ނުފޫޒު ހާމަވާ އެއީ އަދި ކުޑަ މިންވަރެކެވެ.

ގާސިމަކީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ލީޑަރެވެ. ނަމަވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް އެންމެބޮޑަށް ތުހުމަތު ކުރެވޭ އެއް ބޭފުޅަކީ ގާސިމެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު އަދި ދައުލަތުގެ ބައެއް އިދާރާތަކުން ވެސް އެފަދަ ތުހުމަތުތައް އެދަނީ ކުރަމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މިއީ އަޅުގަނޑުމެން ގެނައި ސަރުކާރެކޭ ވިދާޅުވާއިރު، ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެމަނިކުފާނަށް ވެރިކަމަށް ވަޑައިގެންނެވުމުގައި އެދުވަސްވަރު ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކާއި ހުކުމްތައް ވަރަށް ބޮޑު އެހީތެރިކަމެއް ވެދިން ކަމަށެވެ. ދިވެހި ރައްޔިތުންގެ ރައީސަކު އިންތިހާބު ކުރަން އެންމެފަހުން ލީ ވޯޓު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޖުމްހޫރީ ޕާޓީން ނެވެ. އަލުން އިންތިހާބު ބާއްވައިގެން ވެސް ދެވަނަ ބުރަށް ގާސިމަށް ވަޑައިގެންނެވިފައިނުވާތީ، ދެވަނަ ބުރުގައި ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ ކޮންކޮން ބޭފުޅުންނެއް އެމަނިކުފާނުގެ ފައިބުޑަށް ވެއްޓި ރޮއި އާދޭސްކުރީމަކަން އެނގޭނީ ވެސް ހަމަ ގާސިމަށް ނޫންތޯ އެވެ.

މިގޮތަށް ކަންކަން ހިނގާފައިވާއިރު، މިއަދުވެސް އޮތީ ހަމަ އެ ހާލަތެވެ. ހާލަތެއް ބަދަލެއް ނުވެއެވެ. ހަމަ އެ ފަނޑިޔާރުގެ އެވެ. ހަމަ އެފަނޑިޔާރުން ނެވެ. އިސްކޮށް އުޅުއްވާ އެފަދަ ފަނޑިޔާރުންގެ އަވާގައިޖެހިވަޑައިގެން ރަނގަޅަށް ތިއްބެވި ބައެއް ފަނޑިޔާރުންގެ މަގު ކައްސާލައި އަދި އަލަށް ފަނޑިޔާރުކަމަށް ވަޑައިގަންނަވާ ފަނޑިޔާރުންގެ ހާލަތު ދިވެހި ރައްޔިތުންނަށް އެދަނީ ފެންނަމުން ނެވެ.

ބޭރުން ފަނޑިޔާރުން ގެންނަ ވާހަކަ އެއްޑީޕީން ދައްކާއިރަށް ރައްޔިތުން އިންތިހާބު ކުރި އެމްޑީޕީގެ ސަރުކާރު ވައްޓާލުމުގައި މުގުލުގައި ތިބީ ކޮންބައެއް ތޯ އެވެ. ސަރުކާރު ވައްޓާލުމަށް ފަހު އެފެއްދި އިންކުއަރީ ކޮމިޝަނުގެ ޗެއާރ އަކީ ކޮންބޭފުޅެއް ތޯ އެވެ. ރާއްޖޭގެ ފަނޑިޔާރެއް ތޯ އެވެ. އަދި އެއީ މުސްލިމެއް ތޯ އެވެ. ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގާނޫނުލްއުގޫބާތު އެކުލަވާލުމުގައި ބޭރުގެ ޣައިރު މުސްލިމު ތަޖުރިބާކާރުންގެ އެހީތެރިކަން ނުހޯއްދަވާތޯ އެވެ.

ކަމެއް ކުރަން ބޭނުންނުވީމަ، ކޮންމެހެން ހޮޅި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިކަން ސިޔާސީ ނުކުރާށެވެ!

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު