Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ޕޮލިސް ސަރވިސް

ފުލުހުން ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާ އެއްގޮތަށް: ބަންޑާރަނައިބު އުޝާމް

ފުލުހުންގެ ތެރޭގައި އެލްރެޑު ބޭނުންކުރުމާ ގުޅޭ ވަކި އުސޫލެއް އޮތްކަން ޔަގީންނުވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2025 | ބުދަ 18:00
ބަންޑާރަނައިބު އަހުމަދު އުޝާމް މަޖިލީހުގެ ޖަލަސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ: ވިދާޅުވީ ފުލުހުން ވެސް ބާރުގެ ބޭނުން ކުރަން ޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށް

ބަންޑާރަނައިބު އަހުމަދު އުޝާމް މަޖިލީހުގެ ޖަލަސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ: ވިދާޅުވީ ފުލުހުން ވެސް ބާރުގެ ބޭނުން ކުރަން ޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށް

އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި ބައިވެރިންނާ ދެކޮޅަށް ފުލުހުން ބޭނުންކުރި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ބޭނުންކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުން ބާރުގެ ބޭނުންކުރަން ޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އުސޫލެއްނެތި ފުލުހުން މިފަދަ ހަތިޔާރެއް ބޭނުން ކުރުމާމެދު އުޝާމްގެ ވިސްނުންފުޅު ހުރިގޮތް ސާފުކުރުމަށް ސުވާލު ކުރައްވާފަ އެވެ.

Advertisement - newsAdvertisement

މީކާއިލް ނަސީމުގެ މި ސުވާލަށް ޖަވާބުދެއްވަމުން ބަންޑާރަބައިނު އުޝާމް ވިދާޅުވެފައިވަނީ އެ ހަތިޔާރާ ގުޅޭގޮތުން ފުލުހުންގެ ތެރޭގައި ވަކި އުސޫލެއް އޮތްކަން ޔަގީންނުވާ ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ބާރުތައް ބޭނުން ކުރަން ވާނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ކަންމިހެން އޮތްއިރު، އެލްރެޑު ބޭނުން ކުރުމުގައި ވެސް ފުލުހުންގެ އެތެރޭގެ ޕޮލިސީތަކެއް ހުންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ފުލުހުންގެ ބާރުތައް ބޭނުން ކުރަން ވާނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން. އެހެންވީމާ، އެލްރެޑު ބޭނުން ކުރުމުގައި ވެސް ފުލުހުންގެ އެތެރޭގެ ޕޮލިސީތަކެއް ހުންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ
ބަންޑާރަނައިބު އަހުމަދު އުޝާމް

ސޮނިކް ވެޕަން ބޭނުންކުރަން ޖެހޭ ހާލަތްތަކާއި ބޭނުން ކުރާނެ ގޮތުގެ އުސޫލުތައް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ހަތިޔާރު ބޭނުންކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ހަތިޔާރެއް ބޭނުންކުރުމުގެ ކުރިން "ހަތިޔާރު ބޭނުން ކުރަނީ" މި އިބާރާތް ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށް އިންޒާރު ދޭންޖެހެއެވެ. ނަމަވެސް، އޮކްޓޯބަރު 3 ގެ މުޒާހަރާގައި ސޮނިކް ވެޕަން ބޭނުން ކުރުމުގެ ކުރިން މިފަދަ އިންޒާރެއް ފުލުހުން ދީފައެއް ނުވެއެވެ.

ބާރު އަޑެއް އިއްވާ މި ނުރައްކާތެރި ހަތިޔާރު ބޭނުން ކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި، އެ ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ އާއިލާތަކާއި ކުޑަކުދިންނަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި އާންމުންގެ ގިނަ ބައެއް ކަންބޮޑުވުމް ފާޅުކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ކޮމެންޓް ކޮށް އެކި ގޮތްގޮތުން ނުރުހުން ފާޅުކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން އާންމުންގެ ފަރާތުން ފާޅުކުރެވުނު ކަންބޮޑުވުންތަކަށް ޖަވާބުދެމުން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މުޒާހަރާގައި ބާރުގެ ބޭނުން ކޮށްފައި ވަނީ ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.

އޮކްޓޫބަރު 3 ގެ މުޒާހަރާގައި ބައިވެރިވި ބައިވެރިންނާއި ދެކޮޅަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ބޮޑެތި އަނިޔާތަކެއް ދީ ގިނަ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އޭގެ ތެރެއިން ހަ މީހަކު އަދިވެސް ތިބީ ޖަލުގައެވެ.

މީކާއިލް ނަސީމްއެލްއާރްއޭޑީސޮނިކް ވެޕަންމޯލްޑިވްސް ޕޮލިސް ސަރވިސްބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްލޫޓުވައިފި މުޒާހަރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
"މިއީ ސްކޭމް ސަރުކާރެއްގެ ސްކޭމް ރައީސުލްޖުމްހޫރިއްޔާއެއް. މީނާ އިސްތިއުފާ ދެއްވަން އެބަޖެހޭ!"

"މިއީ ސްކޭމް ސަރުކާރެއްގެ ސްކޭމް ރައީސުލްޖުމްހޫރިއްޔާއެއް. މީނާ އިސްތިއުފާ ދެއްވަން އެބަޖެހޭ!"

24 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު