Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް

ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފު، ބަންޑާރަނާއިބު އުޝާމްއާ ބައްދަލުކުރައްވައިފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްޕުޅު ބަންޓައްކުރާނެ ގޮތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ ފަރާތަކީ ބަންޑާރަނާއިބު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ސެޕްޓެމްބަރު 2024 | ބުރާސްފަތި 09:35
ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފު، ބަންޑާރަނާއިބު އުޝާމްއާ ބައްދަލުކުރެއްވުން

ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފު، ބަންޑާރަނާއިބު އުޝާމްއާ ބައްދަލުކުރެއްވުން

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފު ބަންޑާރަނާއިބު އަލްއުސްތާޛް އަޙްމަދު އުޝާމްއާ ބައްދަލުކުރައްވައިފިއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ބުރާސްފަތި ދުވަހު އެޓާރނީ ޖެނެރަލްގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ބަންޑާރަނާއިބު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ޕްރޮސިކިއުޓަރ ޖެެނެރަލް ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ބަންޑާރަނާއިބާ ޙިއްޞާކުރައްވާފައެވެ.

އަދި ބަންޑާރަނައިބު އުޝާމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާއެކު ދެމިހުންނެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހިތްވަރު ދެއްވާފައެވެ.

ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރާންވާނީ އަދި ބާރުތައް ބޭނުންކުރާންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތަޢައްޞުބުން އެއްކިބާވެ ހުރެ ބަންޑާރަނައިބު ކަނޑައަޅުއްވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްޕުޅު ބަންޓައްކުރާނެ ގޮތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ ފަރާތަކީ ބަންޑާރަނާއިބެވެ. 

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ފުލުހުން ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާ އެއްގޮތަށް: ބަންޑާރަނައިބު އުޝާމް

15 އޮކްޓޯބަރު 2025
ފުލުހުން ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާ އެއްގޮތަށް: ބަންޑާރަނައިބު އުޝާމް
01 މެއި 2025

އައިސީޖޭ ގައި ރާއްޖެ އިން ފަލަސްޠީނުގެ ދިފާއުގައި ބަޔާން ދީފި

01 މެއި 2025
އައިސީޖޭ ގައި ރާއްޖެ އިން ފަލަސްޠީނުގެ ދިފާއުގައި ބަޔާން ދީފި
31 އޮކްޓޯބަރު 2024

ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

31 އޮކްޓޯބަރު 2024
ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ
27 އޮކްޓޯބަރު 2024

ބަންދު މުރާޖަޢާކުރުމަށް އެދި 539 ޝަކުވާ

27 އޮކްޓޯބަރު 2024
ބަންދު މުރާޖަޢާކުރުމަށް އެދި 539 ޝަކުވާ
22 އޮކްޓޯބަރު 2024

ސަރުކާރުގެ ކުންފުނިތައް އޮޑިޓް ކުރެވޭނީ ޗާޓަޑް އެކައުންޓަންޓުންނަށް އެކަނި ކަމުގައި ހަދަނީ

22 އޮކްޓޯބަރު 2024
ސަރުކާރުގެ ކުންފުނިތައް އޮޑިޓް ކުރެވޭނީ ޗާޓަޑް އެކައުންޓަންޓުންނަށް އެކަނި ކަމުގައި ހަދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު