Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުމްނު ވެއްޓުނު ހާދިސާ

ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި

15 މެއި 2025 | ބުރާސްފަތި 07:57

މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރު

އަމްނާ އިމާދު
އަމްނާ އިމާދު | 15 މެއި 2025 | ބުރާސްފަތި 07:57
ރައުދު އަހުމަދު ޒިލާލު

ރައުދު އަހުމަދު ޒިލާލު

އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރު ކޮށްފައި ހުރި އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށް ފުލުހުން އޭނާ ހައްޔަރު ކުރީ އޭޕްރީލް މަހުގެ 24، ގަ އެވެ. އެއީ ޔުމްނު ވެއްޓުނު ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް 20 ދުވަސް ޖަހާފައެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ. 

ޔުމްނުގެ މައްސަލާގައި ރައުދުގެ ބަންދަށް ފުރަތަމަ ފަސް ދުވަސް ޖެހުމަށް ފަހު އޭނާގެ ބަންދަށް 10 ދުވަސް އިތުރު ކުރި އެވެ. އަދި ތިން ވަނަ ފަހަރަށް 10 މެއި 2025 ވީ ހޮނިހިރު ދުވަހު އިތުރު ފަސް ދުވަހަށް ބަންދުގެ މުއްދަތު އިތުރު ކުރިއެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

ރައުދުގެ ބަންދުކުރަން އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އެމީހުންގެ ތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.

އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ވެސް ފުލުހުންނަށް ނުލިބުނެވެ.

ޔުމްނު މިހާރު ވަނީ އިތުރު ފަރުވާއަށް އާއިލާއިން މެލޭޝިއާއަށް ގެންގޮސްފަ އެވެ. އުމުރުން 21 އަހަރުގެ ޔުމްނުގެ އެންމެ ނާޒުކު އަދި އެންމެ އުނދަގޫ ސާޖަރީ ކޮށްފައިވާ ކަމަށާއި އެ ސާޖަރީ ކާމިޔާބު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ބުނެފައިވެ އެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އާންމުން ތުހުމަތު ކުރަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.

ޔުމްނުއަށް ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ފަރުވާދެމުން އަންނައިރު، ޔުމްނުއާއި ހަވާލާދީ އޭނާގެ އާއިލާއިން ބުނެފައިވަނީ ޔުމްނު ފުންމާލީ އަމިއްލައަށް ނޫންކަމަށެވެ. އަދި އެނާ ވެއްޓުނު ކަމަށް ބުނާ އެ ރޭ ހ. ފެންޓެނޯއީ ގޭގައި ރައުދު ޒިލާލްގެ އިތުރުން ހަތަރު މީހަކު ތިބިކަމަށް ވެސް ޔުމްނު ބުނެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ނަމަވެސް އެ ހަތަރު މީހުންނަކީ ކޮބައި ކަމެއް އާއިލާއިން ހާމައެއް ނުކުރެއެވެ.

ހައްވާ ޔުމްނު ރަޝީދުރައުދު އަހުމަދު ޒިލާލްހ. ފެންޓެނޯއީ ގޭގެމިނިސްޓަރު މުޙައްމަދު އަމީންރައީސް ޑރ.މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

އަދަބު ލުއިކޮށް ރައުދު އަށް ކުރި ހުކުމުން، ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް

27 ނޮވެމްބަރު 2025
އަދަބު ލުއިކޮށް ރައުދު އަށް ކުރި ހުކުމުން، ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް
16 ސެޕްޓެމްބަރު 2025

ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ކިޔާލުމުގެ ފުރުސަތު ނުދީ ބިލް ކޮމިޓީން ފާސްކޮށްފި

16 ސެޕްޓެމްބަރު 2025
ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ކިޔާލުމުގެ ފުރުސަތު ނުދީ ބިލް ކޮމިޓީން ފާސްކޮށްފި
17 ޖުލައި 2025

ރައީސް މުއިއްޒު ރަސްގެފާނު ޗާލްސް އާ ބައްދަލު ކުރައްވައިފި

17 ޖުލައި 2025
ރައީސް މުއިއްޒު ރަސްގެފާނު ޗާލްސް އާ ބައްދަލު ކުރައްވައިފި
16 ޖުލައި 2025

މަތީ ފަންތީގެ ބައްދަލުވުންތަކަކަށް މަތީފަންތީގެ ވަފުދަކާ އެކު އިނގިރޭސިވިލާތައް ވަޑައިގެންނެވި ރައީސް މުއިއްޒު އަށް ފިނި މަރުހަބާ އެއް

16 ޖުލައި 2025
މަތީ ފަންތީގެ ބައްދަލުވުންތަކަކަށް މަތީފަންތީގެ ވަފުދަކާ އެކު އިނގިރޭސިވިލާތައް ވަޑައިގެންނެވި ރައީސް މުއިއްޒު އަށް ފިނި މަރުހަބާ އެއް
16 ޖުލައި 2025

މި ސަރުކާރުން ދަނީ އެއްވެ އުޅުމުގެ މިނިވަންކަން ދުވަހަކަށްވުރެ ދުވަހެއް ހަނިކުރަމުން: އައިކް

16 ޖުލައި 2025
މި ސަރުކާރުން ދަނީ އެއްވެ އުޅުމުގެ މިނިވަންކަން ދުވަހަކަށްވުރެ ދުވަހެއް ހަނިކުރަމުން: އައިކް
12 ޖުލައި 2025

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސް މުއިއްޒު

12 ޖުލައި 2025
ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސް މުއިއްޒު
10 ޖުލައި 2025

ރައީސްގެ ދަރިކަލުންނާއި ގުޅޭ ގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

10 ޖުލައި 2025
ރައީސްގެ ދަރިކަލުންނާއި ގުޅޭ ގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި
09 ޖުލައި 2025

ރައްޔިތުން މިއަދު މިތިބި ގޮތަށް ތިބެގެން އަދުލު އިންސާފެއް ނާންނާނެ، މެންބަރުން މިއަދު ތިބި ހާލަތުން ވެސް ރަނގަޅު ގާނޫނެއް ނުހެދޭނެ: މެންބަރު ޒިޔާދު

09 ޖުލައި 2025
ރައްޔިތުން މިއަދު މިތިބި ގޮތަށް ތިބެގެން އަދުލު އިންސާފެއް ނާންނާނެ، މެންބަރުން މިއަދު ތިބި ހާލަތުން ވެސް ރަނގަޅު ގާނޫނެއް ނުހެދޭނެ: މެންބަރު ޒިޔާދު
04 ޖުލައި 2025

ވައްޑެ ރައީސަށް: މަނިކުފާނު ވަރަށް ރަނގަޅަށް ވިސްނަވާ، ތިޔަ އަރާވަޑައިގެން ހުންނެވި ތަނުން ވެއްޓޭއިރު ވެއްޓޭނީ ނިކަން ބާރަށް

04 ޖުލައި 2025
ވައްޑެ ރައީސަށް: މަނިކުފާނު ވަރަށް ރަނގަޅަށް ވިސްނަވާ، ތިޔަ އަރާވަޑައިގެން ހުންނެވި ތަނުން ވެއްޓޭއިރު ވެއްޓޭނީ ނިކަން ބާރަށް
29 ޖޫން 2025

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

29 ޖޫން 2025
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް