Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕޮލިސް

ޒުވާނުންގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުން ކުރުން ރައީސް ޞާލިހު ކުށްވެރިކުރައްވައިފި

ސުލްހަވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހޭ ޒުވާނުންތަކެއް ކުރަމުންދިޔަ މުޒާހަރާއަކަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކޮށްފައިވުމުން ދައްކުވައިދެނީ ސަރުކާރުން މިކަމުގައި އޮތް ނުބައި ނިޔަތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 މެއި 2025 | ހުކުރު 05:52
ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުންދަނިކޮށް މަހުޒޫމް އާއި ޝިމަން ބާރުގެ ބޭނުންކޮށް އަނިޔާކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުންދަނިކޮށް މަހުޒޫމް އާއި ޝިމަން ބާރުގެ ބޭނުންކޮށް އަނިޔާކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ބުރާސްފަތި ދުވަހުގެރޭ މާލޭގައި ޒުވާނުންތައް ކުރިއަށްގެންދިޔަ ސުލްހަވެރި އިހުތިޖާޖު ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުށްވެރިކުރައްވައިފިއެވެ.

"ދުލެއް ނުކުރާނަން" އިހްތިޖާޖްގެ ބައިވެރިން، ސުލްޙަވެރިކަމާއި އެކު މަޖީދީމަގުގައި މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކޮށް މުޒާހަރާ ލީޑްކުރާ އިސް ޒުވާނުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ހައްޔަރަށް ގެންދިޔައީ މުޒާހަރާގެ ކަންކަން އިސްކޮށް ރާވާ ހިންގާ އައިޝަތު ޝިމާން އަހުމަދު އަދި އަބްދުﷲ މަޙްޒޫމް މާޖިދު އެވެ.

Advertisement - newsAdvertisement

މިކަމާއު ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ގައުމު ސިއްސުވާލި ބޮޑު މައްސަލައަކަށް ޖަވާބުދާރީވުމާއި އިންސާފު ހޯދުމަށް އެދި ޒުވާނުން ކުރިއަށްގެންދާ ސުލްޙަވެރި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބޮޑު ބާރެއް ބޭނުންކުރުން ކުށްވެރިކުރައްވާ ކަމަށެވެ.

ރައީސް ޞާހިލު ވިދާޅުވީ ސުލްހަވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހޭ ޒުވާނުންތަކެއް ކުރަމުންދިޔަ މުޒާހަރާއަކަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކޮށްފައިވުމުން ދައްކުވައިދެނީ ސަރުކާރުން މިކަމުގައި އޮތް ނުބައި ނިޔަތް ކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގާއި، ގާނޫނުގެ ކުރިމަތީގައި އެންމެންގެ ހަމަހަމަކަމާއި، އިންސާފު ހޯދުމުގެ ހައްގަކީ ޑިމޮކްރަސީގެ އަސާސީ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސާބިތުކަމާއެކު ހުންނެވީ އިންސާފު ހޯދައި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި މުޒާހަރާގެ ޒުވާނުންނާ އެކުގައިކަމަށް ވެސް ވިދާޅުވިއެވެ.

އިބްރާހިމް މުހައްމަދު ސާލިހުޢާއިޝަތު ޝިމަން އަޙްމަދުޢަބްދުﷲ މަޙްޒޫމް މާޖިދުމާލެޕޮލިސްއިހުތިޖާޖުޔުމްނު ވެއްޓުނު ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު