Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސާމިހް މަގާމުން ދުރުކުރުން

ޔުމްނު ވެއްޓުނު ހާދިސާގައި ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުކުރެވިފައިވާ ސާމިހު މަގާމުން ދުރުކޮށްފި

ޔުމްނު ވެއްޓުނު ހާދިސާގައި ދޮގު މައުލޫމާތު އާއިލާއަށް ދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 މެއި 2025 | ހޯމަ 14:33
މަރުތަކުގެ މައްސަލަ ބެލުމަށް އޮންނަ ޔުނިޓްގެ ވެރިޔާގެ މަގާމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވަނީ ދުރުކޮށްފައި

މަރުތަކުގެ މައްސަލަ ބެލުމަށް އޮންނަ ޔުނިޓްގެ ވެރިޔާގެ މަގާމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވަނީ ދުރުކޮށްފައި

ހ. ފެންޓޮނޯއީގޭގެ 9 ވަނަ ބުރިން ހައްވާ ޔުމްނު ވެއްޓިފައި އޮތް ހާދިސާގައި ދޮގު މައުލޫމާތު ދީފައިވާތީ އެ މައްސަލަ ތަހުގީގުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވަކިކުރަން ގޮވާލާފައިވަނިކޮށް އޭނާ އެ މަގާމުން ދުރުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ފުލުހުންގެ ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާގެ ގޮތުގައި ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް އެ މަގާމުން ދުރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ސާމިހު ބަދަލުކުރީ އެހެން ޑިޕާޓްމަންޓަކަށެވެ. އޭނާ ބަދަލުކުރީ ފުލުހުންގެ ތަހުގީގުތަކުގެ މިންގަނޑު ކަނޑައަޅާ ޑިޕާޓްމެންޓަށެވެ.

މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓޮނޯއީ ގޭގެ 9 ވަނަ ފަންގި ފިލާއިން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓީ ބޮޑެތި ޒަހަމްތަކާއެކު އެޮއްވާ ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ތަހުގީގާއި ގުޅިގެން އާއިލާއަށް ދޮގު މައުލޫމާތު ތަކުރާރުކޮށް ދީފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ޔުމްނުގެ އާއިލާއިން ބުނީ ނިޒާމުގެ ތެރޭގައި ހުންނަވައިގެން ނިޒާމަށް ބަދަލެއް ގެނައުމަކީ އުނދަގޫކަމެއް ކަމަށެވެ. ނަމަވެސް ބައްދަލުވުންތަކުގައި ތަކުރާރުކޮށް އާއިލާއަށް ދޮގު މައުލޫމާތު ދިން ފުލުސް އޮފިސަރު ސާމިހު ވަކިކޮށްގެން ބަދަލު ގެނެވިދާނެ ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ އިސްރާފުވާގޮތަށް ކޮމިޝަނެއް ހެދުމުގެ ކުރިން ވެސް ކުރަންވީ ކަމަކީ ސާމިހު ވަކިކުރުން ކަމަށެވެ. އަދި މިއީ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުން ފުރަތަމަ ދުވަހު ބޭއްވި ހަމައެކަނި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވެސް ސާމިހު ވަނީ މައްސަލައިގެ ފޯކަސް ވަކިގޮތަކަށް ގެންދިއުމަށް މަސައްކަތް ކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި އަނިޔާ ލިބުނު ޔުމްނުގެ މައުލޫމާތު ހާމަކުރި އިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ އަދި މި ހާދިސާއާއި ގުޅުން އޮތް ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި ފަރާތްތަކާއި އެ ފަރާތްތަކާއި ގުޅުން އޮތް ފަރާތްތަކުގެ މައުލޫމާތު ސިއްރުކޮށްފައެވެ.

ފުލުހުން ކްލޯސްޑް ޑޯރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި، ފަހުން ހުޅުވާލައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތައް ތަފާތުވެ އެތަކެއް ސުވާލެއް އަމާޒުވިއެވެ. އަދި ޖެހިގެން އައި ދުވަހު ހުޅުވާލައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ކުރިއަށްދިޔަ އިރު، މި މައްސަލައިގައި ހިމެނޭ ދެމީހަކު ބޮޑުބޭބޭ ވިދާޅުވާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ އެއިރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔަ އިރު ގުޅުއްވާފައެވެ. ޝުޖާއު ވަނީ މަގާމުން މިހާރު އިސްތިއުފާ ދެއްވާފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލާގައި އަނިޔާލިބުނު މީހާގެ ޒާތީ މަޢުލޫމާތާއި، އަނިޔާލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ ޢާންމުކޮށްފައިވާތީ، އަނިޔާލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މަޢޫލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ފުލުހުންނަށް ވަނީ އަންގާފައެވެ.

އަދި، މި މައްސަލައިގެ ތަޙުޤީޤަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ޙާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ޤާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކޮށްފައިވާތީ، ޤާނޫނީ އުޞޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަޙުޤީޤުކުރުމަށް ޕީޖީ އޮފީހުން ވަނީ އަންގާފައެވެ.

އަދި، ޖިނާއީ ތަޙުޤީޤުތަކާ ގުޅިގެން މަޢުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ޢަމަލުކުރުމަށާއި، ޖިނާއީ ކުށްތަކާ ގުޅިގެން މަޢުލޫމާތު ޢާންމުކުރުމުގައި އޮޅުންނާރާނެގޮތަށް، ހާމަކަމާއެކު، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، ތަޙުޤީޤަށް ހުރަސްނޭޅޭނެ ގޮތަށް މަޢުލޫމާތު ހާމަކުރުމަށް ފުލުހުންނަށް ޕީޖީ ވަނީ އަންގަވާފައެވެ.

ޗީފް އިންސްޕެކްޓަރ މުހައްމަދު ސާމިހްފެންޓޮނޯއީގޭހައްވާ ޔުމްނު ރަޝީދުރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގައި ބާއްވަން އުޅުނު "ރަންރީނދޫ" ދުވުން ބޭއްވުމަށް ހުއްދަ ނުދިނުމުން ޖުލައި 25ގައި މާލޭގައި މި ހަރަކާތް ބާއްވަނީ

ހުޅުމާލޭގައި ބާއްވަން އުޅުނު "ރަންރީނދޫ" ދުވުން ބޭއްވުމަށް ހުއްދަ ނުދިނުމުން ޖުލައި 25ގައި މާލޭގައި މި ހަރަކާތް ބާއްވަނީ

16 ޖުލައި 2025
ޑޮލަރުގެ ހުވަފެންތައް ބިލާހަކަށް، ކަޅު ބާޒާރުގައި އުފުލެމުންދާ ޑޮލަރުގެ އަގު 20ރ. އަށް އަރައިފި

ޑޮލަރުގެ ހުވަފެންތައް ބިލާހަކަށް، ކަޅު ބާޒާރުގައި އުފުލެމުންދާ ޑޮލަރުގެ އަގު 20ރ. އަށް އަރައިފި

11 ޖުލައި 2025
2017 އިން ފެށިގެން ގަބުރުސްތާނުތައް ސާފުކުރީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ހުއްދައާއެކު، ނަމަވެސް މިހާރު އެ ހުކުމް ހުއްދައެއް ނޫން

2017 އިން ފެށިގެން ގަބުރުސްތާނުތައް ސާފުކުރީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ހުއްދައާއެކު، ނަމަވެސް މިހާރު އެ ހުކުމް ހުއްދައެއް ނޫން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް

02 ޖުލައި 2025

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު