Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ގައުމީ މަޖިލިސް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ!

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 09:00 ގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 2 މެއި 2025 | ހުކުރު 12:56
އެމްޑީޕީން ކުރިން ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލިސް ބައްދަލުވުމެއްތެރެއިން: މިރޭ 9 ޖަހާއިރު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެ ޕާޓީން މިވަނީ ނިންމާފަ

އެމްޑީޕީން ކުރިން ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލިސް ބައްދަލުވުމެއްތެރެއިން: މިރޭ 9 ޖަހާއިރު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެ ޕާޓީން މިވަނީ ނިންމާފަ

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމިއިރު، އެ ބައްދަލުވުން އޮންނާނީ ހުކުރު ދުވަހުގެ ރޭ 09:00 ގައި އެމްޑީޕީ ހަރުގޭގަ އެވެ.

އެމްޑީޕީގެ މި ބައްދަލުވުމަކީ އެ ޕާޓީގެ ގައުމީ މަޖިލީހުން ހޮވާފައިވާ ލީޑަރޝިޕް ރެޕިޑް ރެސްޕޮންސް ޓީމް (އެލްއާރްއާރްޓީ) އިން އެދިގެން ބާއްވާ ބައްދަލުވުމެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމާފައި މިވަނީ ބުރާސްފަތި ދުވަހުގެ ރޭގައި ޒުވާނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ވެސް ދޫކޮށްލަން އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

ސިލްސިލާގޮތެއްގައި ޒުވާނުން ކުރިއަށް ގެންދާ މި މުޒާހަރާ އަކީ އޭޕްރީލް 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު އުމުުރުން 21 އަހަރުގެ ޔުމްނު ރަޝީދުއަށް އިންސާފު ހޯދުމުގެ ނަމުގައި ކުރިއަށް ގެންދާ މުޒާހަރާއެކެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ ވެސް މި މުޒާހަރާ ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެހެން ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުން ކުރިއަށް ގެންދިއަ މި މުޒާހަރާ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ރޫޅާލައި ދެ ޒުވާނަކު ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފައެވެ. މިކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފުލުހުންނަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީލީޑަރޝިޕް ރެޕިޑް ރެސްޕޮންސް ޓީމްއިހުތިޖާޖުޔުމްނު ވެއްޓުނު ހާދިސާމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު