Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޗާގޯސް މައްސަލަ

ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

ދާދި ފަހުން އިނގިރޭސިވިލާތުން ވަނީ ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 07:06
ބަންޑާރަ ނައިބު އަހުމަދު އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާއެކު ދިވެހި ސަރުކާރުގެ ސްޓްރެޓަޖީއަށް ބަދަލު ގެންނަން ޖެހިފައިވާކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު އުޝާމް މިހެން ވިދާޅުވީ، އެ އޮފީހުން ކުރަމުންދާ މަސައްކަތާއި ގުޅޭ މައުލޫމާތު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ދެކުނުން ފުށުއަރާކަމަށް ބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ނިންމުން ރިވިއުކުރުމަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިކަމާގުޅޭ ތަޖުރިބާކާރުންގެ ޓީމެއް އެކުލަވާލައި އެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން އަދި މިމަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޓީއެއްވެސް އެކުލަވާލާފައިވެއެވެ.

ދިވެހި ސަރުކާރުން މި މައްސަލަ ރިވިއުކުރުމަށް އިޓްލޮސް އަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދަނިކޮށް ދާދި ފަހުން އިނގިރޭސިވިލާތުން ވަނީ ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ނިންމާފައެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖެއިން މި މައްސަލައިގައި ގެންގުޅޭ ސްޓްރެޓަޖީ ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އެކަމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ، މި މަސައްކަތުގައި ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމުގެ ލަފާ ހޯދަމުންދާ ކަމަށެވެ. ނަމަވެސް މިކަމުގެ ރިޕޯޓު އަލުން އެކުލަވާލައި، މައްސަލަ ކުރިއަށް ގެންދެވޭނެ ދުވަހެއް އަދި ވިދާޅުވަން ދަތިކަމަށެވެ. މީގެ ސަބަބެއް ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވަނީ އެހެން ބަޔަކު ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ބިނާކޮށް މި މަސައްކަތް ކުރަން ޖެހުމެވެ.

ޗާގޮސް މައްސަލަބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުން ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާ އެއްގޮތަށް: ބަންޑާރަނައިބު އުޝާމް

ފުލުހުން ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާ އެއްގޮތަށް: ބަންޑާރަނައިބު އުޝާމް

15 އޮކްޓޯބަރު 2025
އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

03 މެއި 2025
އައިސީޖޭ ގައި ރާއްޖެ އިން ފަލަސްޠީނުގެ ދިފާއުގައި ބަޔާން ދީފި

އައިސީޖޭ ގައި ރާއްޖެ އިން ފަލަސްޠީނުގެ ދިފާއުގައި ބަޔާން ދީފި

01 މެއި 2025
ސަރުކާރުގެ ކުންފުނިތައް އޮޑިޓް ކުރެވޭނީ ޗާޓަޑް އެކައުންޓަންޓުންނަށް އެކަނި ކަމުގައި ހަދަނީ

ސަރުކާރުގެ ކުންފުނިތައް އޮޑިޓް ކުރެވޭނީ ޗާޓަޑް އެކައުންޓަންޓުންނަށް އެކަނި ކަމުގައި ހަދަނީ

22 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު